އެކްސިޑެންޓު ހިނގި ސަރަހައްދު
ހަބަރު
19 Mar 2023 | 15:57
ބަންގްލަދޭޝްގައި ހައިވޭއެއްމަތިން ބަހެއް ވެއްޓި އެކްސިޑެންޓެއް ހިނގައިފި

އަވައްޓެރި ބަންގްލަދޭޝްގައި ހައިވޭއެއް މަތިން ދުއްވާފައިދިޔަ ބަހެއް ވެއްޓި އެކްސިޑެންޓެއް ހިގައިފިއެވެ.

މި ހާދިސާގައި 19 މީހަކު މަރުވެ 25 މީހަކު ޒަހަމްވެފައިވާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ހައިވޭމަތިން ދުއްވާފައިދިޔަ ބަސް ހައިވޭގެ ފެންސުގައި ޖެހި ބަސްވަނީ ފެންސު ހަލާކުވެ ހައިވޭގެ ބޭރަށް ވެއްޓިފައެވެ. ބަންގްލަދޭޝްގެ ޕޮލިހުންބުނެފައިވީ ލަފާކުރެވޭގޮތުން ބަސް ދުއްވާފައި ދިޔަދިއުމުގައި ޑްރައިވަރަށް ކޮންޓްރޯލް ގެއްލުނީކަމަށެވެ.

"މަރުވި މީހުންގެ ޢަދަދު 19 އަށް ވަނި އަރައިފައި، އަނިޔާވި މީހުންގެ ތެރެއިން  12 މީހުންގެ ހާލަތު ވަރަށް ގޯސް، އިތުރު ފަރުވާއަށް އެމީހުން ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ވަނީ ގެންދެވިފައި" ލޯކަލް ޕޮލިސް ޗީފް މަސްއޫދު އަލަމް މީޑިއާ އަށް ބުނެފައިވެއެވެ.

ބަންގްލަޑޭޝްގެ ޕޮލިހުން ލަފާ ކުރަނީ ހާދިސާގައި މަރުވާ މީހުންގެ ޢަދަދު މަތިވެދާނެ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އަނިޔާވި މީހުންގެ ތެރެއިން ގިނަ މީހުންގެ ހާލަތު ސީރިއަސް ވުމެވެ.

ހާދިސާ ހިނގި ސިޓީ އަކީ ބަންގްލަދޭޝްގެ ވެރިކަންކުރާ ޑާކާ އާއި 50 މޭލު ދުރުގައި އޮންނަ ސިޓީ އެކެވެ.

ބަންގްލަދޭޝްގައި މަގުމަތީގެ މިފަދަ އެކްސިޑެންޓްތައް ހިނގުމަކީ އާންމުކަމެކެވެ. ހަލާކުވެފައިވާ މަގުތަކާއި ދުވަސްވެފައިވާ މަގުތައް މަރާމާތުނުކޮށް ހުރުމުގެ ސަބަބުންނާއި، ނުފަރިތަ ޑްރައިވަރުންގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ވަރަށް ގިނައިން ބަންގްލަދޭޝްގައި ހިނގައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު މަގުމަތީގެ އެކްސިޑެންޓު ތަކުގައި ބަންގްލަދޭޝްއިން ގާތްގަނޑަކަށް 400 މީހުން ވަނީ މަރުވެފައެވެ. އަދި އެއަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

މިދިޔަ އަހަރުގެ އަޟްޙާ ޢީދު ތެރޭގައިވެސް އެކްސިޑެންޓު ތަކުގައި 300 އެއްހާ މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.