ނޫސްވެރިޔާ ޖުމާން ހައްޔަރުކޮށްގެން ގެންދަނީ
ހަބަރު
19 Mar 2023 | 07:37
ނޫސްވެރިޔާ ހައްޔަރުކުރި މައްސަލައިގައި ޕްރެސްފްރީޑޮމް އިން ކަންބޮޑުވުން ފާޅުކޮށްފި

އިދިކޮޅުގެ މުޒާހަރާ ކަވަރުކުރަމުންދިޔަ އަވަސް ނޫހުގެ ނޫސްވެރިޔާ ހުސެއިން ޖުމާން ހައްޔަރުކުރުމާއި ގުޅިގެން ބައިނަލްއަޤްވާމީ، ނޫސްވެރިންގެ ޖަމިއްޔާއެއް ކަމަށްވާ ޕްރެސްފްރީޑޮމް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕްރެސްފްރީޑޮމްގެ އޭޝިޔާ ޕްރޮގްރާމް ހެޑް ބެހް ލީޔީ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ކައިރިވަމުންދާވަރަކަށް ރާއްޖޭގައި ނޫސްވެރިނަށް އަމާޒުކޮށްގެން ކުރެވެމުންދާ އަނިޔާވެރި ޢަމަލުތަކާއި މެދު ކަންބޮޑުވާކަމަށެވެ.

އާއްމުންނަށް މައުލޫމާތު ފޯރުކޮށްދެނީ ނޫސްވެރިން ކަން ފާހަގަކޮށް އޭނާ އިތުރަށް ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކަވަރު ކުރުމުގައި ނޫސްވެރިންނަށް ފިއްތުންތައް ކުރިމަތި ކުރުވާ ގޮތަށް އޮތް ބިލާއި މެދުވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަވަސް ނޫހުގެ ނޫސްވެރިޔެއް ކަމަށްވާ ހުސެއިން ޖުމާން ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މީޑިއާ ކާޑާއިއެކު މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރި ވަމުން ދަނިކޮށެވެ. އަދި އޭނާ ހައްޔަރުކުރުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި އޭނާގެ މޭމަތީގައި އަތް އަޅައި ކޮއްޕާލައި ފައިވާކަމަށްވެސް ވަނީ ރިޕޯޓުކުރެވިފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން އިދިކޮޅުގެ މުޒާހަރާ ކަވަރުކުރަމުން ދިޔަ ޗެނަލް 13 ގެ ނޫސްވެރިއަކަށް ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ގެންގޮސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.