އިސްލާމިކް މިނިސްޓްރީ އާއި ކޮންޓްރެކްޓަރ ފެޑޯ ޕްރައިވެޓާއި ދެމެދު އެއްބްސްވުމުގައި ސޮއިކުރެވުނު ރަސްމިއްޔާތު.ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ހަބަރު
24 Mar 2023 | 22:18
އައްޑޫގައި އިސްލާމީ މަރުކަޒެއް އަޅަން ބަޔަކާއި ހަވާލުކޮށްފި

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އައްޑޫ ސިޓީގައި އިސްލާމީ މަރުކަޒެއް އެޅުމަށް ބަޔަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ މިއަދު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ އަހްމަދު ޒާހިރުއެވެ. އަދި މި މަސައްކަތާއި ހަވާލުވި ކޮންޓްރެކްޓަރ ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒްއެވެ.

މިއީ އިސްލާމިކް މިނިސްޓްރީ އިން މާލެއިން ބޭރުގައި ޕްރޮޖެކްޓެއް ބަޔަކާ ހަވާލުކުރުމަށް ސޮއިކުރެވުނު ފުރަތަމަ ފަހަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ރާއްޖެ ތަރައްޤީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ވަރަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް އެބަ ގެންދެވޭ ކަމަށާއި ރާއްޖެއަށް އަންނަ ތަރައްޤީ  ދީނީ އިމާރާތްތަކުން ފެނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒުކަމަށެވެ. އެގޮތުން މިހާރު އިމާރާތްކުރެވޭ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގެ ޑިޒައިނަށް އައިސްފައިވާ ބަދަލު މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އައްޑޫސިޓީގައި އިސްލާމީ މަރުކަޒެއް ގާއިމްވެގެން ދިއުމަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެހެންކަމުން އުންމީދަކީ އެއްބަސްވުމުގައި ވާގޮތަށް ކޮންޓްރެކްޓަރ މި މަޝްރޫޢުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

2 ފަންގިފިލާއަށް ބިނާކުރެވޭ އައްޑޫސިޓީ އިސްލާމީ މަރުކަޒަކީ 1500 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. އަދި ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި 4 ކްލާސްރޫމާއި 2 ސެމިނަރ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ މި މަރުކަޒުގައި ހިމެނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތްކުރާ ސަރަހައްދަށް  ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ޒިޔާރަތްކުރައްވައި އެ ސަރަޙައްދު ބައްލަވާލައްވާފައި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވެއެވެ.

ކޮމެންޓް
ސާލިހް
ތިތާ އުޅޭ ކަނޑުކޮސް ކައުންސެލަރެއް ބުނި ހަނދާންވޭ ބެޓް ކޮއްފަ މިދައުރުގަ ތި އިސްލާމީ މަރުކކަޒުގަ ނަމަާދު ކުރާނެކަމަށް
24 Mar 2023
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.