ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/އެމްޓީސީސީ
ހަބަރު
16 Mar 2023 | 13:36
ފަރެސްމާތޮޑާ އެއާޕޯޓާއެކު ހުވަދު އަތޮޅަށް ދިރުން ގެނުވާނެ: އެމްޓީސީސީ

ގދ. ފަރެސްމާތޮޑާ އެއާޕޯޓަކީ، މުޅި ހުވަދު އަތޮޅަށްވެސް ދިރުން ގެނުވަދޭނެ އެއާޕޯޓެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ފަރެސްމާތޮޑާ ގައި ތަރައްގީކުރި އެއާޕޯޓް ރޭ ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މި އެއާޕޯޓު ހުޅުއްވައި ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ޞާލިހްއެވެ. މިކަމަށް ހާއްސަ ކޮށް ރޭ ބޭއްވި ރަސްމިއްޔާތުގައި، ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމްއާއި، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީއާއި، ކައުންސިލް ރައީސް އަހުމަދު އިމްތިޔާޒާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫއު އާއި ގުޅިގެން އެމްޓީސީސީން މިއަދު ބުނީ، މި އެއާޕޯޓަކީ ހަތަރު ރަށުގައި ދިރިއުޅޭ 6000 އަށްވުރެ ގިނަ ރައްޔިތުންނަށް ދަތުރުފަތުރުގައި ދިމާވަމުންދާ ގޮންޖެހުންތައް ކުޑަކޮށްދޭނެ އެއާޕޯޓެއް ކަމަށެވެ. އަދި ވައިގެ ދަތުރުފަތުރު ކުރުމަށް ކާޑެއްދުއަށް ކުރަންޖެހޭ އަގުބޮޑު ދަތުރުތަކަށް އެއާޕޯޓް ގެ ސަބަބުން ނިމުމަކަށް އަންނާނެ ކަމަށާ އަދި އެ  ސަރަހައްދުގެ އިޖްތިމާއީ، އިގްތިސާދީ އަދި އިންސާނީ ތަރައްގީ ކުރިއަރާ ފުޅާވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އަދި މީގެ އިތުރުން ފަރެސްމާތޮޑާ އެއާޕޯޓަކީ އެ ސަރަހައްދުގެ ރައްޔިތުންގެ މޫނަށް ހިނިތުންވުން ގެނެސްދީ ގދ. އަތޮޅުގެ ދެކުނު ބިތުގައިވާ ރަށްތަކަށް ދިރުންގެނުވާ ވިޔަވަތި ހުވަދު އަތޮޅަކަށް ބަދަލުކޮށްލުމަށް މެދުވެރިވާނެ ދަންމަރެއް ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. 

1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއާއެކު ހެދި މި އެއާޕޯޓުގައި ރޭގަނޑުވެސް މަތިންދާބޯޓު ޖެއްސޭ ގޮތަށް ލައިޓް ހަރުކޮށްފައި ވެއެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތަށް ބަލައިގެން ފަރުމާކޮށްފައިވާ މި އެއާޕޯޓަކީ މީހުން ފުރުވަންދާ ފަރާތްތަކަށް، މަތިންދާބޯޓަށް މީހުން އަރާ މަންޒަރު ފެންނާނެ ތަފާތު އެއާޕޯޓެކެވެ. މި އެއާޕޯޓުގެ ފަސިންޖަ ޓާމިނަލް އަކީ ރަށްތަކުގެ މަލަމަތިން ފެންނަ އޮޑިހަރުގެ ދައްކުވައި ދޭގޮތަށް ފަރުމާ ކޮށްފައިވާ އެއާޕޯޓެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.