އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
16 Mar 2023 | 14:18
އެއް ދައުރެއްގައި 6 އެއާޕޯޓު ނިންމާނެ ފުރަތަަމަ ރައީސްއަކީ ރައީސް ޞާލިހް: އާޒިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެގެންދާނީ އެއް ދައުރެއްގެ ތެރޭގައި 6 އެއަރޕޯޓު ތަރައްޤީކޮށް, ހުޅުވައިދެއްވާ ފުރަތަމަ ރައީސަށްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ މި ސަރުކާރުން ހޯރަފުށީ އެއަރޕޯޓާއި، މާވަރުލު އެއަރޕޯޓާއި، ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކޮށްފައިވާކަމަށެވެ. އަދި ފަރެސްމާތޮޑާ އެއާޕޯޓާ އެކު ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރި އަނެއް ކަމަކީ އެއާޕޯޓު ކޯޒްވޭގެ މަޝްރޫއު ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ޖުލައި މަހުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއާއެކު އާޒިމް ވިދާޅުވީ އެމް.ޓީ.ސީ.ސީއިން މިހާރު މަސައްކަތް ނިންމަމުން އަންނަ މ. މުލި އެއާޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް މިފެށޭ އެޕްރީލު މަހުގައި ފަށާނެ ކަމަށެވެ. ހަމައެގޮތަށް އެ ކުންފުނީގެ ފަރާތުން މަސައްކަތް ނިންމަމުން އަންނަ ފ. މަގޫދޫ އެއާޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް މި އަންނަ ޖޫން މަހުގެ ތެރޭގައި ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ދެ އެއާޕޯޓުގެ އިތުރުން އެމްޓީސީސީން މަސައްކަތް ނިންމަމުން އަންނަ ރ. އަލިފުށި އެއާޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް މި އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ފަށާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. 

އާޒިމް ވިދާޅުވީ އެމް.ޓީ.ސީ.ސީން މަސައްކަތްކުރަމުން ދަނީ މި 3 އެއަރޕޯޓުވެސް ނިންމައި މި ދައުރުގެ ތެރޭގައި ހުޅުވަންކަމަށާ މިއާއެކު ރައީސް ސާލިހު ވެގެންދާނީ އެއް ދައުރެއްގެ ތެރޭގައި 6 އެއަރޕޯޓު ތަރައްޤީކޮށް, ހުޅުވައިދެއްވާ ފުރަތަމަ ރައީސަށްކަމަށެވެ.

"މި 3 އެއަރޕޯޓު މި ދައުރުގެ ތެރޭގާ ހުޅުވިގެންދާއިރު، މަނިކުފާނު ވެވަޑައިގަންނަވާނީ، އެއް ދައުރެއްގެ ތެރޭގައި، 6 އެއަރޕޯޓު ތަރައްޤީކޮށް ހުޅުވާ ދެއްވާ، ފުރަތަމަ ރައީސަށް." އާޒިމް ވިދާޅުވިއެވެ.

އެ ހުރިހާ އެއާޕޯޓުތަކަކީ ރައީސް ސޯލިހުގެ ޖަޒީރާވަންތަ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދަން މި ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްގެން ނިންމަމުން ގެންދާ އެއާޕޯޓުތަކެއްކަން އާޒިމް ފާހަގަކުރެއްވިއެވެ. 

އާޒިމް ވިދާޅުވީ އެ އެއާޕޯޓުތަކުގެ އިތުރުން ހދ. ކުޅުދުއްފުށި އެއާޕޯޓުގެ ރަންވޭ ދިއްލެން އަންނަނީ ރަންވޭގެ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނިންމައިގެން ކަމަށެވެ. އަދި ސަރުކާރުން އެ ޕްރޮޖެކްޓުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރައްވާފައިވާތީ އެ ކުންފުނިން ދަނީ އެ މަސައްކަތް މި ފެށޭ އެޕްރީލު މަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުން ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވަނީ ރައީސް ޞާލިހުގެ މި ދައުރުގެ ތެރޭގައި އެމްޓީސީސީން ޖުމްލަކޮށް ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ނިންމާފައިވާ ކަން ފާހަގަކުރައްވައި މި ދައުރުގައި އެމްޓީސީސީން އެކަނި 140 ޕްރޮޖެކްޓަށް ވުރެ ގިނަ ޕްރޮޖެކްޓް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރުވެސް އެކި މަރުހަލާތަކުގައި 140 އަށް ވުރެ ގިނަ ޕްރޮޖެކްޓުގެ މަސައްކަތް އެ ކުންފުނީގެ ފަރާތުން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.