އުރްދުޣާން އާއި ސަރުކާރުގެ އޮފިޝަލުން ރޯދަ ވީއްލުމުގައި ބައިވެރިވަނީ
ހަބަރު
25 Mar 2023 | 08:20
ބިންހެލުންތަކުގައި ހަލާކުވި ޢިމާރާތްތައް އަލުން ހެދުމުގެ މަސައްކަތް ތުރްކިޔޭގައި ފަށައިފި

ފެބްރުއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބިންހެލުންތަކުގައި ތުރްކިޔޭގެ ކަހްރަމްނަމަރާސް ޕްރޮވިންސްގައި ވެއްޓުނު ޢިމާރާތްތަކުގެ ބަދަލުގައި އައު އިމާރާތްތައް އެޅުމުގެ މަސައްކަތް ފެށުމަށް "ގްރައުންޑްބްރޭކިންގް" ހަފްލާ ބާއްވައިފިއެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ބޭއްވުނު މިހަފްލާގައި ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން އާއި ތުރްކިޔޭގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހަފްލާގައި ބައިވެރިވި ބިންހެލުމުގައި ހާލުގައި ޖެހި ކޮންޓެއިނާ ގެތަކުގައި ދިރިއުޅެމުންދާ މީހުންނާއި މުޚާތަބުކޮށް އުރްދުޣާން ވަނީ ވާހަކަފުޅުދައްކަވައިފައެވެ.

އުރްދުޣާން ވިދާޅުވީ ބިންހެލުން ތަކުގައި ހަލާކުވި ޢިމާރާތްތަކުގެ ބަދަލުގައި އައު ޢިމާރާތްތައް ނާޅާއި މަސައްކަތް ހުއްޓާލައިގެން ހުސްކޮށް ނުތިބޭނެ ކަމަށެވެ. އަދި ކެނޑި ނޭޅި ޢިމާރަތްތައް އަލުން އެޅުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އުރްދުޣާން ގޮވާލެއްވީ ކުރެވެމުންދާ ހިތްދަތި އިހްސާސްތައް އެކަނި ތަހައްމަލް ނުކޮށް އެއިން ސަލާމަތްވެ އަރައިގަތުމަށް އެހެން މީހުންނާއި ހިއްސާކުރުމަށެވެ. ރަމަޟާން މަހަކީ އެއްބައިވަންތަވެ އެކުވެރިވެ އުޅޭ މަހަކަށް ހެދުމަށެވެ.

މީގެ އިތުރުން ތުރްކިޔޭގެ އެކި ހިސާބުތަކުގެ މުނިސިޕަލް ތަކުން އިންތިޒާމް ކުރާ ރަމަޟާން މަހާއި ގުޅޭ ހަރަކާތްތައް ބިންހެލުން ތަކާއި ގުޅިގެން ގެއްލުންވި މީހުން ދިރިއުޅެމުންދާ ވަގުތީ ހިޔާތައް ހިމެނޭ ސަރަހައްދު ތަކުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

"އަހަރެމެން އަތުކުރި އޮޅާލައިފައި މިވަނީ 77،057 ޑިސާސްޓަރ ހައުސް އަދި 30،310 ވިލެޖް ހައުސް، ކަހްރަމަންމަރާސް ގައި ބިނާ ކުރުމަށް. އިމަރާތްތައް ބިނާ ކުރެވޭނީ ގެއްލުންލިބިފައިވާ މިންވަރު ދެނެގަތުމަށް ފަހު" އުރްދުޣާން ވިދާޅުވިއެވެ.

50،000 ހާ މީހުން ބިންހެލުން ތަކުގައި މަރުވެފައިވާއިރު ކަހްރަމަންމަރާސްއިން 12،307 މީހުން މަރުވެފައިވެއެވެ.

ގްރައުންޑްބްރޭކިން ރަސްމިއްޔާތާއި އެކު އުރްދުޣާން އާއި ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ކަހްރަމަންމަރާސްގެ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުންނާއި އެކު ރޯދަވީއްލުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.