ޕާކިސްޠާން ފުލުހުން ޢިމްރާން ޚާން ގެ ގެއަށް ވަނުމަށް މަސައްކަތް ކުރަމުންދިޔަ ވަގުތު
ހަބަރު
18 Mar 2023 | 21:23
ޢިމްރާން ޚާން ކޯޓަށް ދިޔަވަގުތު ފުލުހުން އޭނާގެ ގެއަށް ގަދަކަމުން ވަދެއްޖެ

ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ޝަރީޢަތުގެ މަޖިލިހަށް ހާޒިރުވުމަށް ކޯޓަށް ދިޔަ ވަގުތު ޕާކިސްޠާން ފުލުހުން ގަދަކަމުން ޢިމްރާންގެ ގެއަށް ވަދެގަނެއްޖެއެވެ.

އިސްލާމްއާބާދުގައި ހުންނަ ކޯޓަށް ހާޒިރުވުމަށް ޢިމްރާން ޚާން ދަތުރުފެށުމާއި އެކު ޕާކިސްޠާން ފުލުހުން ވަނީ ހެވީލޯޑް ވެހިކަލްތައް ބޭނުންކޮށްގެން އެގެއަށް ވަދެވޭނެ މަގުފަހިކޮށް އެގެއަށް ވަދެފައެވެ.

ޕާކިސްޠާން ތަހްރީކޭ-އެ އިންސާފް ޕާޓީގެ ޗީފް ޢިމްރާން ޚާން ވަނީ ފުލުހުންގެ މި ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ޢިމްރާން ބުނެފައިވަނީ ފުލުހުން މިކަންކޮށްފައިވަނީ އެނާގެ އަންހެނުން އެކަނި ގޭގައި ހުރި ވަގުތެއްގައި ކަމަށެވެ.

"ޕަންޖާބު ޕޮލިހުން ވަނީ އަހަރެންގެ ގެއަށް ހަމަލާދީފަ، ބުޝްރާ ބޭޣަމް ހުރީ ގޭގައި އެކަނި، މިއީ އެމީހުން ކޮން ޤާނޫނެއްގެ ދަށުން ކުރާ ކަމެއްތޯ؟، މިއީ ލަންޑަން ޕްލޭންގެ ބައެއް، އެއީ އެ ޕްލޭނެއްގެ ދަށުން ފިނޑި ނަވާޒް ޝަރީފް އަށް އަނބުރާ ބާރު ދިނުމަށް ކުރި ޕްލޭން މިއީ" ޢިމްރާން ޚާންގެ ޓްވީޓުގައި ވެއެވެ.

ލާހޯރުން ލިބިފައިވާ ފުޓޭޖްތަކުން ދައްކާގޮތުން ފުލުހުން ޢިމްރާން ގެ ގެއަށް ވަންނަން މަސައްކަތް ކުރުމުން ޢިމްރާންގެ ސަޕޯޓަރުން އެކަމަށް ހުރަސްއަޅައެވެ. އަދި ސަޕޯޓަރުންގެ ހުރަސްއެޅުން ތަކާއި އެކު ފުލުހުން ހެވީލޯޑް ވެހިކަލެއްގައި އައިސް ޢިމްރާންގެ ގޭގެ ގޭޓު ފުނޑާލައެވެ.

ޢިމްރާން ޚާން ކޯޓަށް ހާޒިރުވެފައިމިވަނީ ޕީޓީއައިގެ ސަޕޯޓަރުންނާއި ފުލުހުންނާއި ދެމެދުއެތައް ހަމަނުޖެހުމަށް ހިންގުމައްފަހުއެވެ.

އަދި މިއަދު އިސްލާމްއާބާދުގެ ކޯޓަށް ޢިމްރާންޚާން ހާޒިރުކުރެވުމާއި އެކުވެސް ވަނީ ކުރިމަތިލުންތައް ހިނގައިފައެވެ. ޢިމްރާން ޚާން ކޯޓާއި ހަމައަށް ގެންގޮސްފައިވަނީ ވަރަށް ވަރުގަދަ ސެކިޔުރިޓީއާއި އެކުއެވެ.

އިސްލާމްއާބާދުގެ ޕޮލިސް ޗީފް ޓީވީ ގައި ބުނެފައިވަނީ ޕީޓީއައިގެ މެމްބަރުން ސަލާމަތީ ފިޔަވަޅު ނާޅައި ތިބި ފުލުހުންނަށް އޮށްގައު އުކައި ހަމަލާދީފައިވާކަމަށެވެ. އަދި އެމީހުންގެ ގަޔަށް ކަރުނަ ގޭސް ޖަހައިފައިވަނީ އެކަމުގެ ޖަވާބެއްގެ ގޮތުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.