އިގިރޭސި ކެޕްޓަން ހެރީ ކޭން
ކުޅިވަރު
24 Mar 2023 | 02:43
ކޮލިފައިންގެ ފުރަތަަމަ މެޗުން އިގިރޭސިން މޮޅުވިއިރު، ރޫނީގެ ރެކޯޑް ހެރީ ކޭން މުގުރާލައިފި!

ޔޫރޯ 2024، ކޮލިފައިންގައި މިރޭ ރަށުން ބޭރުގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އިގިރޭސިވިލާތުން 2014 އަހަރުގެ ފަހުން ފުރަތަަމަ ފަހަރަށް އިޓަލީގެ މައްޗަށް ކުރިހޯދައިފިއެވެ.

މެޗުގެ ފުރަތަަމަ ހާފުގައި އިގިރޭސި ޓީމުން ދެލަނޑު ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަމަ ލަނޑު 13 މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސްޓު ގޭމްގެ މިޑްފީލްޑަރު ޑެކްލަން ރައިސް އެވެ. އަދި ފުރަތަަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ.

މިއާއެކު ހެރީ ކޭންއަށް ވަނީ އިގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފު ލިބިފައެވެ. ކުރިއަށް މި ރެކޯޑް އޮންނަނީ އިގިރޭސި ގައުމީ ޓީމަށް 120 ކުޅެގެން 53 ލަނޑު ކާމިޔާބުކޮއްފައިވާ ވޭން ރޫނީގެ އަތުގައެވެ. މިރޭގެ މެޗުގައި ކާމިޔާބުކުރި ލަނޑާއެކު އިގިރޭސި ގައުމީ ޓީމަށް ކުޅުނު 81 ކޭން ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 54 އަރާފައެވެ.

ދެވަަނަ ހާފްގައި އިޓަލީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް 56 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް މަޓީއޯ ރެޓެގުއި އެވެ. މިއީ އެޓީމުގެ ލޮރެންޒޯ ޕެލެގްރިނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފަހު ހާފުގެ 80 ވަނަ މިނެޓުގައި އިގިރޭސި ޑިފެންޑަރު ލޫކް ޝޯއަށް ރެފްރީ ދެވަަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުން މެޗުގެ ފަހު 10 މިނެޓު އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.