Dd
ހަބަރު
20 Mar 2023 | 11:00
އޯޕަން ނެޓްވޯކް ރިޕޯޓްގައި ބެސްޓް މޯބައިލް އެކްސްޕީރިއަންސް އެވޯޑްސް އުރީދުއަށް

ކަންޒިއުމަރ މޯބައިލް އެކްސްޕީރިއަންސް އެނަލައިޒްކޮށް ގިންތި ކުރާ އޯޕަން ސިގްނަލްގެ އެންމެ ފަހުގެ ރިޕޯޓްގައި ބެސްޓް މޯބައިލް އެކްސްޕީރިއަންސް އެވޯޑްސް އުރީދޫއިން ހާސިލުކޮށްފިއެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 29 އާއި ހަމައަށް ޑާޓާ އެއްކުރުމަށްފަހު އެކުލަވާލާފައިވާ އޯޕަން ސިގްނަލްގެ ޑިސެމްބަރ 2022 ގެ ރިޕޯޓްގައި ޖުމްލަ ހަތް ދާއިރާއަކަށް ބަހާލައި އެވޯޑް ދީފައިވާއިރު އެ ހަތް ދާއިރާގެ ތެރެއިން ހަ ދާއިރާއިން ބެސްޓް އެވޯޑްސް ހާސިލުކޮށްފައިވަނީ އުރީދޫއިންނެވެ. ހަތްވަނަ ދާއިރާއިންވެސް  އުރީދޫއިން އިންވަނީ ދިރާގާއި އެއް ހަމަ ކޮށްފައެވެ. 

އުރީދޫން ކުރި ހޯދާފައިވާ ހަ ދާއިރާއަކީ:

ވީޑިއޯ އެކްސްޕީރިއަންސް

ގޭމްސް އެކްސްޕީރިއަންސް

ވޮއިސް އެޕް އެކްސްޕީރިއަންސް

ޑައުންލޯޑް ސްޕީޑް އެކްސްޕީރިއަންސް

އަޕްލޯޑް ސްޕީޑް އެކްސްޕީރިއަންސް

4ޖީ ކަވަރޭޖް އެކްސްޕީރިއަންސް

ދިރާގުން އުރީދޫއާއި އެއްވަރުކޮށްފައިވަނީ ކަވަރޭޖް އެވެއިލެބިލިޓީ ކެޓަގަރީގައެވެ. 

އޯޕަން ނެޓްވޯކްގެ އެ ރިޕޯޓްގެ ކީ ފައިންޑިންގްސް އަށް ބަލާލާއިރު ރާއްޖޭގައި ބެސްޓް މޯބައިލް ގޭމިންގް އެކްސްޕީރިއަންސް ނެޓްވޯކަކީ އުރީދޫ ކަމުގައި ބުނެފައިވެއެވެ. އެގޮތުން ކުރިއަށްވުރެ 7.1 ޕޮއިންޓްގެ ކުރިއެރުމެއް ހޯދައިގެން އުރީދޫއިން މި ދާއިރާ ކާމިޔާބުކޮށްފައިއެވަނީ 66.7 ޕޮއިންޓުންނެވެ. މިދާއިރާގައި ދިރާގު އުޅެނީ އުރީދޫއަށް ވުރެ 8.3 ޕޮއިންޓް ފަހަތުގައެވެ.

ރިޕޯޓްގައި ވާގޮތުން މޯބައިލް އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑްސްގައިވެސް ކުރި ހޯދާފައިވަނީ އުރީދޫއިން ކަމަށާއި އެގޮތުން ދިރާގަށްވުރެ 15.2 އިންސައްތަ އުރީދޫގެ އަޕްލޯޑް ސްޕީޑް ރަނގަޅު ކަމަށާއި 26.1 އިންސައްތަ ޑައުންލޯޑް ސްޕީޑް ދިރާގަށްވުރެ އުރީދޫ ރަނގަޅުކަމަށް ބުނެފައިވެއެވެ.

ވީޑިއޯ އެކްސްޕީރިއަންސް އަށް ބަލާއިރު ވީޑިއޯ އެކްސްޕީރިއަންސްގައި ދިރާގަށްވުރެ 10 ޕޮއިންޓް އަދި އޯޑިއޯ އެކްސްޕީރިއަންސްގައި ދިރާގަށްވުރެ 2.8 ޕޮއިންޓް އުރީދޫ ކުރި ހޯދާފައިވާކަން ރިޕޯޓުގައި ވެއެވެ.

4ޖީ ކަވަރޭޖަށް ބަލާލައި އެ ރިޕޯޓްގައި ބުނެފައިވަނީ 10 ޕޮއިންޓްގެ ސްކޭލަކުން އަޅާކިޔާއިރު 0.4 ޕޮއިންޓުން އުރީދޫ ދިރާގުގެ މައްޗަށް މި ދާއިރާއިންވެސް ކުރި ހޯދާފައިވާކަމަށެވެ.

މީގެ އިތުރުން “އެޗްޑީ ވީޑިއޯ، ވީޑިއޯ ގްރޫޕް ކޮންފަރެންސް ކޯލްސް އަދި ގޭމިން” އާއި “ލޯވަރ ޕާފޯމަންސް އެޕްލިކޭޝަންސް އިންކްލޫޑިންގ އެސްޑީ ވީޑިއޯ، ވޮއިސް ކޯލްސް އެންޑް ބްރައުޒިން” ބައިންވެސް އުރީދޫ ދިރާގުގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދާފައިވާކަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އުރީދޫގެ ޚިދުމަތް ތަކުގެ ފެންވަރު ރަނގަޅުކޮށް، ކަންޒިއުމާ އެކްސްޕީރިއަންސް އިތުރަށް ފުރިހަމަކުރުމަށް އެ ކުންފުނިން މިހާރުވެސް އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއްކޮށް ބޮޑެތި އިންވެސްޓްމަންޓްތަކެއްވެސް ކުރަމުންނެވެ.

އެގޮތުން މިދިޔަ އަހަރު އުރީދޫއިން ތައާރަފްކުރި އުރީދޫ ނޭޝަން ގޭމިން ޕްލެޓްފޯމާއި ލަންކާ-ރާއްޖެ ސަބްމެރިން ކޭބަލް 2021 ވަނަ އަހަރު އަޅާފައިވާއިރު، މި އަހަރު އެޅުމަށް ހަމަޖެހިފައިވާ ޕީސް ކޭބަލް ފާހަގަކޮށްލެވެއެވެ. މި ކޭބަލަކީ ކުޅުދުއްފުށި ސިޓީ ސިންގަޕޫރާއި ޔޫރަޕާއި ގުޅާލެވިގެންދާ ސަބްމެރިން ކޭބަލެކެވެ. މި ކޭބަލް ގައިމްކުރެވުމުން އިންޓަނެޓް ސްޕީޑް އިތުރަށް ހަލުވިވެ ހިދުމަތްތައް އިތުރަށް ފުރިހަމަކުރެވިގެންދާނެކަން އުރީދޫއިން ކުރިން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.