ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން އިހްތިޖާޖެއްގައި
ހަބަރު
21 Mar 2023 | 13:34
މޫނު ބުރުގާ މައްސަލައިގައި ލޯޔަރުންނާއި އެކު ހާޒިރުވުމުން ބައްދަލެއް ނުކުރި: ޢަރަބިއްޔާ ބެލެނިވެރިން

ޢަރަބިއްޔާ ސްކޫލަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ކިޔަވަން ހާޒިރުވާ ދަރިވަރުންނަށް މޫނުބުރުގާ ނަގަން އެންގައި މިއަދު ސްކޫލަށް ދަރިވަރުންނާއި ބެލެނިވެރިން ހާޒިރުވާން އެންގުމުން ބެލެނިވެރިން ވަކީލުންނާއި އެކު ހާޒިރުވުމުން ސްކޫލްގެ މެނޭޖްމަންޓުން ވަކީލުންނާއި އެކު ބައްދަލުނުކުރާނެ ކަމަށްބުނެފި ކަމަށް އެ ސްކޫލްގެ ބެލެނިވެރިން ބުނެފިއެވެ.

ވޮއިސް އަށް މައުލޫމާތު ދެއްވަމުން އަރަބިއްޔާ ސްކޫލްގެ ޕީޓީއޭގެ ނައިބް ރައީސް އައިޝަތު ޝާދިޔާ ވިދާޅުވީ ވަކީލުން ގޮވައިގެން ދިޔުމުން ސްކޫލުން އެންގީ ވަކީލުންނާއި އެކު ބައްދަލުނުކުރާނެ ކަމަށާއި، އަދި ސްކޫލުން އަންގަން ބޭނުންވާ އެއްޗެއް ސްކޫލުން އަންގާނެ ކަމަށެވެ.

"ވަކީލުން ގޮވައިގެން ނޫންތޯ ދާނީ، ޕޭރެންޓުންނަށް ޤާނޫނީ ގޮތުން އެއްޗެއް ނޭގެންޏާ ޤާނޫނު އެނގޭ ބަޔަކު ގޮވައިގެންތާ ދާނީ، ވަކީލުން ގޮވައިގެން ދިޔަމަތާ ޤާނޫނީ ލަފައެއް އެރުވޭނީ" ޝާދިޔާ ވިދާޅުވިއެވެ.

ޢަރަބިއްޔާގައި 10 ވަރަކަށް ކުދިން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާއިރު މިކުދިންގެ ހައްޤު ހޯދުމަށް ޢަރަބިއްޔާ ބެލެނިވެރިން ކޯޓަށް ދާނެ ކަމަށް ޝާދިޔާ ވިދާޅުވިއެވެ. ޝާދިޔާ ވިދާޅުވީ މޫނުބުރުގާ އަޅައިގެން ސްކޫލަށް ދާ އެއްވެސް ކުއްޖަކީ މަޖުބޫރެއް ވެގެން މޫނު ބުރުގާ އަޅާ ކުއްޖެއް ނޫން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.