ހޯޕް ޖަމިއްޔާގެ ފަރާތުން ހިލޭ ބަހާ ކާޑު ބެހުމުގެ މަސައްކަތް ކުރިއަށް ދަނީ/ ފޮޓޯ: އުކުޅަސް ހޯޕް
ހަބަރު
24 Mar 2023 | 05:20
އުކުޅަހު ހޯޕް ޖަމިއްޔާއިން އެރަށުގެ ރައްޔިތުންނަށް ހިލޭ ކާޑު ބަހަނީ

އއ އުކުޅަހުގައި ހިންގާ އުކުޅަސް ހޯޕް ޖަމިއްޔާގެ ފަރާތުން، ރަމަޟާން މަހާއި ދިމާކޮށް އެރަށުގެ ރައްޔިތުންނަށް ހިލޭ ހަނޑޫ، ހަކުރު އަދި ފުށް ބަހަމުންދާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

އުކުޅަހު ހޯޕްގެ ފަރާތުން "ވޮއިސް" އަށް މައުލޫމާތު ދެމުން އަހްމަދު ފަޔާޒް ބުނީ ރަމަޟާން މަހާއި ގުޅުވައިގެން ރަށުގެ ރައްޔިތުންނަށް މިގޮތަށް އެހީތެރިކަން ފޯރުކޮށްދޭތާ 5 ވަރަކަށް އަހަރުވެދާނެ ކަމަށެވެ. އަދި މިވާހަކަ ކުރިން ނުދެކެވި ދިޔައީ މިކަމަކީ ފަޔާޒް އާއި އޭނާގެ ބައެއް ރަޙްމަތްތެރިން ފަރުދީ ގޮތުން ކުރިކަމެއް ކަމަށެވެ. ނަމަވެސް އުކުޅަސް ހޯޕް ގެ ނަމުގައި ޖަމިއްޔާ ރަޖިސްޓްރީ ކޮށް މިހާރު އެކަން ކުރާތާ ދެ އަހަރުވެއްޖެ ކަމަށެވެ.

ފަޔާޒް ބުނީ މިކަމަކީ ރަމަޟާން މަހު އުކުޅަހު ރައްޔިތުންނަށް އެކި ދިމަދިމާއިން ލުއި ކޮށްދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

ފަޔާޒް ބުނީ ފުރަތަމަ މި ކަންފަށައިގަތް އިރު ބާޒާރުގައި އަގު ބޮޑު ކޮށް ހުންނަ ތަކެތި ގަނޑުކޮށް ނަގައި ރައްޔިތުންނަށް އަގުހެޔޮކޮށް ވިއްކި ކަމަށެވެ. އެގޮތުން ބާޒާރުގައި 10ރުފިޔާ އަށް ފިޔާ ހުރިއްޔާ 5 ރުފިޔާ އަށް ފިޔާ ކިލޯ ވިއްކި ކަމަށާއި، އެގޮތަށް މަސައްކަތް ކުރަމުން ގޮސް މިހާރު ހަނޑޫ، ހަކުރު އަދި ފުށް ހިލޭ ދޫކުރަމުން ދާކަމަށެވެ.

މިއަހަރު ހިލޭ ކާޑުގެ ބާވަތްތައް ދޫކުރާއިރު ކޮންމެ ބޮލަކަށް 8 ކިލޯގެ މަގުން ދޫކުރަމުން ދާކަމަށް ފަޔާޒް ބުންޏެވެ. އެގޮތުން 3 ބާވަތް ހިމެނޭހެން މިވަގުތު އުކުޅަހުގައި ހުރި ކޮންމެ ރަށެއްގެ ކޮންމެ މީހަކަށްވެސް 8 ކިލޯ ކާޑު ދޫކުރާނެ ކަމަށެވެ. ފަޔާޒް ބުނީ އެ ގޭބިސީއަކުން ބޭނުންވާ ބާވަތެއް އެގޭބިސީގައި ހިމެނޭ މީހުންގެ މިންވަރުން ދޫކުރާނެ ކަމަށެވެ.

ފަޔާޒް ބުނީ މި ކަމުގެ އިތުރުން ރަމަޟާން މަހާއި ގުޅިގެން ކުޑަކުދިންގެ ހިތްތަކުގައި ޞަދަޤާތް ދިނުމަށް ލޯބި ޖެއްސުމުގެ މަޤްސަދުގައި ގޭތެރޭގައި ހިފައި ގެންގުޅޭ ތަކެތި އެކުލެވޭހެން ހަދިޔާ ބަންދުކޮށް ރަށުން ފާހަގަ ކުރެވިފައިވާ ވަކިވަކި ޢާއިލާތަކަށް އެކުދިން މެދުވެރިކޮށް އެހަދިޔާ ތައް ހަވާލުކުރެވޭނެ ކަމަށެވެ.

ފަޔާޒް ބުނީ މިފާއިތުވި އަހަރުތަކުގެ ތެރޭގައި މިކަން ކަމަށް ލައްކައިން ޚަރަދު ކުރެވިފައިވާކަށެވެ. އަދި މިފަދަ ކަންކަން އިންތިޒާމް ކޮށް އެކަންކަން ކުރެވެމުންދާ ކަމަށްޓަކައި އުފާ ކުރާކަމަށެވެ.

އޭނާ އިތުރަށް ބުނީ ރަމަޟާން މަހަށް ޚާއްސަ ކޮށްގެން މިހިންގޭ ޕްރޮގްރާމް ތަކާއި ރަށުގައި ބޭއްވޭ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމް ތަކަކޯ ރަށުގެ ރައްޔިތުންނަށް ހެޔޮ އެދޭ އެރައްޔިތުން ދެކެ ހަޤީޤީ ލޯބި ވާ ފަރާތްތަކުގެ ހެޔޮ އެދުންތަކާއި އެކު ހިންގޭ ޕްރޮގްރާމް ތަކެއް ކަމަށާއި، އަބަދުވެސް އެބޭފުޅުންގެ އެހީތެރި ކަމަށްޓަކައި ޝުކުރުވެރި ވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.