މިއުވާން ނޫސްވެރިނާއި ބައްދަލުކުރައްވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
17 Mar 2023 | 06:31
ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ރައީސް ޞާލިހަށް ޗެލެންޖެއް ނެތް: ތަރުޖަމާނު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް އެއްވެސް ޗެލެންޖެއް ނުވަތަ ހުރަހެއް ނެތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވަކިން ނިކުތުމަށް އިއުލާނު ކުރުމާއި ގުޅިގެން ރައީސް ޞާލިހު އަމަލުކުރައްވާނެ ގޮތަކާއި ގުޅިގެން ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ނޫސްވެރިއަކު ވަނީ މިއަދު ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކަމާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. 

ކޯލިޝަނަކާއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަށް ރައީސް ޞާލިހު ދެއްވާފައިވަނިކޮށް ކޯލިޝަންގެ އެންމެ މުހިންމު ހިއްސާދާރުކަމަށްވާ ޖުމްހޫރީ ޕާޓީން ވަކިން އިންތިޚާބަށް ނުކުތުމަށް ނިންމުމަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކިހާވަރެއްގެ ޗެލެންޖަކަށް ވާނެތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފަ އެވެ. 

އޭގެ އިތުރުން ޖޭޕީން ވަކި ކެންޑިޑޭޓެއް ނެރޭހިސާބުން ދެން ސަރުކާރުން އަމަލުކުރާނެ ގޮތަކީ ކޮބައިތޯ ވެސް ނޫސްވެރިޔާ ސުވާލު ކުރިއެވެ. 

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ މިހާރު ވެސް ރައީސް ޞާލިހުގެ ފަހަތްޕުޅުގައި އަދާލަތާއި އެމްޑީއޭ އޮތް ކަމަށެވެ.

އެ ދެޕާޓީ އެކަނި އޮތަސް، ރައީސް ޞާލިހު އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށާއި، ޖުމްހޫރީ ޕާޓީގެ އެ ނިންމުމަކީ އިންތިޚާބު ކާމިޔާބުކުރުމަށް ރައީސް ޞާލިހަށް ޗެލެންޖެއް ކުރިމަތިވާނެ ކަމެއް ނޫންކަމަށް މިއުވާނު ވިދާޅުވި އެވެ. 

"ރައީސްއަށް ޗެލެންޖެއް ނޫން އޭކީ. ރައީސްއަށް މިހާރު އޮތް ކޯލިޝަނާއެކު އަދި ރައީސްއާއެކު ކުރިއަށް ވަޑައިގަންނަވަން ދެން ތިއްބެވި ބޭފުޅުންނާއެކު މި އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބޮތް"

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު 

ޖުމްހޫރީ ޕާޓީން ރިޔާސީ ރޭހަށް ނިކުތުމަށް އިއުލާނު ކުރުމާއި ގުޅިގެން އެ ޕާޓީގެ ސްލޮޓުގައި ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާދެއްވުމަށް އެމްޑީޕީގައި ތިއްބެވި ރައީސް ޞާލިހު ފަޅީގެ މެމްބަރުން ވަނީ ގޮވާލާފަ އެވެ. 

ޖޭޕީން ވަކި ކެންޑިޑޭޓެއް ނެރޭ ހިސާބުން ޖޭޕީގެ ސްލޮޓުތަކުގައި ތިއްބެވި ފަރާތްތައް ވަޒީފާއިން ވަކިކުރާނެތޯ ނޫސްވެރިއާ ކުރި ސުވާލަށް ރައީސް އޮފީހުގެ ތަރުޖަމާނު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. 

އެހެން ނަމަވެސް، ވިދާޅުވީ ރައީސް ޞާލިހާއި ވާދަކުރަން ރިޔާސީ ކެންޑިޑޭޓެއް ވަކިން ނެރޭނަމަ، އެފަދަ ފަރާތްތަކާއެކު ސަރުކާރު ހިންގުމަށް އަދި ރައީސް ޞާލިހުގެ ސިޔާސަތުތައް ހިންގުމަށް ދަތިވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ދެން އަމަލުކުރާނެ ގޮތަކާއި ގުޅިގެން ރައީސް ޞާލިހު ޖޭޕީއާއި މަޝްވަރާ ކުރައްވާ ގޮތެއް ނިންމަވާނެކަމަށް މިއުވާން ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.