ދިވެހި ސިފައިންގެ ކުލަބުގެ އެތްލީޓުން މުބާރާތުގެ ތައްޓާއެކު
ކުޅިވަރު
19 Mar 2023 | 19:46
އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޑީއެސްސީ އަދި ކުލަބު ރައިވެރިއާއަށް!

10 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕް އެތްލެޓިކްސް މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު އަދި އަންހެން ޗެމްޕިއަންކަން ކުލަބް ރައިވެރިއާ އިން ހޯދައިފި އެވެ.

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން މިމަހުގެ 17 އިން 19 ދުވަހުގެ ނިޔަލަށް ހުޅުމާލޭ ޓްރެކް ދަނޑުގައި ކުރިއަށް ގެންދިޔަ މުބާރާތުގައި 22 ޓީމަކުން 315 އެތްލީޓުން ބައިވެރިވި އެވެ.

ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ 15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ހާފިޒް އަހުމަދު ސްކޫލް އެވެ. މި އުމުރުފުރާއިން ދެވަނަ ހުރަވީ ސްކޫލް ހޯދިއިރު ތިން ވަނަ ލިބުނީ ސާއިދު ސްޕޯޓްސް އަށެވެ.

15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ޝަރީފް ސްޕޯޓްސް އެވެ. މި އުމުރުފުރާއިން ދެވަނަ ހާފިޒް އަހުމަދު ސްކޫލް ހޯދިއިރު ތިން ވަނަ ލިބުނީ ނަސީރު ސްޕޯޓްސް އަށެވެ.

މި މުބާރާތުގެ އޯޕަން ކެޓަގެރީގެ އަންހެން އެއްވަނަ ހޯދީ ކުލަބު ރައިވެރިއާ އެވެ. މިބައިން ދެވަަނަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ހޯދިއިރު ތިން ވަނަ ލިބުނީ ކުޑަ ހުސެއިން ސްޕޯޓްސް އެސޯސިއޭޝަންއަށެވެ.

މުބާރާތުގެ އޯޕަން ކެޓަގެރީގެ ފިރިހެން ޗެމްޕިއަންކަން ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބެވެ. ދެވަނަ ސާއިދު ސްޕޯޓްސް އެކަޑަމީ ހޯދިއިރު ތިން ވަނަ ލިބުނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންއަށެވެ. 

15 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތްލިޓަކަށް ހޮވުނީ 800 އަދި 1500 މީޓަރ ދުވުމުން އެއްވަނަ ހޯދި ކުލަބު ރައިވެރިއާގެ ސުހައިލު އަބްދުއްސަމަދުއެވެ. މި އުމުރުފުރާއިން އަންހެން އެންމެ މޮޅު އެތްލިޓަކަށް ހޮވުނީ ހައިޖަމްޕު އަދި ޖެވެލިންގ އުކުމުން އެއްވަނަ ހޯދި އައިޝަތު ޝާހީ ޝާހިދެވެމުބާރާތުގެ އޯޕަން ކެޓަގެރީގެ އެންމެ މޮޅު ފިރިހެން އެތްލިޓަކަށް ހޮވުނީ  800, 1500 އަދި 5000 މީޓަރ ދުވުމުން އެއްވަނަ ހޯދި ދިވެހި ސިފައިންގެ ކުލަބުގެ ހުސެއިން ފަޒީލްއެވެ  މިބައިން އެންމެ މޮޅު އަންހެން އެތްލިޓަކަށް ހޮވުނީ ހައިޖަމްޕު ،ލޯންގ ޖަމްޕް އަދި ޖެވެލިންގ އުކުމުން އެއްވަނަ ހޯދި އައިޝަތު ޝައިމް އަޒީޒުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.