ޢަދާލަތާއި އެމްއާރްއެމް އިން ބޭއްވި ބައްދަލުވުން
ހަބަރު
21 Mar 2023 | 16:08
އެމްއާރްއެމް އާއި ޢަދާލަތު ބައްދަލުކޮށްފި

ރިޔާސީ އިންތިހާބާއި ގުޅޭ މަޝްވަރާ ކުރަން މޯލްޑިވްސް ރިފޯމް މޫވްމެންޓާއި ޢަދަލާތު ޕާޓީ އާއި ބައްދަލުކޮށްފިއެވެ.

ޢަދާލަތު ޕާޓީ އިން ބުނެފައިވަނީ އެމްއާރްއެމް އާއި އެކު ބޭއްވުނު މި މަޝްވަރާ ބައްދަލުވުމަކީ އެމްއާރްއެމްގެ އިސްނެގުމާއިއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ފާރިސް މައުމޫނާއި އަދި އެޕާޓީގެ ލީޑަރޝިޕްގައި ހިމެނޭ ބޭފުޅުން ބައިވެރިވިކަމަށް ބުނެފައިވެއެވެ.

މިބައްދަލުވުމުގައި ހިނގަމުންމިދާ ރިޔާސީ ދައުރުގައި ކުރެވުނު ތަޖުރިބާތަކާއި ކުރިއަށް އޮތް ތަނުގައިވެސް ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާއި މެދު މަޝްވަރާ ކުރެވުނު ކަމަށް ޢަދާލަތުން ވަނީ ހާމަކޮށްފައެވެ.

މިބައްދަލުވުމާއި ގުޅިގެން އެމްއާރްއެމް އިން އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ އެމްއާރްއެމް އާއި ޖޭޕީ އާއި ދެމެދުވެސް ވަނީ މަޝްވަރާބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމަށް ވެންނެވުމުގެ ކުރިން ރައީސް މައުމޫން ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވެފައި ވަނީ ޕީޕީއެމް އާއި އެކު ކޯލިޝަން ހެދުމަކީ ވެސް ވެދާނެ ކަމެއް ކަމަށެވެ. އަދި ރައީސް ޞާލިޙަށް އިތުރު ދައުރެއް ދެއްވުމާއި މެދު ސުވާލުކުރެވުމުން އެމަނިކުފާނު ވިދާޅުވެފައިވަނީ އެސުވާލަށް ޖަވާބު ދެއްވަން އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބު ގާތްވަމުން އަންނައިރު އެމްޑީޕީ އާއި ޢަދާލަތު އަދީ އެމްޑީއޭ ގެ ކޯލިޝަން އިން ވާދަކުރައްވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ރައީސް ޢަބްދުالله ޔާމިން ޢަބްދުލްޤައްޔޫމް ނެރުމަށް ހަމަޖެހިފައިވާއިރު ޖުމްހޫރީ ޕާޓީ އިން ވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމައިފައެވެ. އަދި ފާރިސް މައުމޫނު ރަނިން މޭޓަކަށް ހެއްދެވުމުގެ ޝައުޤުވެރިކަން ޖޭޕީ އިން ފާޅުކޮށްފައިވެއެވެ.

އެމްއެންޕީ އިން ކާނަލް މުޙައްމަދު ނާޒިމް ވާދަ ކުރައްވުމަށް ނިންމައި އެކަން އިޢްލާނުކިށްފައިވާއިރު އަމިއްލަ ގޮތުން ވާދަކުރުމަށް ޢުމަރް ނަސީރާއި ކުރީގެ ބަންޑާރަ ނައިބު މުހައްމަދު މުނައްވަރުވެސް ވަނީ ކެމްޕޭނު ފައްޓަވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ