ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން އޭނާގެ ޕާޓީގެ ބައެއް އެކްޓިވިސްޓުންނާއި އެކު
ހަބަރު
16 Mar 2023 | 09:02
އިންތިޚާބު ގާތްވާވަރަކަށް ޢިމްރާން ޚާން އަށް ފިއްތުންތައް ކުރިމަތިކުރާވަރު ވަނީ ބޮޑު

އަވައްޓެރި ޕާކިސްޠާނުގެ އިންތިޚާބު ގާތްވަމުންދާ ވަރަކަށް ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ އިދިކޮޅު ލީޑަރ ޢިމްރާން ޚާން އަށާއި އޭނާގެ ޕާޓީއަށް ފިއްތުންތައް ކުރިމަތިކުރަމުންދާވަރު ވަނީ ބޮޑުވެފައެވެ.

ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ހައްޔަރުކުރުމަށް އިސްލާމްއާބާދުގެ ކޯޓުން ނެރެފައިވާ އަމުރު ގާއިމްކުރުމަށް ކަމަށްބުނެ ޕާކިސްޠާނު ފުލުހުންވަނީ ޢިމްރާން ޚާން ހައްޔަރުކުރުމަށް އޭނާ ދިރިއުޅޭ ގޭ ދޮށަށް ގޮސްފައެވެ.

ޢިމްރާން ޚާން ހައްޔަރުކުރުމަށް ފުލުހުން ދިޔުމުން ޢިމްރާން ޚާންގެ ޕާޓީ ޕާކިސްޠާން ތަހްރީކޭ-އެ އިންސާފް ޕާޓީ ގެ ސަޕޯޓަރުންނާއި ދެމެދުގައި ވަނީ ކުރިމަތިލުން ތަކެއް ހިނގައިފައެވެ.

އެގޮތުން ފުލުހުން ވަނީ ޢިމްރާން ޚާންގެ ގޭދޮށަށް އެއްވެ ފުލުހުންނާއި ދެކޮޅަށް އަޑުއުފުލި ޕީޓީއައިގެ ސަޕޯޓަރުންގެ ގަޔަށް ކަރުނަ ގޭސް ޖަހައިފައެވެ. އަދި ބާރު ޕްރެޝަރުގައި ފެންޖަހައިފައި ވެއެވެ. މަންޒަރު ދުށް ނޫސްވެރިން ރިޕޯޓް ކޮށްފައިވަނީ ޕީޓީއައިގެ ސަޕޯޓަރުން ފުލުހުންނާއި ދިމާއަށް އޮއްގާ އުކައި ހަމަލާދީފައިވާކަމަށެވެ.

މިކަމާއި ގުޅިގެން ޢިމްރާން ޚާން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ "ޕޮލިހުން އައީ އަހަރެން ހައްޔަރު ކުރަން، އެމީހުންނަށް ހީވަނީ ޢިމްރާން ޚާން ޖަލަށް ގޮސްފިނަމަ މި ޤައުމު އެމީހުންކުރާ ކަންކަން ނުބަލައި ލޯމަރާފާނެއޭ، އެމީހުންގެ އެވިސްނުން ގޯސްކަން ސާބިތު ކޮށްދޭންވާނެ، އަހުރެން ހައްޔަރު ކުރިއަސް ހަޤީޤީ މިނިވަންކަން ހޯދުމަށް މަސައްކަތްކުރަން ވާނެ" މިހެނެވެ.

"އަހަންނަށް ކަމެއް ވެއްޖެނަމަ، އެމީހުން އަހަރެން ޖަލަށްލައިފިނަމަ، ނޫނީ އަހުރެން މަރައިލައިފިނަމަ، އަހަންނާއި ނުލައިވެސް ހައްޤަށްޓަކައި މިނިވަންކަމަށް ޓަކައި މަސައްކަތް ކުރެވޭނެ ކަން ސާބިތުކޮށްދޭންވާނެ" ޢިމްރާން ޚާން ބުނެފައިވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިންވެސް ޕާކިސްޠާނު ފުލުހުން ހައްޔަރުކުރުމުގެ އަމުރު ހަވާލުކުރުމަށް ކަމަށް ބުނެ ޢިމްރާން ޚާން ގެ ގެއަށް ވަނީ ވަދެފައެވެ. އަދި އޭނާ ހައްޔަރުކުރުމަށް އެފަހަރު ކުރި މަސައްކަތް ނާކާމިޔާބުވީ އެވަގުތު އޭނާ ގޭގައި ނެތުމުންނެވެ.

ޢިމްރާން ޚާންގެ މައްޗަށް ކޮށްފައިވާ އެއް ތުހުމަތަކީ މިދިޔަ އަހަރު އޭނާ ދިން ސްޕީޗެއްގައި އަންހެން ފަނޑިޔާރަކަށް ބިރުދެއްކިކަމުގެ ތުހުމަތެވެ. މީގެ އިތުރުން ނާޖާއިޒު ގޮތުގައި ބޭރުގެ ފަރާތްތަކުން ހަދިޔާ ލިބިގަތްކަމުގެ ތުހުމަތުތައްވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.

އޭޕްރީލް 30 ގައި އެޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާލިމެންޓް އިންތިޚާބު އިންސާފުވެރި ވެދާނެ ކަމާއި މެދު ސުވާލު އުފައްދައި  އޭނާ ވަނީ ޢާންމު އިންތިޚާބެއް ބޭއްވުމަށް ގޮވައިލައިފައެވެ. އަދި އޭނާ އާއި މެދު ކުރެވިފައިވާ ތުހުމަތުތަކަކީ ދޮގެއް ކަމަށް ވެސް އޭނާ ބުނެފައެވެ.

މިހާރު ޕާކިސްޠާނުގެ ބޮޑު ވަޒީރުކަން ކުރަމުންދާ ޝެހެބާޒް ޝަރީފް ވަނީ ޢާންމު އިންތިޚާބެއް ބޭއްވުމާއި ދެކޮޅު ހަދައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.