އެލައިޑް އިންޝިއުރެންސް ކޮމްޕެނީ
ހަބަރު
23 Mar 2023 | 22:43
ރޯދަ ޕްރޮމޯޝަނާއި އެކު އެލައިޑާއި އަޔާދީގެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން އޮންލައިންކޮށްފި

ރޯދަ ޕްރޮމޯޝަނާއި އެކު އެލައިޑް ކުންފުންޏާއި އެކުންފުނީގެ ދަށުން ހިންގާ އަޔާދީގެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން ގެ ޚިދްމަތް އޮންލައިކޮށް ހޯދޭނެ ގޮތް ހަދައިފިއެވެ.

އެލައިޑް އިންޝިއަރެންސާއި އަޔާދީ އިން ދޭ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން އަކީ އެއްގަމު އުޅަނދުފަހަރަށް ހާއްސަ މޮޓޯ އިންޝުއަރެންސް އެކެވެ. އެޕްލޭންގެ ދަށުން މަގުމަތީގައި ދިމާވާ ހާލަތެއްގެ ސަބަބުން އުޅަނދަށާއި އޭގެ ވެރި ފަރާތަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. އެގޮތުން ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުންފުނި؛ އެލައިޑު އިންޝުއަރަންސަށް ލިބިފައިވާ ލިބިފައިވާ ތަޖުރިބާގެ އަލީގައި މޮޓޯ އިންޝުއަރަންސްގެ 2 ހިދުމަތެއް އަންނަނީ ފޯރުކޮށްދެމުންނެވެ.

އެއީ ސަރުކާރުން ލާޒިމްކުރާ  "ތަރޑް ޕާޓީ މޮޓޯ" އަދި "ކޮމްޕްރިހެންސިވް މޮޓޯ" ޕްލޭނެވެ.

”ތަރޑް ޕާޓީ މޮޓޯ" ޕްލޭނަކީ އެކްސިޑެންޓެއްގެ ސަބަބުން ތިންވަނަ ފަރާތަށާއި އެފަރާތުގެ އުޅަނދަށް ލިބޭ ގެއްލުން ކަވަރުކުރާ އޮންލައިންކޮށްވެސް ނެގޭ ޕްލޭނެއް ކަމަށް އެލައިޑުން ބުނެއެވެ.

މިއާއި ހިލާފަށް، ފުލް ކަވަރޭޖް (އަމިއްލަ ނަފްސާއި ވެހިކަލް އަދި ތިންވަނަ ފަރާތާއި ވެހިކަލް) ހިމެނޭ "ކޮމްޕްރިހެންސިވް މޮޓޯ" ޕްލޭން ފޯރުކޮށްދެމުން އައީ އެލައިޑުގެ ހިދުމަތް ފޯރުކޮށްދޭ އޮފީސްތަކުންނާއި ކައުންޓަރުތަކުންނެވެ. އެހެންނަމަވެސް، މިއަހަރުގެ ރޯދަ ޕްރޮމޯޝަނާއި އެކު ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންގެ ހިދުމަތްވެސް ޑިޖިޓަލައިޒް ކުރެވި "މައި އެލައިޑް" ޕޯޓަލްއިން އޮންލައިކޮށް ނެގޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިފައި ކަމަށް އެލައިޑުން ބުނެއެވެ.

ރޯދަ މަހުގެ ނިޔަލަށް ކުރިޔަށްދާ މިޕްރޮމޯޝަންގެ ތެރެއިން "މޮޓޯ ކޮމްޕްރިހެންސިވް" ޕްލޭން ނަންގަވާ އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް ހިލޭ ހެލްމެޓެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެލައިޑުން ބުނެއެވެ.

އެލައިޑް އިންޝުއަރަންސުން މައުލޫމާތު ދެއްވާ ގޮތުގައި މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް އޮންލައިން ކުރުމުގެ ފަހަތުގައިވަނީ، އެކުންފުނީގެ އެއް އަސާސްކަމުގައިވާ "ކަސްޓަމަރ ސެންޓްރިސިޓީ" އަށް އަހައްމިއްޔަތުކަން ދޭ މިންވަރެވެ. އެގޮތުން ކަސްޓަމަރުން އިންޝުއަރަންސްގެ ހައްލު ހޯދުމަށް ފަސޭހަ، އިނޮވޭޓިވް ސޮލިއުޝަންސް ފޯރުކޮށްދިނުމަކީ އެކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމެއް ކަމުގައި އެލައިޑުން ފާހަގަ ކުރެއެވެ.

އެލައިޑް އޮންލައިން ޕޯޓަލް "މައި އެލައިޑުން" މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް ތައާރަފުކުރުމުގެ ގޮތުން، ޕްލޭން ވަގުތުން ނެގޭނެ އިންތިޒާމް މިވަގުތު ހަމަޖައްސާފައިވަނީ 40،000 – 100،000 ރުފިޔާއާއި ދެމެދުގެ އަގުތަކުގައި ބައްލަވައިގަނެ، ބޭނުންކުރަމުންދާތާ 5 އަހަރު ނުވާ ސައިކަލުތަކަށް ކަމަށް އެލައިޑުން ބުނެއެވެ. އަދި އެހެނިހެން އުޅަނދުތަކަށް އޮންލައިންކޮށް ކޮމްޕްރިހެންސިވް ޕްލޭން ނެގުން ހަމަޖެހިފައިވަނީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ޕްރޮސެސް ފުރިހަމަކުރެއްވުމުން، އެލައިޑުން އެޕްލިކޭޝަންގެ ސައްހަކަން ވެރިފައި ކުރުމަށްފަހު ފޮނުވާލާ ޕޭމަންޓް ލިންކްގެ ތެރެއިން ފައިސާ ދެއްކުމުންނެވެ.

https://myallied.mv/type/motor-comprehensive-allied

މިއީ ކަސްޓަމަރުންގެ އަގުހުރި ވަގުތު ސަލާމަތްކުރުމާއި އެކު ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ފަސޭހަ މަގެއް ކަމުގައި އެލައިޑުން ބުނެއެވެ.  އެގޮތުން އެލައިޑް އިންޝުއަރަންސާއި އެކުންފުނީގެ އިސްލާމިކް ވިންޑޯ' އަޔާދީ ތަކާފުލްއިންވެސް ހިދުމަތް ހޯއްދެވޭނެކަމުގައި އެލައިޑުން މައުލޫމާތު ދެއެވެ.


އަދި މިހިދުމަތް އޮންލައިންކޮށް ހޯދުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އެއް ކަމަކީ، ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ނަމުގައި ޕްލޭން ނަގާ، ފޯރުކޮށްދޭ މައުލޫމާތުގެ ސައްހަކަން ޔަގީންކުރުން ކަމުގައި އެލައިޑުން ފާހަގަކުރެއެވެ. މިހިދުމަތް ހޯދުމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އެލައިޑްގެ ހޮޓްލައިން 1600އަށް ގުޅުއްވުމަށް އެލައިޑުން އިލްތިމާސްކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.