ޤާނޫނު ހަދާ މަޖިލީހުން ވަކިކުރެވުނު ޔޮޝިކާޒޫ ހިގަޝިތާނީ އަދި ޖަޕާނުގެ ޤާނޫނު ހަދާ މަޖްލިސް
ހަބަރު
16 Mar 2023 | 08:58
މަޖިލީހަށް ހާޒިރުނުވާތީ ޖަޕާނުގެ މެންބަރެއް މަޤާމުން ވަކިކޮށްފި

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިހަށް ހޮވުނު ޔޫޓިއުބަރަކު މަޤާމަށް ހޮވުނުތާ 7 މަސް ވީއިރުވެސް އެންމެ ޖަލްސާއަކަށް ވެސް ހާޒިރުވެފައި ނުވާތީ މަޖިލިސް މެމްބަރު ކަމުން ވަކިކޮށްފިއެވެ.

ޔޮޝިކާޒޫ ހިގަޝިތާނީ އަކީ 2022 ވަނަ އަހަރުގެ ޖުލައި މަހު އެ ޤައުމުގެ ޤާނޫނު ހަދަ މަޖިލީހުގެ މަތި ގެއަށް އިންތިޚާބު ކުރެވުނު މީހެކެވެ. ނަމަވެސް މއަހަރުގެ މިހާތަނަށް އައިރުވެސް މަޖިލީހުގެ އެންމެ ޖަލްސާއަކަށް ވެސް އޭނާ ހާޒިރުވެފައެއް ނުވެއެވެ.

މާރޗް 8 ގައި ޔޮޝިކާޒޫ އަށް މަޖިލިހަށް ހާޒިރުވުމަށް އަމުރު ކުރެވުނެވެ. އަދި މަޖިލިހަށް ހާޒިރުނުވެ ދިޔަ ދުވަސްތަކަށްޓަކައި މަޢާފަށް އެދުމަށް ވެސް އޭނާ އަށް އަމުރުކުރެވުނުވެ. ނަމަވެސް މަޖިލިހަށް ހާޒިރުނުވެ އޭނާ ހުރީ ޤައުމުން ބޭރުގައެވެ. އަދި އެހާހިސާބުން އޭނާ މަޤާމުން ވަކިކުރަން ނިންމުނެވެ. ފަހުން އޭނާ ވަނީ ވީޑިއޯ ކްލިޕެއް މެދުވެރިކޮށް މަޢާފަށް އެދިފައެވެ. ނަމަވެސް މަޖިލިހުން އެ ބަލައިގަނެފައެއް ނުވެއެވެ.

މިގޮތަށް މަޤާމުން ވަކިކުރުމަކީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ދެވޭ އެންމެ ބޮޑު އަދަބެވެ. އަދި ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުން މިގޮތަށް މެމްބަރަކު ވަކިނުކުރާތާ 7 ގަރުނު ވެފައިވަކަމަށް ކައިޑޯ ނިއުސް އިން ބުނެފައިވެއެވެ.

ޖަޕާން ޗެމްބަރުގެ ޑިސިޕްލިނަރީ ކޮމިޓީގެ ހެޑް ވިދާޅުވީ ޔޮޝިކަޒޫ އަށް ޑިމޮކްރަސީގެ ފައުންޑޭޝަން ވެސް ނޭނގޭކަމަށެވެ.

ޔޮޝިކަޒޫގެ މައްޗަށް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދި ކަމުގެ ތުހުމަތު ކުރެވިފައިވާ ކަމަށްވެސް ސީއެންއޭ ނޫހުގައި ބުނެފައިވެއެވެ. އަދި އޭނާ މީހުން އަތުން ފައިސާ އަތުލައިފައިވަނީ ކޭ ޕޮޕް ބޭންޑުގެ މެމްބަރުން ނާއި ބައްދަލު ކޮށްދޭނެ ކަމަށްބުނެއެވެ. ފައިސާ ހޯދުމަށްފަހު އޭނާ އެކަން ކޮށްދީފައި ނުވާކަމަށް ވެސް އެނޫހުގައި ބުނެފައިވެއެވެ.

ކައިޑޯ ނޫހުގައި ބުނެފައިވަނީ އޭނާގެ ބައެއް ޔޫޓީއުބް ވިޑިއޯ ތަކާއި ގުޅިގެން ޖަޕާން ޕޮލިހުން އޭނާ އާއި ޑިސެމްބަރު މަހު ސުވާލުކޮށްފައިވާކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.
23 Jul 2026
އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ބޮޑު ފުރުޞަތެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ އުސޫލުތައް ހިމެނޭ ގޮތަށް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި "ދެ ފަރާތެއްގެ ސޭފްގާޑް އެއްބަސްވުމެއް" ގައި ވެސް ވަނީ ސޮއިކޮށްފައެވެ.
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.
23 Jul 2026
ހޫތީން ސަޢޫދީ ދެ ތެޔޮ ޓޭންކަރަކަށް މިސައިލާއި ޑްރޯން ހަމަލާ ދީފި
ޙޫތީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުދަ ދުވަހު ހާމަކުރި ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ "އެންސީލިއާ" އާއި "ލައިލާ" ނަމަކަށް ކިޔާ ދެ ޓޭންކަރަށެވެ. ޙޫތީންގެ ހަތިޔާރު އެޅި ފައުޖުން ނެރެފައިވާ ކަނޑުގެ ދަތުރުފަތުރު ބަންދުކުރުމުގެ ނިންމުމާ އެ ދެ އުޅަނދު ޚިލާފުވެފައިވާ ކަމަށް ސަރީޢު ބުންޏެވެ. މީގެ އިތުރުން ގާތްގަނޑަކަށް ދިހައެއްހާ ބޯޓު މަގުން އެއްކައިރިކޮށް އަނބުރާ ފޮނުވައިލެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
23 Jul 2026
1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ބިލެއް އެމެރިކާއިން ފާސްކޮށްފި
ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން ބުދަ ދުވަހު މި ބިލު ފާސްކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ބިލު ފާސްކުރުމަށް 216 މެންބަރުން ވޯޓު ދިންއިރު، ބިލާ ދެކޮޅަށް 212 މެންބަރުން ވޯޓު ދިނެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދިންއިރު، ޑިމޮކްރެޓިކް ޕާޓީގެ ހަ މެންބަރަކު ވަނީ ބިލަށް ތާއީދުކޮށްފައެވެ.
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.