ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު-- ފޮޓޯ/ ވޮއިސް
ހަބަރު
17 Mar 2023 | 10:49
ސައުދު، މިއުވާން އަށް: އޯވާ ކޮންފިޑެންސް އަކީ މީހާ ހަލާކު ކޮށްލާ ކަމެއް

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވާދަކުރެއްވުމަކީ ގޮންޖެހުމެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވުމާއި ގުޅިގެން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ރައްދު ދެއްވައިފިއެވެ. 

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން މިއުވާން ވިދާޅުވީ، މި ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ ޖޭޕީން ކެންޑިޑޭޓެއް ނެރެފި ނަމަ ދެން ކުރިއަށްދާނެ ގޮތަކާ މެދު ގާސިމް އަދި ޖޭޕީއާއެކު ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މަޝްވަރާކުރައްވާނެ ކަމަށެވެ.

އަދި އިންތިޚާބު ގައި ގާސިމް ވާދަކުރެއްވުމަކީ ގޮންޖެހުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"ރައީސަށް ޗެލެންޖެއް ނޫން އެއީ [ގާސިމް ކުރިމަތިލެއްވުމަކީ]. ރައީސަށް މިހާރު އެ އޮތް ކޯލިޝަނާއެކު، ރައީސާއެކު ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނާއެކު އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް." އޭނާ ވިދާޅުވި އެވެ. 

މިއުވާން އަށް ރައްދު ދެއްވައި ސައުދު ކުރެއްވި ޓްވީޓެއްގައި ވަނީ، އޯވާ ކޮންފިޑެންސް އަކީ އިންސާނާ ހަލާކު ކޮށްލާ ކަމެއް ކަމަށް ވިދާޅުވެފައެވެ. 

"ޖޭޕީގެ ލީޑަރު ވިދާޅުވަނީ ކަމެއް ކާމިޔާބު ކުރެވޭނީ ވީހާވެސް ގިނަ ބަޔަކާއި އެކު ކަމަށް." ސައުދު ވިދާޅުވި އެވެ. 

މިއާއެކު ސައުދު ވަނީ އެންމެހާ ފަރާތްތަކަށް ޖޭޕީ އާއި ގުޅުމަށް ދައުވަތު އަރުއްވާފައެވެ. 

ރައީސަށް ދެ ވަނަ ދައުރެއް ދިނުމަށް ކޯލިޝަން ހެދުމަށް ޖޭޕީ ހިމެނޭހެން ޕާޓީތަކަށް ދައުވަތު ދީފައިވަނިކޮށް އެ ޕާޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ވާދަކުރަން ނިންމައިފަ އެވެ. އެއާއެކު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ވެސް އިއްޔެ ހުޅުވާލައި، މި މަހުގެ 30 ގެ ކުރިން ހުށަހަޅަން ވަނީ މުއްދަތު ދީފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.