އީސީގެ ރައީސް ފުއާދު ތައުފީގު/ ފޮޓޯ: ވަން
ހަބަރު
19 Mar 2023 | 22:05
އިންތިޚާބުގައި ވަކި ފަރާތަކަށް ނުޖެހޭނަން، ނުފޯޒު ފޯރުވިޔަކަ ނުދޭނަން: ފުއާދު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިލެކްޝަން އެއްވެސް ފަރާތަކަށް ނުޖެހޭނެ ކަމަށާއި، ކޮމިޝަނަށް އެއްވެސް ދިމާލަކުން ނުފޫޒު ފޯރުވާނެ ޖާގައެއްވެސް ނުދެއްވާނެކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ. 

ފުއާދު މިފަދައިން ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިޚާބާއި ގުޅިގެން އެކުލަވާލާފައިވާ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

އިންތިޚާބުގައި ކޮމިޝަންގެ މައްޗަށް ނުފޫޒު ފޯރުވޭނެ ފަރާތެއް ނުހުންނާނެކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އިންތިޚާބުގައި ރައްޔިތުން ލާ ވޯޓުގެ ނަތީޖާ ހާމަކަން ބޮޑުކޮށް ކޮމިޝަނުން ހާމަކުރަމުންދާނެކަމުގެ ޔަޤީންކަން ފުއާދުވަނީ ދެއްވާފައެވެ.

"ވަރަށް މިނިވަން ކަމާއިއެކު ތެދުވެރިކަމާއި އަމާނާތްތެރި ކަމާއިއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑު ގެނެސްދޭން. ރައްޔިތުން ވޯޓުގެ ތެދު ނަތީޖާ ގެނެސްދޭން. އެއަށް އެއްވެސް ކަހަލަ ބަދަލެއް އަންނާނެ ފުރުސަތެއް ނުދީ ރައްޔިތުން ވޯޓުލީ ގޮތަކަށް ނަތީޖާ ނެރެ ދިނުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން"

އީސީގެ ރައީސް ފުއާދު ތައުފީގު 

މިބައްދަލުވުމުގައި ކޮމިޝަނުން ވަނީ ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދާނެ ގޮތަކާއި، އުޞޫލު އެކުލަވާލުމަށް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި ބައެއް ޕާޓީތަކުން ވަނީ ރިޔާސީ އިންތިޚާބު މިހާ ގާތްވެފައި އޮއްވާ އިންތިޚާބުތަކާއި ގުޅުންހުރި ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވަކިން ޚާއްސަކޮށް ނޫސްވެރިންނަށް އޮތް ފުރުޞަތު ހަނިވާނެހެން ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާއިމެދުވެސް މީޑިއާ ކައުންސިލާއި، ބްރޮޑްކާސްޓިންގ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެއީ ސިޔާސީ ޕާޓީތަކުގެވެސް ކަންބޮޑުވުމެއްގެ ގޮތުގައި މެމްބަރުން ފާހަގަކުރެއްވި އެވެ. 

ނޫސްވެރިންނަށް އިންތިޚާބު ކަވަރުކުރުމަށް ހުރަސްއެޅޭނެ އިންތިޚާބުގެ ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު އޮންނާނެކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ. 

އެކަމާއި ގުޅިގެން ފުއާދު ވިދާޅުވީ، އިންތިޚާބަށް އެއްވެސް ސިފައެއްގައި ނުފޫޒު ފޯރުވާނެ ޖާގަ ނުދެއްވާނެކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާތައް ގެނެސްދޭނީ އޭގެ އެންމެ ޞައްހަ ގޮތުގައި އޮޅުވާލުމެއް ނެތި ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.