ރައީސް ޞާލިޙް، ރައީސް ނަޝީދު އަދި މިނިސްޓަރ ފައްޔާޒް
ހަބަރު
21 Mar 2023 | 23:47
ރައީސް ނަޝީދުގެ ތާއީދު މުހިންމު، ނުލިބުނަސް އިންތިޚާބު ކާމިޔާބު ކުރާނަން: ފައްޔާޒް

ރައީސް މުހައްމަދު ނަޝީދު ގެ ތާއީދު ރައީސް ޞާލިޙަށް މުހިންމު ނަމަވެސް ތާއީދު ނުލިބުނަސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

 ފައްޔާޒް މިހެން ވިދާޅުވީ ރައީސް ޞާލިޙް އެމަނިކުފާނުގެ އައު ކޯލިޝަނާއި އެކު ބޭއްވެވި ބައްދަލުވުމަށް ފަހު މީޑިއާ ތަކާއި ވާހަކަދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ތާއީދާއި ނުލައި އިންތިޚާބު ކާމިޔާބު ކުރެވޭތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދުގެ ތާއީދު ވަރަށްބޮޑަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ތާއީދު ނެތަސް އިންތިޚާބު ކާމިޔާބު ވާނެ ކަމަށެވެ.

ކޯލިޝަންގެ ބައްދަލުވުމަށް ފަހު ފައްޔާޒް ނޫސްވެރިންނާއި ބައްދަލުކުރެއްވުމުން ނޫސްވެރިން އެމްޑީޕީގައި އޮތް ބައިބައިވުމާއި ހިޔާލުތަފާތުވުންތަކާއި ގުޅޭގޮތުން   ސުވާލުކުރުމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީ އަކީ ވަރަށް މިނިވަން ޕާޓީއެއް ކަމަށާއި އެޕާޓީގެ މެމްބަރުންނަށް ވަރަށް މިނިވަން ކަމާއިއެކު ހިޔާލު ފާޅުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ލީޑަރޝިޕަށް އަމާޒުކޮށް ހިޔާލު ފާޅުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި ވަނީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ފަހަތުގައި ތިބި މެމްބަރުންނަށް ވިދާޅުވީ އެމްޑީޕީ އަނެއްކާވެސް މިދަނީ ކާމިޔާބާއި ދިމާއަށް ކަމަށާއި ބާކީވެ ވަޑައިނުގަތުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

ރައީސް ނަޝީދު "ފިކުރެއްގެ ދިރުން" ނަމުގައި ރެޖިސްޓަރީ ކުރެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ފެކްޝަނާއި މެދު ނޫސްވެރިން ވަނީ އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒް އިސްމާއިލާއި ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ.

އެގޮތުން ވަކި ފެކްޝަނެއް ހެދުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަމުން އެކަމުގައި ނަޝީދަށް ފިޔަވަޅު އަޅަން ކެރިވަޑައިނުގަންނަވަނީތޯ ސުވާލު ކޮށްފައިވެއެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ނަޝީދަކީ އެމްޑީޕީ އުފެއްދުމާއި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމުން އެމަނިކުފާނަށް ވަރަށް ބޮޑު އިހްތިރާމެއް އެބައޮތް ކަމަށެވެ. ޕާޓީގެ އުސޫލުތަކާއި ހިލާފަށް ނަޝީދު ބައެއް ކަންކަން ނުކުރެއްވި ނަމަވެސް ފަހަތަށް ޖެހިލައި ހުންނެވީ ބިރުން ނޫން ކަމަށާ ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އެ ހާލަތުގައި ކޮންމެ ބޭފުޅަކަށްވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ވަކި ފެކްޝަނެއް އުފެއްދުމަކީ އެމްޑީޕީގެ އަސާސީ ޤަވައިދާއި ޚިލާފުކަމެއް ނަމަވެސް ރައީސް ނަޝީދު ގެ ސަޕޯޓަރުންނާއި އެމަނިކުފާނުގެ ޓީމުން ދަނީ އެފެކްޝަން އުފައްދައި މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ތައް ބާރު މިނުގައި ކުރަމުންނެވެ.

،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.