ޞައްދާމް ހުސެއިން، ޢިރާޤްގެ ކުރީގެ ބޮޑުވަޒީރު
ހަބަރު
16 Mar 2023 | 09:08
ދަންޖެއްސުމަށްފަހު ޞައްދާމްގެ ހަށިގަނޑު އެއްލާލި ކަމަށް ކުރީގެ ބޮޑުވަޒީރު ބުނެފި

ޢިރާޤުގެ ކުރީގެ ރައީސް ޞައްދާމް ހުސެއިން ދަންޖައްސައި މަރައިލުމަށް ފަހު އެއްލާލިކަމަށް ޢިރާޤުގެ ކުރީގެ ބޮޑުވަޒީރު މުޞްޠަފާ އަލް ޚާޒިމީ ބުނެފިއެވެ.

އަޝްރަޤް އަލް އަވްސަޠް ކިޔާ ޢަރަބި ޗެނަލް އެއްގައި ވާހަކަ ދައްކަމުން ޢިރާޤުގެ ކުރީގެ ބޮޑުވަޒީރު އަލް ޚާޒިމީ ބުނެފައިވަނީ ދަންޖައްސައި މަރައިލުމަށް ފަހު ޞައްދާމުގެ ހަށިގަނޑު އެއްލައިލައިފައި އޮތީ އޭރު އޭނާ ބަޣްދާދުގައި ދިރިއުޅެމުންދިޔަ ގެޔާއި އޭރުގެ ބޮޑު ވަޒީރު ނޫރީ އަލް މާލިކީގެ ގެޔާއި ދޭތެރޭގައި އޮތް ތަނަކަށް ކަމަށެވެ. އަދި އެއީ ބަޣްދާދުގެ ގްރީން ޒޯން ކަންވެސް އަލް ޚާޒިމީ ފާހަގަކޮށްފައިވެއެވެ.

ޞައްދާމް ހުސެއިނާއި ބައްދަލުވީ ކިތައް ފަހަރުތޯ ސުވާލު ކުރެވުމުން ޖަވާބު ދިނުމުގެ ތެރޭގައި ދެކެވުނު މިވާހަކަ ތަކުގައި އަލް ޚާޒިމީ އިތުރަށް ބުނީ އެންމެ ފުރަތަމަ ޞައްދާމް އާއި ބައްދަލުވީ ޞައްދާމުގެ މައްޗަށް މަރުގެ ޙުކުމް އިއްވުމަށް ބޭއްވުނު ޝަރީޢަތުގެ މަޖިލީހުން ކަމަށެވެ.

"އެއީ މުޅި ޢިރާޤުގެ ތަރީޚުގައި އިރާޤު ދުށް އުނދަގޫ އަދި ވަރަށް ތަފާތު ދުވަހެއް" އަލް ޚާޒިމީގެ ވާހަކައިގައި ބުނެފައިވެއެވެ.

ދެން އެއަށް ފަހު ޞައްދާމް ފެނުނީ ޞައްދާމްއަށް މަރުގެ އަދަބު ދެވުމަށް ފަހުގައި ކަމަށް އޭނާ ބުނެފައިވެއެވެ.

"އަހަންނަށް ފެނުނު ގާޑުންގެ ގްރޫޕަކުން ޞައްދާމުގެ ހަށިގަނޑު ވަށައިލައިގެން ތިބިތަން، އަހަރެން އަމުރުކުރިން އެއްވެސް ގެއްލުމެއް ހަށިގަނޑަށް ނުދީ ދުރަށް ދިއުމަށް، މަރުވެފައިވާ ހަށިގަނޑަށް އިޚްތިރާމް ކުރުމުގެ ގޮތުން އެއްވެސް ގެއްލުމެއް ނުދިނުމަށް ބުނިން" އަލް ޚާޒިމީ ގެ ވާހަކައިގައި ވެއެވެ.

"...ޞައްދާމުގެ ހަށިގަނޑު އޮތީ މާލިކީގެ ގެކައިރީގައި، މާލިކީ ގެ އަމުރަށް ފަހުން ހަށިގަނޑު ހަވާލު ކުރެވުނީ ޞައްދާމުގެ ޤަބީލާ ކަމުގައިވާ އަލް ނަދާ ޤަބީލާގެ ޝެއިޚަކާ، ގްރީން ޒޯން އިން ހަށިގަނޑު ހަވާލުކުރެވުނީ" އަލް ޚާޒިމީ ބުނެފައިވެއެވެ.

އަލް ޚާޒިމީ ބުނީ ޞައްދާމްގެ ހަށިގަނޑު ވަޅު ލެވުނީ ތިކްރީތުގައި ކަމަށެވެ.

ނަމަވެސް އައިސިސްގެ ބާރުގެ ދަށަށް 2012ގައި ތިކްރީތް ދިޔުމަށްފަހު އެމީހުން ޞައްދާމުގެ ޤަބުރު ކޮނެ އެ އެހެން ތަނަކަށް ބަދަލު ކުރިއެވެ. އަދި އެއީ ކޮންތަނެއްކަން މިވީހާ ތަނަށް އައިސިސް ނޫން ބަޔަކަށް އެނގިފައެއް ނުވެއެވެ.

އަލް ޚާޒިމީ ޢިރާޤުގެ ބޮޑުވަޒީރުކަން ކުރެއްވީ 2012ގެ މެއި އިން 2012 ގެ އޮކްޓޯބަރ އާއި ހަމަށެވެ. ޚާޒިމީ އޭގެ ކުރިން ކޮށްފައިވަނީ ޢިރާޤުގެ ނޭޝާނަލް އިންޓެލިޖެންސް ސާވިސަސް ގެ ޑިރެކްޓަރުކަމެވެ. އަދި އޭރުވެސް އަލް ޚާޒިމީ އަކީ ޞައްދާމުގެ ސިޔާސަތުތަކާއި ދެކޮޅު ހެދި މީހެކެވެ.

ޞައްދާމް ޢިރާޤުގައި ކުރަމުންދިޔަ ވެރިކަން ވެއްޓުނީ 2003 ވަނަ އަހަރު އެމެރިކާއާއި ދުނިޔޭގެ އެހެންވެސް ބައެއް ޤައުމުތައް ގުޅިގެން ޢިރާޤަށް އަރައިގަތުމާއި ގުޅިގެނެވެ. އެމެރިކާއިން އޭރު ބުނީ ޞައްދާމް ހުސެއިނަކީ އަލްޤައިދާ އާއި ގުޅުން އޮންނަ މީހެއް ކަމަށާއި، އަދި ޢިރާޤުގައި ފަނާކުރުވަނިވި ހަތިޔާރު އުފައްދައި ގެންގުޅޭ ކަމަށެވެ. މި ތުހުމަތު ތަކާއި އެކު ޢިރާޤަށް އަރައި އެޤައުމުގެ އެތައްބަޔަކު ޝަހީދު ވެގެން ދިޔައިރުވެސް އެމެރިކާއަކަށް އެކަން ސާބިތުކޮށްދެވިފައެއް ނުވެއެވެ.

އިންސާނިއްޔަތާއި ޚިލާފު ޢަމަލުތައް ހިންގި ކަމުގެ ދައުވާ އާއި އެކު ޞައްދާމުގެ މައްޗަށް މަރުގެ ޙުކުމް އިއްވުނީ 2006 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހަކީ މުސްލިމުންގެ އަޟްހާ ޢީދު ދުވަހާއި ވެސް ބައްދަލު ކުރި ދުވަހެވެ.

ޞައްދާމް ހުސެއިންގެ މައްޗަށް މަރުގެ ޙުކުމް ޤާއިމް ކުރުމަށް ލިޔެވުނު ލިޔެވުމުގައި ސޮއި ކޮށްފައިވަނީ ކުރީގެ ބޮޑު ވަޒީރު ނޫރީ އަލް މާލިކީއެވެ. 2006 ގެ މެއި މަހުން 2014 ގެ ސެޕްޓެމްބަރަށް ޢިރާޤުގެ ބޮޑު ވަޒީރު ކަން ކުރި މާލިކީ އެ ލިޔުމުގައި ސޮއި ކުރި ނަމަވެސް އޭރުގެ ޢިރާޤުގެ ރައީސް ޖަލާލް ޠަލަބާނީ ދެކޮޅެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.