ހަބަރު
24 Mar 2023 | 13:30
ފޭރާމާއި ހިފާ ގެންގުޅޭ ތަކެތި ހިސާބަށްވުރެ ގިނަކުރުމަކީ ވެސް އިސްރާފު ކުރުން: ޚުތުބާ

ފޭރާމާއި ހިފާ ގެންގުޅޭ ތަކެތި ހިސާބަށްވުރެ ގިނަކުރުމަކީ ވެސް އިސްރާފު ކުރުން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

އިސްރާފު ކުރުމަކީ ނިޢުމަތް ތަކަށް ކުފުރުވުން މައުޟޫއަށް މިއަދު އިއްވާފައިވާ ޚުތުބާގައިވަނީ އިސްރާފު ކުރުމުގެ ނުބައި ކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. 

އެގޮތުން، ރަމަޟާން މަހަކީ ސަވާބާއި ދަރުމައިގެ މަގުތައް ހުޅުވިފައިވާ މަތިވެރި މައްސަރެއް ނަމަވެސް ބައެއް މުސްލިމުންގެ ތެރޭގައި އެމަސް ވެފައިވަނީ ކާބޯތަކެތީން އިސްރާފުކުރުން ގިނަ މަހަކަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

އަދި އެއްވެސް މަހެއްގައި އިސްރާފު ކުރުމަކީ މާތްالله ރުހިވޮޑިގެންވާ އަމަލެއް ނޫން ކަމުގައި ވިޔަސް މިއަދު އިންސާނުންނާއި ކުރިމަތިވެފައިވާ އިޖްތިމާއީ ބަލިތަކުގެ ތެރޭގައި އިސްރާފުކުރުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ތަނަވަސްތަކާމާއި އިސްރާފުކުރުމަކީ ގުޅިފައިވާކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބައެއްގެ މައްޗަށް ތަނަވަސްކަން އަތުވެއްޖެނަމަ އިސްރާފުކުރުމުގެ ދޮރުތައް ހުޅުވިގެން ހިނގައިދާނެ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ. 

ޚުތުބާގައި ބުނީ ކާބޯތަކެތީގެ ބޭނުން ހެޔޮގޮތުގައި ނުކޮށް، އޭގެ ހައްގު އަދާނުކޮށް އެ ތަކެތި ގުދަންކޮށްފައި ބެހެއްޓުމަކީ ވެސް އިސްރާފު ކުރުން ކަމަށެވެ. އަދި ފޭރާމާއި ހިފާ ގެންގުޅޭ ތަކެތި ހިސާބަށްވުރެ ގިނަކުރުމަކީ ވެސް އިސްރާފު ކުރުން ކަމަށެވެ.

މިއާއެކު ޚުތުބާގައި ވަނީ ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ މުދަލާއި ކާއެއްޗެހި އުކާނުލައި އެތަކެތި ބޭނުންކުރުމަށް އިސްލާމް ދީން ބާރުއަޅާ ކަން ފާހަގަކޮށ އެތަކެއްޗަކީ މާތް الله ގެ ނިއުމަތްތައް ކަމަށާއި މިތަކެތި އުކާލުމަކީ ނިއުމަތުގެ ވެރި ފަރާތަށް ޝުކުރު ނުކުރުން ކަމަށް ބުނެފައެވެ. 

އަދި ހަމައެހެންމެ، މިއަދު ފަސޭހައިން ލިބެން ހުންނަ ފެނާއި ކަރަންޓަކީ ވެސް އިސްރާފުކުރާ ދެ ނިއުމަތްކަމަށާ ފެނާއި ކަރަންޓާއި ކަރަންޓުން ހިންގާ އެހެނިހެން ތެކެތިން އިސްރާފުވައިރު، އޭގެ ސަބަބުން ފެނުގެ ބިލުތަކަށް އިތުރުވި ފައިސާއަކީ އިސްރާފެއް ކަމަށެވެ. އެއީ ބޭނުންތެރި އެހެން ކަމަކަށް ހަރަދު ކުރަން ހުރި ފައިސާ ކަމަށެވެ.

މީގެ އިތުރުން ބޭކާރު ކަންކަމުގައި ހޭދަކުރުމަކީ އިސްރާފު ކުރުން ކަން ފާގަކޮށް ޚުތުބާގައި ބުނީ އެކަންކަމަކީ އިސްލާމް ދީނުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި މުސްލިމުންގެ ގޮތަކީ ޙައްޤު ގޮތުގައި މުދާ އެއްކޮށް ބޭނުންތެރި ކަންކަމަށް ހޭދަ ކުރުން، ކަމަށާ މިއަދު އިސްރާފު ކުރަނީ ހަމަ އެކަނި މުއްސަދިންނެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. އެހެނީ އަތްމަތި ދަތި މީހުންވެސް، ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ކުރުމަށްޓަކައި ދަރަނި ނަގަމުންދާތަން މިހާރު ފެންނަކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މުސްލިމުންނަކީ ލިބޭ އެއްޗަކުން ފުއްދާލައިގެން ދިރިއުޅޭ ބައެއް ކަމަށެވެ. 

"އިސްރާފު ނުކުރުމަށް އަމުރުކުރައްވައި މާތް الله ވަޙީކުރައްވާފައިވެއެވެ. މާނައީ: އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފު ކުރަ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގަނެ ނުވެތެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.