ޕާކިސްޠާނުގް ކުރީގެ ބޮޑު ވަޒީރު ޢިމްރާން ޚާން ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުވަނީ
ހަބަރު
21 Mar 2023 | 07:01
ފުލުހުން ޚުދުމުޚްތާރް ކަމަށް ބުނިތާގިނަ އިރެއް ނުވެ އިތުރު މައްސަލަތަކެއް ޢިމްރާނާއި ދެކޮޅަށް ބަލަން ފަށައިފި

ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ޕާކިސްޠާން ފުލުހުންގެ ޢަމަލުތަކަކީ ޚުދުމުޚްތާރް ޢަމަލުތަކެއް ކަމަށް ބުނެ ވާހަކަދެއްކިތާ ގިނައިރެއް ނުވެ އޭނާ އާއި އޭނާގެ ޕާޓީ ޕާކިސްޠާން ތަހްރީކޭ އެ-އިންސާފު ޕާޓީ ގެ އެކްޓިވިސްޓުންނާއި ދެކޮޅަށް ގިނަ މައްސަލަތަކެއް ބަލަން ފަށައިފި އެވެ.

ޢިމްރާން ޚާން ފުލުހުންގެ ޢަމަލުތަކާއި މެދު މިގޮތަށް ވާހަކަދައްކައިފައި މިވަނީ ހޮނިހިރު ދުވަހު ޢިމްރާން ޚާން އިސްލާމް އާބާދުގެ ކޯޓަށް ހާޒިރުވިވަގުތު ޕާކިސްޠާނު ޕޮލިހުން ޢިމްރާން ޚާންގެ ގެއަށް ގަދަކަމުން ވަދެ ގަނެ އަދި ޢިމްރާން ޚާންގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިވަނީކޮށެވެ.

"ޚުދުމުޚްތާރު ކަމުގެ އެންމެ މަތީ ދަރަޖަ މިފެންނަނީ ޕޮލިހުންގެ ފަރާތުން، ވޮރެންޓް ނެތި ޕީޓީއައިގެ އެކްޓިވިސްޓުން ރަހީނުކުރުމަށް އިސްލާމްއާބާދުގެ ގެތަކަށް ދަނީ ވަންނަމުން، އެކްޓިވިސްޓުން ގޭގަ ނެތަސް ވަންނަނީ، 10 އަހަރުންދަށުގެ ކުޑަކުދިން ވެސް އެގޭގޭގައި އެބަތިބި" ޢިމްރާން ޚާން ބުނެފައިވެއެވެ.

އަދި ހައްޔަރުކޮށްގެން ގެންގޮސްފައިވާ ޕީޓީއައިގެ މެމްބަރުން ވަގުތުން ވަގުތައް ދޫކޮށްލުމަށް ޢިމްރާން ޚާން ވަނީ ގޮވައިލައިފައެވެ.

ޢިމްރާން ޚާންގެ މިފަދައިން ވާހަކަދެއްކުމާއި ވިދިގެން ޕާކިސްޠާން ޕޮލިހުން ވަނީ ޢިމްރާން ޚާން އާއި އޭނާގެ ޕާޓީގެ މެމްބަރުންނާއި ދެކޮޅަށް އިތުރު މައްސަލަތަކެއް ބަލަން ފަށައިފަ އެވެ.

އެހެން ޓްވީޓެއްގައި ޢިމްރާން ޚާން ބުނެފައިވަނީ ހޮނިހިރު ދުވަހު ކޯޓް ހުންނަ ބިލްޑިންގް ކޮމްޕްލެކްސް ގެ ތެރޭގައި އޭނާ މަރާލުމަށް ރޭވި ކަމަށާއި ވަރަށް އަވަހަށް އެކަން އެންމެންނަށް ފެންނާނެހެން ސާފުކޮށްދޭނެ ކަމަށެވެ.

ހޮނިހިރު ދުވަހު އޮތް ޝަރީޢަތުގެ މަޖިލީހަށް ޢިމްރާން ޚާން ހާޒިރުވި އިރު އިސްލާމްއާބާދުގެ މަގުތަކުގައި އޭނާގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް ތިއްބެވެ. އަދި ފުލުހުންނާއި އެމީހުންނާއި ދެމެދު ކުރިމަތިލުންތައްވެސް ވަނީ ހިނގައިފައެވެ. ކުރިމަތިލުންތަކުގައި ޢާންމުން ކޮންޓްރޯލް ކުރުމަށްކަމަށްބުނެ ޕޮލިހުންވަނީ ކަރުނަގޭހާއި ލަޓިބުރިތަކުގެ ބޭނުންކޮށްފައެވެ.

މި ކުރިމަތިލުން ތަކުގައި ޕޮލިހުންނަށްވެސް އަދި ޢާންމުންނަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.