ވިލާމާޓުން ތާޒާ މެވާ އާއި ތަރުކާރީ ލިބޭނެ
ވިޔަފާރި
22 Mar 2023 | 18:52
ރޯދަޔަށް ތާޒާ މޭވާ އާއި ތަރުކާރީ ގަންނަން ވިލާ މާޓު

ރޯދަމަހަށް ބޭނުންވާ ތާޒާ މޭވާޔާއި ތަރުކާރީ ވިލާ މާޓުގެ ހުރިހާ ރީޓެއިލްސް ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް ވިލާ މާޓުން ބުނެފިއެވެ.

 އެގޮތުން މިވަގުތު ވިލާ މާޓުތަކުގައި ޕެއާސް، ސްޓްރޯބެރީ، ކިވީ، ގްރޭޕްފްރޫޓް، އަދި މެންޑަރިން ފަދަ ރަހަމީރު މޭވާތައް ލިބެން ހުންނާނެ ކަމަށް އެފިހާރައިން ވަނީ ބުނެފައެވެ. ވިލާ މާޓުން ލިބެން ހުންނާނެ ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ބެލް ޕެޕަރސް، ޗެރީ ޓޮމާޓޯ، ރެޑް ކެބެޖް، ޗައިނީސް ކިއުކަމްބާ، ސްޕްރިންގ އަނިއަންސް، ލީކްސް، ރެޑިޝްސް، އަދި ބަށި ފަދަ ތަކެތި ވެސް ހިމެނެއެވެ.

 ވިލާ މާޓުގެ ކަސްޓަމަރުންނަށް ތަފާތު ވައްތަރުގެ އުފެއްދުންތައް ލިބޭނެ ގޮތް ހެދުމަކީ ވިލާ ޓްރޭޑިންގެ ބޮޑު އަމާޒު ކަމަށް އެކުންފުނިން ބުނެއެވެ. އަދި ދުޅަހެޔޮ ދިރިއުޅުމެއް ދެމެހެއްޓުމަށްޓަކައި ރޯދަ ވީއްލާ ގަޑީގައި ތާޒާ މޭވާއާއި ތަރުކާރީ ހިމެނުމަކީ ވިލާ ޓްރޭޑިންގްންއިން އިސްކަމެއްދޭ ކަމެއް ކަމަށާއި އަދި އެކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އެންމެ މަތީ ފެންވަރުގެ އުފެއްދުންތައް ފޯރުކޮށްދިނުން ކަމަށް ވިލާ ޓްރޭޑިންގ އިން ބުނެއެވެ.

އެގޮތުން ހަފްތާއަކު ދެ އެއާ ފްރެއިޓް ޝިޕްމަންޓް ސީދާ ވިލާ މާޓުގެ ރީޓެއިލް އައުޓްލެޓްތަކަށް ގެންނަ ކަމަށާއި ތާޒާ އުފެއްދުންތަކުގެ އިތުރުން ފެންވަރު ރަނގަޅު ކާނާއާއި ބުއިންތައް ފުޅާ ދާއިރާއެއްގައި ވިލާ މާޓުން ފޯރުކޮށްދޭ ކަމަށް ވިލާ އިން ބުނެއެވެ.

www.villmart.mv  އިން އޮންލައިންކޮށް އޯޑަރު ކޮށްލައިގެން ވެސް ވިލާ މާޓުތަކުން ލިބެން ހުންނަ ތަކެތި ލިބޭނެ ކަމަށްވެސް  ވިލާ މާޓުން ބުނެއެވެ. މިގޮތަށް ބައްލަވައިގަންނަ ހުރިހާ ތަކެއްޗެއްވެސް ގޭގެ ދޮރުމައްޗަށް ވިލާ މާޓުން ޑެލިވާރ ކޮށްދޭނެއެވެ.

އަދި މީގެ އިތުރުން ވިލާ މާޓު އެޕް ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕް ސްޓޯރ އިން ޑައުންލޯޑް ކުރެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.