އާމިރު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
14 Mar 2023 | 15:07
އިންޓަނެޓު ރާއްޖޭގައި މިއޮތީ ގަންނާނެހާ ގަނޑެއް ގަނެވޭގޮތަށް: އާމިރު

ދިވެހިރާއްޖޭގައި އިންޓްނެޓު އޮތީ އިމެއްނެތި އެމީހަކު ބޭނުންގޮތަކަށް ބޭނުން ކުރުމަށް ހުޅުވާލެވިފައިކަމަށް މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

ސައިބާ ކްރައިމްގެ އަމަލުތަކަށް އަދަބު ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް ހުށައެޅި އިސްލާހަށް މަޖިލީހުގައި ބަހުސްކުރަން ފައްޓަވަމުން އާމިރު ވަނީ އިމެއްނެތި އިންޓަނެޓު ބޭނުން ކުރެވޭގޮތަށް ރާއްޖޭގައި ހުޅުވާލާފައި އޮތް އޮތުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

އާމިރު ވިދާޅުވީ ސައިބާ ކްރިމްއާއި ގުޅުންހުރި އަމަލުތަކަށް އަބަދު ކަނޑައެޅުމުން އެކަނި، އެ ބިލު ހުށައެޅި މަޤްޞަދު ހާސިވުވާނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަ ށެވެ. 

ދުނިޔޭގެ ތަހުޒީބުވަމުން އަންނަ ޤައުމުތަކުގައި ވެސް އިންޓަނެޓު ބޭނުންކުރުމަށް އިންތަކެއް ނުވަތަ ރެސްޓްރިކްޝަންތަކެއް ކަނޑައަޅާފައި އޮންނައިރު ރާއްޖޭގައި އެފަދަ އެއްވެސް ރެސްޓްރިކްޝަނެއް ނެތްކަން އާމިރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ސަބީލިއްލާހިޔައަށް އިންޓަނެޓު ބޭނުންކުރެވޭގޮތަށް ހުޅުވާލާފައި އޮތުމަކީ އޭގެ ބޭނުން ނަހަމަގޮތުގައި ހިފާ ފަރާތްތަކަށް އޮތް ބޮޑު ފުރުސަތެއް ކަމަށެވެ. 

"އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި އަދިވެސް އަޅުގަނޑުމެންނަށް މި އުޅެނީ ބައެއްކަހަލަ އިންޓަނެޓުގެ ރެސްޓްރިކްޝަންތައް ނުލެވި. ދުނިޔޭގެ ތަހުޒީބުވަމުން އަންނަ ގައުމުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކަމެއް. މިތާގައި އަޅުގަނޑުމެން މި އޮންނަނީ ސަބީލިއްލާހިޔަށް! އެމީހަކު ކުރާނެ ގޮތަކަށް ކުރާން މި އޮންނަނީ، އިންޓަނެޓުތެރެއަށް ވަދެ އެމީހަކު ގަންނާނެހާ ގަނޑެއް ގަނެވޭ ގޮތަށް"

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު

އާމިރު ވިދާޅުވީ އެއްވެސް އިމެއްނެތި އިންޓަނެޓު ބޭނުން ކުރެވޭގޮތަށް އޮތް އޮތުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަދުގެ ޖީލު ހަލާކުވަމުންދާ ކަމަށެވެ. 

އެކަންކަން ފާހަގަކުރައްވާ އާމިރުވަނީ ރާއްޖޭގައިވެސް އިންޓަނެޓު ބޭނުން ކުރުން ރެސްޓްރިކްޓު ކުރުމަށް ގޮވާލައްވާފަ އެވެ. އިންޓަނެޓުގެ ޒަރިއްޔާއިން ކުރާ ކުށްތައް މަދުކުރުމަށް އެފަދަ ރެސްޓްރިކްޝަން ތަކަކީ މުހިންމުކަމެއް ކަމަށް އާމިރު ވިދާޅުވި އެވެ. 

އަދި ދައުލަތުން އެކަމަށް ސަމާލުކަންދީ އިންޓަނެޓު ބޭނުންކުރުމުގައި ވެސް ވަކި ހައްދުތަކެއް ކަނޑައަޅާ، ކޮންމެވެސް ވަރެއްގެ ރެސްޓްރިކްޝަންތަކެއް ލުމަށް އާމިރު ވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.