ބިންހެލުމުގެ އަސަރު ކުރި ސަރަހައްދުގައި މީހުން ކޮޅުކޮޅު މައްޗަށް ދުވަނީ/ ޕާކިސްޠާން
ހަބަރު
22 Mar 2023 | 16:00
ޕާކިސްޠާނުގެ ހުޅަނގު އުތުރަށް ބިންހެލުމެއް އައިސް 13 މީހުން މަރުވެއްޖެ

އަވައްޓެރި ޕާކިސްޠާނުގެ ހުޅަނގުއުތުރަށް ބިންހެލުމެއްގެ އަސަރުކޮށްފިއެވެ.

6.5 މެގްނެޓިޔުޓްގެ ބާރު މިނުގައި އައި މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޕާކިސްޠާނުގެ ޚައިބަރް ޕަކްތޫންވާ ޕްރޮވިންސަށެވެ. ބިންހެލުމާއި ގުޅިގެން މިހާތަނަށް 13 މީހަކު ވަނި މަރުވެފައެވެ. ޕާކިސްޠާނުގެ އަވައްޓެރި އަފްޣާނިސްޠާނުންވެސް 4 މީހަކު ވަނީ މަރުވެފައި ކަމަށް އެޤައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ޔުނައިޓެޑް ސްޓޭޓަސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވަނީ ބިންހެލުން އައިސްފައިވަނީ އަފްޣާނިސްޠާނު ގެ އިރުދެކުނުގައި އޮންނަ ޖުރުމް ޓައުން އާއި ތަޖަކިސްޠާން އަދި ޕާކިސްޠާނަށް ވެސް ބިންހެލުމުގެ އަސަރުކޮށްފައިވާކަމަށެވެ.

ބިންހެލުންއައި ވަގުތު ޕާކިސްޠާނުގެ ހާލަތު ކިޔައިދެމުން ޕާކިސްޠާނުގެ ލިޔުންތެރިއަކު އަލްޖަޒީރާއަށް ބުނެފައިވަނީ ބިންހެލުން އައި ވަގުތު އޭނާ ހުރީ ގެއަށްބޭނުންވާ ބައެއް ސާމާނު ގަތުމަށް ފިހާރައެއްގައި ކަމަށެވެ. އަދި އެތަނުގައި ހުއްޓައި ބިންގަނޑު ހެލޭ ކަމުގެ އިހްސާސު ކުރެވުނު ކަމަށެވެ.

"ފިހާރައިގެ ވެރިމީހާ އަހަރެން ފިހާރައިގައި ހުއްޓައި ހަޅޭއްލަވަން ފެށީ، ބިންހެލުމެއް! އަހަރެމެން އެންމެން ދުވެފަ މަގުމައްޗަށް ނުކުތީ" ލިޔުންތެރިޔާ މުޙައްމަދު ޒުބައިރް ޚާން ބުނިއެވެ.

ޒުބައިރް ބުނެފައިވަނީ ބިންހެލުމުގެ އިހްސާސް ކުރެވުމާއި އެކު މަގުމައްޗަށް ނުކުތްއިރު މީހުންތައް ހަރުއަޑުން ދުޢާ ކުރާ އަޑު އިވޭ ކަމަށާއި، އެހީތެރިކަމެއް ލިބޭތޯ އެންމެ ކައިރީގައި ހުރި ހޮސްޕިޓަލާއި ދިމާއަށް ދުވަމުން ދިޔަކަމަށެވެ.

2005 ވަނަ އަހަރު ވެސް ޕާކިސްޠާނަށް އައި ބިންހެލުމެއްގައި 73،000 މީހުން މަރުވެފައިވެއެވެ.

ޕާކިސްޠާނުގެ އޮފިޝަލުން ބުނެފައިވަނީ ޚައިބަރު ޕްރޮވިންސުގެ އެކި ހިސާބުތަކުން ނުވަ މީހަކާއި ދެ ކުޑަ ކުއްޖަކު މަރުވެފައިވާކަމަށެވެ. އަދި 47 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.