ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން
ހަބަރު
19 Mar 2023 | 15:56
ޕާކިސްޠާނުގެ ކޯޓަކުން ޢިމްރާން ހައްޔަރުކުރަން ނެރުނު އަމުރު ބާތިލްކޮށްފި

ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ހައްޔަރުކުރުމަށް އެޤައުމުގެ ކޯޓުން ނެރުނު އަމުރު އެޤައުމުގެ އެހެން ކޯޓަކުން ބާތިލްކޮށްފި ކަމަށް ޢިމްރާންގެ ލޯޔަރު ފައިސަލް ފަރީދު ޗައުދަރީ ބުނެފިއެވެ.

ފައިސަލް ފަރީދް އަލްޖަޒީރާ އަށް ބުނެފައިވަނީ އިސްލާމްއާބާދުގެ ކޯޓުގައި ހިނގަމުންދިޔަ ރިޝްވަތުހިފުމުގެ މައްސަލައިގެ އަޑުއެހުން ނިންމާލައި ޢިމްރާން ޚާން އަށް ކޯޓުން އިރުޝާދުދިނީ މާޗް 30 ވަނަ ދުވަހު އޮންނަ އަޑު އެހުމަށް ހާޒިރުވުމަށެވެ.

ޢިމްރާން ހައްޔަރުކުރުމަށް ނެރުނު އަމުރު ބާތިލް ކޮށްފައިވަނީ ކޯޓަށް އައުމަށް އޭނާއަށް އެންގި ވަގުތަށް ކޯޓަށް ހާޒިރު ވުމުންނެވެ. ޢިމްރާން ޚާންއަށް ކޯޓަށް ހާޒިރުވުމަށް އެންގި ވަގުތައް ކޯޓައް ނުވަދެވޭނެ ގޮތް ހެދުމަށް ޕާކިސްޠާން ޕޮލިހުން މަސައްކަތް ކުރިކަމަށް ޢިމްރާންގެ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު ޢިމްރާން ޚާން އިސްލާމްއާބާދުގެ ކޯޓަށް ހާޒިރުވާން ދަތުރުފެށި ވަގުތު ޕާކިސްޠާން ފުލުހުން ވަނީ ލާހޯރުގައި ހުންނަ ޢިމްރާން ޚާންގެ ގެއަށް ގަދަކަމުން ވަދެގަނެފައެވެ. ޢިމްރާން ޚާން ބުނެފައިވަނީ އޭރު އޭނާގެ އަނބިމީހާ ހުރީ ގޭގައި އެކަނި ކަމަށެވެ.

ޢިމްރާން ޚާންގެ ސަޕޯޓަރުން ޕޮލިހުން އެގެއަށް ވަނުމަށް ކުރި މަސައްކަތަށް ހުރަސް އަޅަން މަސައްކަތް ކުރުމުން ސަޕޯޓަރުންގެ ތެރެއިން 60 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ޕަންޖާބް ޕޮލިސްގެ އިންސްޕެކްޓަރ ޖެނެރަލް އުސްމާން އަންވަރު މީޑިއާގައި ބުނެފައިވަނީ  ޢިމްރާން ގެ ގޭގައި ހިންގި ސާޗް ވޮރެންޓުގައި ހަތިޔާރު ހޯދިފައިވާ ކަމަށެވެ. ކްލަޝްނިކޮވް ރައިފަލް އަކާއި ގިނަ ޢަދަދެއްގެ ބުލެޓް ހޯދިފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އަންވަރު މީޑިއާގައި އިތުރަށް ބުނެފައިވަނީ ޕީޓީއައި ގެ ސަޕޯޓަރުން ޕޮލިހުންގެ ގަޔަށް ބަޑިޖަހައިފައިވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.