ދީން
17 Mar 2023 | 13:32
ރޯދަ މަހު ވިޔަފާރީގެ މަންފާ އިތުރު ކުރުމުގެ ބަދަލު އަތްފޯރާ އަގުތަކުގައި ތަކެތި ފޯރުކޮށްދިީ: ޚުތުބާ

ކުރިއަަށް އޮތް ރަމަޟާން މަހުގައި މީސްތަކުން އަތްފޯރާފަދަ އަގުތަކުގައި ތަކެތި ފޯރުކޮށްދީ، ރަމަޟާންމަހުގެ ދަރުމަޔާއި ޘަވާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ރަމަޟާން މަހަށް ތައްޔާރުވުން" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ ރަމަޟާން މައްސަރާ ބައްދަލުކުރަންޖެހޭނީ އަހަރެމެންގެ ހަޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ހަޔާތް އާހަޔާތަކަށް ބަދަލުކޮށް އިސްލާހު ކުރުމާއެކު ކަމަށެވެ.

އަދި އީމާންކަމާއެކު الله ގެ ރަޟްރަތުގައި ދަރުމައާއި ސަވާބަށް އެދި ރަމަޟާން މަހު ރޯދަ ހިފައިފި މީހާގެ އިސްވެގޮސްދައިވާ ފާފަތައް ފުހެވިދާ ކަމަށް ރަސޫލާ (ޞޢވ) ހަދީޡްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް މިއަދުގެ ހުތުބާގައި ބުންޏެވެ.

މިއާއެކު ޚުތުބާގައި ވަނީ ރަމަޟާން މަހަކީ ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މަހަކަށް ހެދުމުގެ ބަދަލުގައި، މީސްތަކުން އަތްފޯރާފަދަ އަގުތަކުގައި ތަކެތި ފޯރުކޮށްދީ، އެ މައްސަރުގެ ދަރުމަޔާއި ޘަވާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރާ މަހަކަށް ހެދުމަށް ވިޔަފާރިވެރިންނަށް ނަސޭހަތްތެރިވެފައެވެ.

އަދި މުވައްޒަފުންނަށް ފަސޭހަކޮށް، މި މަތިވެރި މައްސަރުގެ ފުރިހަމަ ޘަވާބާއި ދަރުމަ ލިބޭގޮތަށް، އަޅުކަމުގެ ކަންކަމަށް ފުށުނާރާނެހެން، މަސައްކަތުގެ މާހައުލު ބައްޓަންކުރުމަށް މުއައްސަސާތަކުގެ މަސްއޫލުވެރިންނަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ. 

މީގެ އިތުރުން، ރަމަޟާންމަހުގެ ރޭތަކަކީ ހަމައެކަނި ކެއިން ބުއިމާއި، މަޖާކުރުމުގެ ރޭތަކަކަށް ނަހަދައި އެރޭތަކަކީ ދުންޔަވީ ގޮތުންނާއި އުޚްރަވީ ގޮތުން ފައިދާހުރި، ބޭނުންތެރި، ރޭތަކަކަށް ހެދުމަށް ޢަޒުމް ކަނޑައެޅުމަށ. ނަސޭހަތްތެރިވެފައެވެ.

"ޚާއްސަކޮށް، ފަހުދިހައިގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ މި މައްސަރާ ބައްދަލުކުރާށެވެ!" ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.