އެސޯސިއޭޝަން ޗެމްޕިއަންޝިޕް މުބާރާތުގެ ޑިސްކަސް އިވެންޓުގެ ބައެއް ބައިވެރިން
ކުޅިވަރު
17 Mar 2023 | 10:52
އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފުރަަތަމަ ދުވަހު ވެސް ޝަމްއޫންގެ ރެކޯޑެއް!

މިއަދު ހެނދުނު ހުޅުމާލޭ ޓްރެކް ދަނޑުގައި ފެށި 10 މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެތްލެޓިކްސް މުބާރާތުގެ ހެނދުނު ދަންފަޅީގެ އިވެންޓްތައް ނިމުނުއިރު، ޑިސްކަސް އުކުމުން ޝަމްޢޫން އަދި ޖެވެލިންގ އުކުމުން ޝައިމް ވަނީ މުބާރާތުގެ ރެކޯޑް މުގުރާލާފަ އެވެ.

މިދިޔަ އަހަރުގެ ބޭއްވުނު 09 މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 29.22 މީޓަރަށް އުކައިގެން ޝަމްޢޫން ހެދި ރެކޯޑް މި މުބާރާތުގައި އައުކުރީ 29.78 މީޓަރަށް އުކައިގެންނެވެ.

ޑިސްކަސް އުކުމުން ޝަމްޢޫން އެއްވަނަ ހޯދި އިރު މި އިވެންޓުން ދެވަނަ ހޯދީ ގއ. ކަނޑުހުޅުދޫ ސްކޫލްގެ މުހައްމަދު ފައުޒާން ފައިސަލް (26.49 މީޓަރ) އެވެ. އަދި މި އިވެންޓުން ތިންވަނަ ލިބުނީ ނަސީރު ސްޕޯޓްސް ކްލަބްގެ އިބްރާހީމް މާޒިން (23.85) އަށެވެ.

އަންހެން ޖެވެލިންގ އުކުމުން ކުލަބު ރައިވެރިއާގެ އައިޝަތު ޝައިމް (26.13 މީޓަރަށް) އުކައިގެން މުބާރާތުގެ ރެކޯޑް މުގުރާލި އިރު، މި އިވެންޓުން ދެވަނަ ލިބުނީ ކަސްޓަމްސްގެ ލައުހާ ހުސެއިން (24.69 މީޓަރ) އަށެވެ. އަދި މި އިވެންޓުން ތިންވަނަ ލިބުނީ ޓްރެކް އެންޑް ފީލްޑްގެ އާނާ އިބްރާހީމް (22.90) އަށެވެ.

އަންހެން 4×400 ރިލޭއިން އެއްވަނަ ހޯދީ 4 މިނެޓު 24 ސިކުންތުން ރޭސް ނިންމި ކުލަބު ރައިވެރިއާއެވެ. މިއީ މި މުބާރާތުގެ އައު ރެކޯޑެކެވެ. މިއިވެންޓުން ދެވަަނަ ލިބުނީ 4 މިނެޓު 51 ސިކުންތުން ރޭސް ނިންމި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންއަށެވެ. އަދި މި އިވެންޓުން ތިންވަނަ ހޯދި ކޭވައި ސްޕޯޓްސް އެކަޑަމީ އިން ރޭސް ނިންމީ 5 މިނެޓު 39 ސިކުންތުންނެވެ.

މިއަދު ހެނދުނު ބޭއްވުނު އިތުރު އިވެންޓްތަކުގެ ނަތީޖާއަށް ބަލާއިރު ފިރިހެން 4×400 ރިލޭއިން އެއްވަނަ ހޯދީ 3 މިނެޓު 44 ސިކުންތުން ރޭސް ނިންމި ސާއިދު ސްޕޯޓްސް އެވެ. މި އިވެންޓުން ދެވަނަ ލިބުނީ 3 މިނެޓު 45 ސިކުންތުން ރޭސް ނިންމި ރައުހަތު ސްޕޯޓްސް އަށެވެ. އަދި މި އިވެންޓުން ތިންވަނަ ލިބުނު ޝަރީފް ސްޕޯޓްސް ރޭސް ނިންމީ 3 މިނެޓު 47 ސިކުންތުންނެވެ.

15 އަހަރުން ދަށުގެ ޓްރިޕްލް ޖަމްޕް އިން އެއްވަނަ ހޯދީ އަހުމަދު ޝައިމް ހަސަން (9.71 މީޓަރ) ހާފިޒް އަހުމަދު ސްކޫލް އެވެ. މި އިވެންޓުން ދެވަނަ ހޯދީ އަހުމަދު އަރުޝް (9.01 މީޓަރ) ހިތަދޫ ސްކޫލެވެ. އަދި މި އިވެންޓުން ތިންވަނަ ހޯދީ ޒާން ޒަރީރު އަލީ (8.82 މީޓަރ) ހާފިޒް އަހުމަދު ސްކޫލް އެވެ.

15 އަހަރުން ދަށުގެ އަންހެން ހައިޖަމްޕު އިވެންޓުން އެއްވަނަ އަދި ދެވަނަ ވެސް ހޯދީ ހާފިޒް އަހުމަދު ސްކޫލްގެ ދެ ދަރިވަރުންނެވެ. އެއްވަނަ އައިޝަތު ސާހީ ހޯދިއިރު ދެވަނަ ލިބުނީ ފާތިމަތު މިޝަލްއަށެވެ. މިދެ އެތްލީޓުން ވެސް ވަނީ 1.10 މީޓަރ މަތިން ފުންމާފައެވެ. މިއިވެންޓުން ތިންވަނަ ލިބުނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒޯޔާ ބިންތި އުސައިނަތް އަށެވެ. ޒޯޔާ ވެސް ވަނީ މި އިވެންޓުގައި 1.10 މީޓަރ މަތިން ފުންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.