ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ކުޅިވަރު
24 Mar 2023 | 01:23
ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ރޮނާލްޑޯއަށް!

ޔޫރޯ ކޮލިފައިންގައި މިރޭ ލިޗެންސްޓައިން އާއި ދެކޮޅަށް ޕޯޗުގަލްގެ ފުރަތަަމަ އެގާރައިގައި ރޮނާލްޑޯ ކުޅެން ނުކުތުމާއި، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރޮނާލްޑޯއަށް އަނެއްކާވެސް އިތުރު ރެކޯޑެއް ލިބިގެން ހިނގައްޖެ އެވެ.

އެގޮތުން މިފަހަރު ރޮނާލްޑޯއަށް ލިބިގެން ދިޔަ ރެކޯޑަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑެވެ.

އޮގަސްޓް 20، 2003 ގައި ރޮނާލްޑޯ އެންމެ ފުރަތަމަ ޕޯޗުގަލްގެ ޖާޒީގައި ކުޅެން ނުކުތްއިރު، މިރޭ ލިޗެންސްޓައިން އާއި ދެކޮޅަށް ކުޅެން ނުކުތުމުގެ ކުރިން އޭނާ އެންމެ ފަހުން ގައުމީޓީމަށް ކުޅުނު މެޗަކީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ގަތަރު ވޯލްޑް ކަޕުގައި މޮރޮކޯއާއި ދެކޮޅަށް ކުޅުނު މެޗެވެ.

މިއާއެކު ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް 196 ކުޅެގެން ކުވައިތުގެ ބަދަރު އަލް މުތާވާ ހަދާފައިވާ ރެކޯޑާއި އަރާހަމަކޮށްފައެވެ. ގައުމީ ޓީމަށް 196 މެޗު ކުޅެދީފައިވާ ބަދުރު އަލް މުތާވާ އެންމެ ފަހުން ކުވައިތުގެ ގައުމީ ޓީމަށް މެޗެއް ކުޅެދީފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.

ޔޫރޯ ކޮލިފައިންގައި މިރޭ ލިޗެންސްޓައިން އާއި ދެކޮޅަށް ޕޯޗުގަލްގެ ފުރަތަަމަ އެގާރައިގައި ރޮނާލްޑޯ ކުޅެން ނުކުތުމާއި އެކު އޭނާ ގައުމީ ޓީމަށް ކުޅުން މެޗުގެ އަދަދު ވަނީ 197 އަށް އަރާފައެވެ.

މިއާއެކު މިވަގުތު ރޮނާލްޑޯގެ ފުރަތަަމަ ޓާގެޓަކަށް ވެގެންދާނީ ގައުމީ ޓީމަށް 200 ހާމަކުރާ ފުރަތަމަ ކުޅުންތެރިއާގެ ޝަރަފް ހޯދުމެވެ. އަދި އެއަށް ފަހު 2024 ވަނަ އަހަރުގައި ޖަރުމަންވިލާތުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުމަކީ ރޮނާލްޑޯގެ ހުވަފެނެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.