ޕާކިސްޠާނުގެ ކުރީގެ ބޮޑު ވަޒީރު ޢިމްރާން ޚާން
ހަބަރު
17 Mar 2023 | 06:34
ޢިމްރާން ޚާން ހައްޔަރުކުރުމަށް ކުރާ މަސައްކަތް މަޑުޖައްސާލުމަށް ކޯޓުން އަމުރުނެރެފި

ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ހައްޔަރުކުރުމަށް ޕާކިސްޠާން ފުލުހުން ކުރަމުންދާ މަސައްކަތް މަޑު ޖައްސައިލުމަށް ލާހޯރުގެ ހައިކޯޓުން ފުލުހުންނަށް އަންގައިފިއެވެ.

ކޯޓުން ފުލުހުންނަށް އަމުރުކުރީ ޢިމްރާން ޚާން ހައްޔަރުކުރުން ހުކުރުދުވަހަށް ލަސްކުރުމަށެވެ. އަދި ހައިކޯޓުން މިގޮތަށް އަމުރުނެރެފައިވަނީ ޢިމްރާން ޚާންގެ ސަޕޯޓަރުންނާއި ޕާކިސްޠާނުގެ ސެކިޔުރިޓީ ފޯހާއި ދެމެދެ އިއްޔެ ހިނގައިދިޔަ ފަދަ ހަމަނުޖެހުންތަކެއް ހިނގުން ހުއްޓުވުމަށް ޓަކައި ކަމަށްބުނެއެވެ.

ލާހޯރުގެ ހައިކޯޓުން ޢިމްރާން ޚާން ހައްޔަރުކުރުމަށް ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ދީފައިވާ ވަގުތު އިތުރު ކޮށްފައިވާ ކަމަށެވެ. އަދި ޕާކިސްޠާނުގެ ސްޓޭޓް އިންފޮމޭޝަން މިނިސްޓަރު އާމިރް މިރް ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ހައިކޯޓުން ޕާކިސްޠާން ތަހްރީކޭ އެ-އިންސާފު ޕާޓީ އަށް އަމުރުކޮށްފައިވަނީ އެޕާޓީއިން އާދީއްތަ ދުވަހު ލާހޯރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރެލީ ނުބޭއްވުމަށެވެ. އެދުވަސް ދިމާވަނީ ޕާކިސްޠާން ސުޕަރ ލީގް ޓުވެންޓީ20 ކްރިކެޓް މުބާރާތުގެ މެޗެއް ލާހޯރުގައި ކުޅޭ ދުވަހަކާއިއެވެ.

އަންގާރަދުވަހާއި ބުދަދުވަހު އެއްވި ޢިމްރާން ޚާންގެ ސަޕޯޓަރުން ވަނީ ދަނޑިބުރި ތަކާއި އޮއްގަލުން ޕާކިސްތާނުގެ ސެކިޔުރިޓީ ފޯސްގެ ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ތައް ހިންގައިފައެވެ. އަދި ބެރިކޭޑް ބޭނުން ކޮށްގެން ފުލުހުން ޢިމްރާން ޚާންގެ ގެއަށް ޕޮލިހުން ވަނުން ހުއްޓުވާފައިވެއެވެ. ފުލުހުން ޢިމްރާން ޚާން ހައްޔަރުކުރުމަށް ނެރެފައިވާ އަމުރުގައި ބުނެފައިވާ އިލްޒާމް ތަކަށް ޢިމްރާން ޚާން ވަނީ ދެކޮޅުހަދައިފައެވެ. އަދި އެއީ ދޮގު އިލްޒާމްތަކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.