ސަލާމަތާއި ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް--ފޮޓޯ/ މަޖިލިސް
ހަބަރު
21 Mar 2023 | 12:52
ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލަ 241 ކޮމިޓީން ބަލަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމީޓީ (241 ކޮމިޓީން) ބަލަން ފަށައިފި އެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ރެހެންދި އެވޯޑް ހަފުލާ އަށް ފަހު، ރައީސް ޞާލިހު މާލެ ވަޑައިގެން ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް، އިދިކޮޅު ޕީޕީއެމްގެ އޮފީހާ ދިމާލުގައި ތިބި ސަޕޯޓުންތަކެއް ވަނީ އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސްއަޅާފައެވެ. 

އެގޮތުން އިދިކޮޅު މުޒާހަރާގެ ބައިވެރިންވަނީ ރައީސް ޞާލިހުގެ ކާރުކޮޅު ކުރިމައްޗަށް އަރާ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އަޑުއުފުލާފަ އެވެ.

އަދި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުރީ "ހަރާން" ހުކުމެއް ކަމަށާއި، އެ ހުކުމް ކުރީ ރައީސް ޞާލިހު އަޑީގައި ހުންނަވާ ނުފޫޒު ފޯރުވައިގެންކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ. ތަކުރާރުކޮށް ރައީސް ޔާމީން ދޫކޮށްލުމަށް ބައިވެރިން ގޮވާލާފައި ވެއެވެ. 

މުޒާހަރާގެ ބައިވެރިން ހުރަސްއެޅުމުން، ރައީސްގެ ކާރުކޮޅު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވި އެވެ. ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލެއްވުމަށްފަހު ވަޑައިގަތީ އެހެން މަގަކުންނެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ އިސްނެގުމަށް އެ މައްސަލަ ބަލަން ފަށައި މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ އެއީ ހިނގައިގެންވާނެ ހާދިސާއެއް ނޫން ކަމަށާއި އެކަން އެގޮތަށް މެދުވެރިވާން ޖެހުނު ސަބަބުތައް ދެނެގަތުމަކީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެހެންކަމުން ރައީސްގެ މޮޓޯކޭޑް ހުއްޓުވާފައިވާ ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތް ކަމާބެހޭ މުއައްސަސާތަކުން ތަހުގީގުކުރަމުންދާ ގޮތް ކޮމިޓީގެ ފަރާތުން ބަލައި، ރައީސްގެ ސެކިއުރިޓީ ބްރީޗްވެފައި ވޭތޯ ނުވަތަ ނޫންތޯ ދެނެގަނެ އެކަމުގައި އެޅެންހުރި ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވަނީ މިކަމުގައި ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވާ ގޮތާއި، ފުލުހުންނާއި، ސިފައިންގެ ކޯޑިނޭޝަން އޮތް މިންވަރު ބެލުމަށް ހުށަހަޅާފައެވެ. ކޮމެޓީގައި އެހެން މެމްބަރުން ހުށަހެޅި ހުށަހެޅުންތަކަށް ބަލާއިރު ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވަނީ ރައީސްގެ މޮޓޯކޭޑު މަދު އަދަދެއްގެ ބަޔަކު ކުރި މުޒާހަރާއެއްގެ މެދުގައި އެހާ ގިނަ އިރު އޮންނަންޖެހި، ފަހުން ރޫޓު ބަދަލުކޮށްގެން ދާންޖެހުން ސަބަބު ބަލަންޖެހޭކަމަށެވެ.

އެ މައްސަލާގައި ވިލިމާލެ ދާއިރާ މެންބަރު އަހްމަދު އުޝާމް ވެސް ވިދާޅުވީ ޕީޕީއެމްގެ އޮފީސް ކުރިމައްޗަށް އެއްވުމަކީ އެ ޕާޓީގެ ސަޕޯޓަރުން ސިލްސިލާކޮށް ކުރަމުންދާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަން އެނގިތިބެ އެ ސަރަހައްދަށް މޮޓޯކޭޑް ވެއްދީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

މިބައްދަލުވުމުގައި މެމްބަރުންގެ ހުށަހެޅުންތަކަށްފަހު ކޮމެޓީގެ މުޤައްރިރު ނިންމީ މެމްބަރުން ހުށަހެޅުއްވި މައުލޫމާތުތައް ސަލާމަތީ ބާރުތަކުން ހޯދުމަށްފަހު ކޮމެޓީގެ ބައްދަލުވުމެއް ވީހާވެސް އަވަހަށް ބޭއްވުމަށެވެ.
މިމައްސަލާގައި ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވާ ގޮތް ލިޔުމުން ހޯދުމަށްފަހު، ދެ މުއައްސަސާއާއި ވަކިން ބައްދަލު ކުރުމަށްވެސް ކޮމެޓީން ވަނީ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފުލުހުންނާއި ސިފައިންނަށް ފާޑު ކިޔަމުންނެވެ. އަދި އެއީ ފުލުހުންނާއި ސިފައިންގެ ފެއިލްވުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.