ކުރީގެ ސީޕީ ހުސެއިން ވަޙީދު/ ފޮޓޯ: ވީނިއުސް
ހަބަރު
21 Mar 2023 | 22:34
ކުރީގެ ސީޕީ ހުސެއިން: ކޮންތާކުން ޓްރެއިނިން ހެދީމަތޯ ވީވީއަޕީ ގޮވައިގެން މުޒާހަރާތެރެއަށް ވަނީ؟

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ދަތުރުފުޅު ކުރައްވަމުން ގެންދެވި މޮޓޯކޭޑު މުޒާހަރާތެރެއަށް ވެއްދި މައްސަލައިގައި ކުރީގެ ކަމިޝަނާ އޮފް ޕޮލިސް ހުސެއިން ވަޙީދު ސިފައިންގެ ޓްރެއިނިންތަކާއި ގުޅިގެން މުހިންމު ސުވާލުތަކެއް ކުރައްވައިފި އެވެ. 

ބައިނަލްޢަޤްވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު އަނބުރާ ވަޑައިގެންނެވި މަގުމަތީގައި ރައީސުލްޖުމްޙޫރިއްުޔާ ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ވަނީ ހުރަސްއަޅާފައެވެ. 

މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސްއަޅާފައިވަނީ ސިފައިންނާއި ފުލުހުންގެވެސް ހާޒިރުގައެވެ. 

އެކަމާއި ގުޅިގެން ޕީޕީއެމުން ބުނީ ޕީޕީއެމްގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ނުހައްގުން ކުރަމުންދާ އަނިޔާތަކާއި ދެކޮޅަށް އިދިކޮޅުން ކޮންމެ ރެއަކު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ރޭގެ މުޒާހަރާ ނިންމާލުމަށް ޕާޓީ އޮފީސް ސަރަހައްދުތައި ތިއްބާ، ރައީސް ޞާލިހުގެ މޮޓޯކޭޑު އެ ސަރަހައްދަށް ވަނީ ކުއްލިއަކަށް ކަމަށެވެ.

އެ ސަރަހައްދު ދޫކޮށް އާންމުން ދިއުމަށް ދުރާލާ އިންޒާރެއް ދީފައި ނުވާކަމަށް ޕީޕީއެމްގެ އިހުތިޖާޖުގެ ބައިވެރިން ވަނީ ބުނެފައެވެ. އެހެންކަމުން، ސިފައިންނާއި ފުލުހުންގެ ފެއިލިއާގެ އިލްޒާމު އިދިކޮޅު ޕާޓީން ނަގަން ނުޖެހޭނެކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. 

ރައީސުލްޖުމްޙޫރިއްޔާގެ މޮޓޯކޭޑު ހުއްޓުވުމަށް ފުރުސަތު ލިބުނުގޮތާއި ގުޅިގެން ގިނަ ސުވާލުތަކެއް އުފައްދަމުންދާ މި ދަނޑިވަޅުގައި ކުރީގެ ސީޕީ ހުސެއިން ވަހީދު ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ މޮޓޯކޭޑުގައި ތިއްބެވި ބޭފުޅުން ހައްދަވާފައިވާ ޓްރެއިނިންއާއި ގުޅިގެން ސުވާލު ކުރައްވާފައެވެ. 

އެގޮތުން ހުސެއިން ވަހީދު ވަނީ ވީ.ވީ.އައި.ޕީ ބޭފުޅެއް ގޮވައިގެން މުޒާހަރާއެއް ތެރެއަށް ވަނުމަކީ ކޮންތާކުން ހެދި ވީ.ވީ.އައި.ޕީ ޓްރެއިނިންއެއްގައި ކިޔަވައިދެއްވި މޮޑިއުލެއްގައި އޮތް ގޮތެއްތޯ އައްސަވާފަ އެވެ.

އަދި ތަމްރީނު ޕްރޮގްރާމުތަކުގައި ހަދާ އެކްސަސައިޒެއް ފަދައިން އާންމުން އެއްވެ މުޒާހަރާކުރަމުން ދިޔަ ތަނެއްގެ ތެރެއަށް ވީ.ވީ.އައި.ޕީ ސެކިއުރިޓީ ބޭފުޅެއް ގޮވައިގެން ވަނުމުގެ ސަބަބުން ކަންކަން ބޮއްސުންލައިގެން ދިޔައިމާ، އެކަމަކުގެ ޒިންމާ ނަގަން ޖެހޭނީ އާންމު ރައްޔިތުންތޯ ވެސް ހުސެއިން ވަނީ ސުވާލު އުފައްދަވާފަ އެވެ. 

"ކޮންތާކުން ވީވީއައިޕީ ސެކިއުރިޓީ ކިޔެވީމަތަ އިދިކޮޅު އެއްވުމެއްގެ ތެރެއަށް ވީވީއައިޕީ ގޮވައިގެން ގޮސްވަންނަނީ. ޓްރެއިންގ އެކްސަސައިޒެއްގައި އުޅޭހެން ވީވީއައިޕީން ޕަބްލިކް އެއްވުމަކަށް ގޮވައިގެން ގޮސް ކަންތައްތައް ބޮއްސުންލީމަ އެއްވުމުގެ ބައިވެރިން ކުށްވެރިވޭތަ؟"

ކުރީގެ ކަމިޝަނާ އޮފް ޕޮލިސް ހުސެއިން ވަޙީދު 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް ސަޕޯޓަރުން ހުރަސް އެޅުމަކީ ސެކިއުރިޓީ ފެއިލްވުމެއް ކަމަށް ބަލައި އެމަނިކުފާނުގެ ސެކިއުރިޓީ ކަންތައްތަކުގައި އެންމެ އިސްކޮށް އުޅުއްވާ އެމްއެންޑީއެފްގެ ކޮމާންޑިން އޮފިސަރު ކާނަލް އަބްދުالله މުހައްމަދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އޭގެ އިތުރުން ރައީސް ޞާލިހުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ހޯދުމަށް މަޖިލީހުގެ 241 ކޮމެޓީއިން މައްސަލަ ދިރާސާ ކުރައްވަމުންދާއިރު، އެ މައްސަލައިގައި ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތާއިގުޅޭ ތަފްސީލީ މައުލޫމާތު ހޯދުމަށް، ސަލާމަތީ ބާރުތައް 241 ކޮމެޓީއަށް ހާޒިރުކުރަން ވަނީ ނިންމާފަ އެވެ. 

ކޮމެންޓް
އައްލާބެ
ހަތެއް ފެބްރުއަރީގައި ބަގާވާތްކުރީ ކޮންތާކުން ޓްރެއިނިންގް ހަދައިގެންތޯ.
22 Mar 2023
ގުޅޭ ލިޔުންތައް
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.