ފަލަސްޠީނުގެ މުސްލިމް ޤުދުސް މިސްކިތުގެ ކައިރީގައި ރޯދަ ވީއްލުމަށް ތައްޔާރުވަނީ
ހަބަރު
20 Mar 2023 | 16:23
މި ރަމަޟާން މަހު އެންމެ ދިގުކޮށް ރޯދަހިފަންޖެހެނީ ކޮން ޤައުމެއްގެ މުސްލިމުން؟

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ދިރުއުޅެމުން އަންނަ އިރު އެކި ހިސާބުތަކުގައި ދިރިއުޅޭ މުސްލިމުން ރޯދަ ހިފަނީ އެކި ދިގުމިނަށެވެ.

އެގޮތުން ދުނިޔޭގެ ދެކުނުގެ ޤައުމުތައް ކަމަށްވާ ޗިލީ ނިއުޒިލެންޑް ފަދަ ޤައުމުތަކުގެ މުސްލިމުން 12 ގަޑިއިރު ރޯދަ ހިފާނެއެވެ. ދުނިޔޭގެ އުތުރުގައި ހިމެނޭ ޤައުމުތައް ކަމަށްވާ އައިސްލޭންޑް ގްރީންލޭންޑް ފަދަ ޤައުމުތަކުގައި އުޅޭ މުސްލިމުން 17 ގަޑިއިރަށްވުރެ ގިނަ ވަގުތު ރޯދައަށް ތިބެން ޖެހެއެވެ.

އުތުރު ހެމިސްފެއަރ ގައި ދިރިއުޅޭ މުސްލިމުންނަށް މިއަހަރު ރޯދައަށް ތިބެންޖެހޭ ވަގުތު ކުރެވެ. އަދި 2031 އާއި ހަމައަށް އެޤައުމުތަކަށް ރޯދަމަހު ރޯދައަށް ތިބެންޖެހޭ ވަގުތު ދާނީ ކުޑަވަމުންނެވެ. އެޤައުމުތަކަށް ރަމަޟާން މަސް ދިމާވަނީ އަހަރުގެ އެންމެ ދުވަސްތައް ކުރު މޫސުމާއެވެ. 2031 ފަހު މިކަން ދާނީ ބަދަލުވަމުންނެވެ.

އީކުއޭޓަރގެ ދެކުނުގެ ޤައުމުތަކުގައި މިކަން ހިނގާނީ ދިމާ އިދިކޮޅަށެވެ.

ދުނިޔޭގެ އެންމެ އުތުރުގެ ސިޓީއެއް ކަމަށްވާ ނޯވޭގެ ލޯންގްޔާބައިން ގައި އޭޕްރީލް 20 އޮގަސްޓް 22 އާއި ދެމެދު އިރެއް ނުއެއް އޮއްސެއެވެ. އެހެން ކަމުން އެހިސާބުގައި އުޅޭ މުސްލިމުންނަށް އޮންނަ ގޮތަކީ މައްކާ ގައި ހާރުކެއުމާއި، ރޯދަވިއްލުން އަދި ނަމާދުވަގުތުތަކަށް ބެލުމެވެ. ނުވަތަ އެންމެ ގާތުގައި އޮތް އިސްލާމީ ޤައުމެއްގެ ވަގުތުތަކަށް ބެލުމެވެ.

މިއަހަރުގެ ރޯދަ މަހު އެންމެ ދިގުކޮށް ރޯދައަށް ތިބޭނީ 17 ގަޑިއިރުއެވެ. އެގޮތުން 17 ގަޑިއިރު ރޯދައަށް ތިބޭނީ ގްރީން ލޭންޑްގެ ނޫކް ސިޓީ، އައިސްލޭންޑްގެ ރޭކްޖަވިކް ސިޓީ، ފިންލޭންޑުގެ ހޭލްސިންކީ ސިޓީ، ސްވިޑިންގެ ސްޓޮކްހޮމް ސިޓީ، އަދި ސްކޮޓްލެންޑްގެ ގްލަސްގޯ ސީޓީގައި ދިރުއުޅޭ މުސްލިމުންނެވެ.

އެންމެ ކުރުކޮށް ރޯދަ ހިފާ މުސްލިމުން ހިފާނީ 13 ގަޑިއިރާއި 12 ގަޑި އިރާއި ދެމެދުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.