މެމްބަރު ނަސީމު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
14 Mar 2023 | 16:53
ޤާނޫނު ހަދަން އުޅޭގޮތުން 200 ސްޓާފުން ނެތް ނޫސްތަކަށް އިންތިޚާބު ކަވަރެއް ނުކުރެވޭނެ: ނަސީމު

އާންމު އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހުގެ ސަބަބުން އިންތިޚާބުތައް ކަވަރުކުރުމަށް ނޫސްވެރިންނަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާނެ ކަމަށް މަޖިލީހުގެ ތުުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމު ވިދާޅުވެއްޖެ އެވެ.

އާންމު އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ އިންތިޚާބުތައް ކަވަރުކުރެވޭނީ ރަޖިސްޓާކޮށްފައިވާ ނޫސްތަކުގައި މަސައްކަތް ކުރާ އަދި އެކްރެޑިޓްކޮށްފައިވާ ނޫސްވެރިންނަށް އެކަނި ކަމަށެވެ.

އެ އިސްލާހަށް ވާހަކަދައްކަވަމުން މެމްބަރު ނަސީމު ވިދާޅުވީ މީގެ ކުރިން އިންތިޚާބުތަކުގައި ރިޕޯޓަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެ އިސްލާހާއެކު އިންތިޚާބުތައް ކަވަރުކުރުމާއި މޮނިޓާކުރުމުގެ ހަރަކާތްތެރިވުމުގެ ފުރުސަތު ގެއްލިގެންދާނެކަމަށެވެ. 

ދިވެހިރާއްޖޭގައި ހިންގާ ނޫސް ތަކާއި، މީޑިއާތަކަކީ އެހާ ފުޅާދާއިރާއެއްގައި ހިންގާ ތަންތަން ނޫންކަން ފާހަގަކުރައްވާ ނަސީމު ވިދާޅުވީ ސަރުކާރުން ހުށައަޅާފައިވާ އިސްލާހާއި އެއްގޮތަށް އިންތިޚާބުތައް ކަވަރުކުރާނަމަ، އެކަން ކުރުމަށް ކޮންމެ ނޫހެއްގައި ވެސް މަދުވެގެން 200 މުވައްޒަފުން ތިބެންޖެހޭނެ ކަމަށެވެ. އަދި އެއީ މިވަގުތު ރާއްޖޭގައި އޮތް އެއްވެސް މީޑިއާއަކަށް ލިބިގެންވާ ގާބިލުކަމެއް ނޫންކަމަށް ނަސީމު ވިދާޅުވި އެވެ. 

"މިހާރު މި ހުށައަޅާފައި އޮތް އިސްހާލުގައި އެންމެ ބޮޑަށް އަޅުގަނޑަށް ފާހަގަކުރެެވެނީ، މޮނިޓަކުރަން ވަންނަ ނޫސްވެރިންގެ ކަންކަން. މި ދިވެހިރާއްޖެއަކީ ވަކި ވަކި ރަށްތަކެއްގޮތަށް އުފެދިފައި އޮތް ރާއްޖެއެއް. އަދި ނޫސް މަޖައްލާ ތަކަކީ އެހާ ބޮޑެތިކޮށް ހިންގާ ތަންތަނެއް ނޫން. މި ގާނޫނުގައި މި ބުނާގޮތަށް މިކަން ކުރަންވެއްޖެ ކަމަށް ވަންޏާ ކޮންމެ ނޫހެއްގައި 200 އެއްހާ މުވައްޒަފުން ބައިތިއްބައިގެން ނޫނީ ކުރިއަށް އޮތް ތާގައި އިންތިޚާބުތައް ކަވަރު ކުރެވޭނެކަމަށް އަޅުގަނޑަކަށް ނުފެނޭ"

ތުލުސްދޫ ދާއިރާގެ މެމްބަރު ނަސީމު 

ނަސީމު ވިދާޅުވީ އިންތިޚާބުތައް މޮނިޓަ ކުރުމަށް އެކަށީގެންވާ ފުރުސަތުތަކެއް ދެވިފައި އޮއްވާ އެކަން ހަނިވާނެފަދަ އިސްލާހެއް ހުށައެޅި މަޤްސަދު ސާފު ނުވާ ކަމަށެވެ. 

މީގެ ކުރިން އެކަން ކުރަމުން އައި ގޮތަށް ބަލާއިރު، އިންތިޚާބުތައް ކަވަރުކުރުމަށް ކޮންމެ ރަށަކުންވެސް ރިޕޯޓަރުންތަކެއް ނޫސްތަކުން ނަގާކަމަށް ނަސީމު ވިދާޅުވި އެވެ. އަދި އެ ފަރާތްތައް އީސީއިން އިންތިޚާބުތައް ކަވަރުކުރުމަށް ދޭ ހުއްދަ ފާސް ހިފައިން ވަދެ އިންތިޚާބުތަކާއި ބެހޭ މައުލޫމާތު ނޫސްތަކާއި މީޑިއާތަކަށް ފޯރުކޮށްދެމުން ދާ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތާއި ގުޅޭ މައުލޫމާތު ނޫސްތަކަށް ފޯރުކޮށްދެވޭކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން އެފަދައިން އެކަން ކުރުމަކީ މައްސަލައަކަށް ނުވާއިރު، އެފަދަ އިސްލާހެއް ހުށައަޅަން ޖެހުނީ ކޮން ބޭނުމެއްގައިތޯ ސުވާލު އުފެދޭކަމަށް ނަސީބު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން ބޭނުންވާ ޝަރުތު ހަމަވާ މުވައްޒަފުން ނުލިބޭ ހާލަތުގައި ވަގުތީ މުވައްޒަފުން ނަގައިގެން މަސައްކަތް ކުރާ އުސޫލުތައް ވެސް އޮންނަ ކަމަށެވެ. އިންތިޚާބުތަކަކީ ޚާއްސަ ހާލަތްތަކަށް ވާއިރު، ނޫސްތަކުގެ ގާބިލުކަން ނެތް ދަނޑިވަޅުގައި އިންތިޚާބުތަކާއި ދިމާކޮށް އީސީގެ ފާސް އޮންނަ ވަގުތީ ރިޕޯޓަރުން ބޭނުންކޮށްގެން އިންތިޚާބުތައް ކަވަރު ކުރުމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެކަމަށް ނަސީމު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ނަސީމު ވިދާޅުވީ މުހިންމީ އިންތިޚާބުގެ ކަންކަން ވީހާވެސް ބޮޑަށް ދެފުށް ފެންނާނެހެން ރައްޔިތުންނަށް ތިލަކޮށްދެވޭނެ އުސޫލުތަކެއް ކަމަށެވެ.

އިންތިޚާބުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިންނަށް ހުރަސް އެޅޭ އިސްލާހުތަކުގެ ސަބަބުން އިންތިޚާބުގެ ސައްހަކަމާމެދު ސުވާލު އުފެއްދޭނެ ޖާގަ ހުޅުވިގެން ދާނެ ކަމަށާއި، އެކަން އެގޮތަށް ކޮށްގެންވާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް ނަސީމު ވިދާޅުވި އެވެ. 

ނަސީމުގެ އިތުރުންވެސް ގިނަ މެމްބަރުން ވަނީ އާންމު އިންތިޚާބުގެ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް ފާޑުވިދާޅުވެފަ އެވެ. 

އެގޮތުން އެމްޑީޕީގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ އެ އިސްހާލު އެގޮތަށް ހުށައަޅައިގެން ސަރުކާރުން ކުރަން އުޅޭ ކަމަކީ ރިޔާސީ އިންތިޚާބު ފޮރުވުން ކަމަށެވެ. އަދި އެ އިސްލާހުގެ މަގްސަދަކީ އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑު ކުރިގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ގަޑުބަޑުކުރުން ކަމަށް ހަސަން ލަތީފު ވަނީ ތުހުމަތުކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.