2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތައްޓާއެކު ދިވެހި ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު
20 Mar 2023 | 23:33
ސާފް ޗެމްޕިއަންޝިޕްގައި ސަރަހައްދުން ބޭރުގެ ޓީމެއް ފެނިދާނެ!

އިންޑިޔާގެ ބެންގަލޫރުގައި އަންނަ ޖޫން މަހު 20 ގައި ފެށުމަށް ހަމަޖެހިފައިވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ސަރަހައްދުން ބޭރުގެ ދެ ޓީމެއް ނޫނީ އެއް ޓީމަކަށް ދައުވަތު ދޭން ގަސްދު ކޮށްފައިވާ ކަމަށް އިންޑިއާގެ އެފްއޭއިން ބުނެފިއެވެ.

އިންޑިއާގައި ސާފް ޗެމްޕިއަންޝިޕް ބާއްވަން ނިންމާފައިވާކަން ސާފްގެ އެކްސްކޯ ބައްދަލުވުމުގައި ނިންމީ މިދިޔަ މަހުގެ ތެރޭގައެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ ޖޫން މަހުގެ 20 އިން ޖުލައި މަހުގެ ތިނަކަށެވެ.

އިންޑިއާގެ ފުޓުބޯޅަ ފެޑަރޭޝަން އޭއައިއެފްއެފްގެ ރައީސް ކަލްޔަން ޗައުބޭ، ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރަހައްދުން ބޭރުގެ ބައެއް ޓީމުތަކަށް ދައުވަތު ދޭން ވިސްނާ ކަމަށާއި އެކަން ކުރަން ގަސްދުކޮށްފައި ވަނީ މުބާރާތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކަމަށެވެ.

"މިއަހަރު އަހަރެމެން ބޭނުންވޭ ސަރަހައްދުން ބޭރުގެ އެއް ޓީމު ނޫނީ ދެޓީމު މުބާރާތުގައި ވާދަކުރަން. އެއާއެކު މުބާރާތުގެ ވާދަވެރިކަން ބޮޑުވެ، އިންޑިއާ ޓީމަށްވެސް އެކަން ޗެލެންޖަކަށް ވާނެ. އަދި ހާއްސަކޮށް ރޭންކިން މަތި ޓީމުތައް މުބާރާތުގައި ވާދަކުރާނަމަ އިންޑިއާގެ ފުޓުބޯޅައިގެ ފެންވަރުވެސް ދާނީ ކުރިއަރަމުން. އިތުރު ޓީމުތައް ބައިވެރިކުރުމަށް ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާތައް މިހާރުވެސް އެބަކުރެވޭ،" ޗައުބޭ ވިދާޅުވިއެވެ.

އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ 13 މުބާރާތުގެ ތެރެއިން އަށް މުބާރާތް ކާމިޔާބުކުރީ އިންޑިއާއެވެ. ރާއްޖެއިން އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2018 ވަނަ އަހަރުއެވެ. އެއީ ރާއްޖޭގެ ދެވަނަ ތަށްޓެވެ. 2018 ވަނަ އަހަރު ރާއްޖެއިން ކުރިން ތަށި ހޯދާފައިވާ އިރު، މިފަހަރުގެ މުބާރާތުގައި ސާފް ސަރަހައްދުން ރާއްޖޭގެ އިތުރުން އިންޑިއާއާއެކު ދެން ވާދަކުރާނެ ކަމަށް ބެލެވެނީ ބޫޓާނާއި ބަންގްލަދޭޝް އަދި ޕާކިސްތާނެވެ. ސްރީ ލަންކާ މިވަގުތު ފީފާ ސަސްޕެންޝަނެއްގައި އޮތުމުން މުބާރާތުން ނުފެނުން ގާތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.