މެލޭޝިޔާ މުބާރާތުގައި ބައިވެރިވި ބީޖީގެ އެކަޑަމީ ކުޅުންތެރިންތަކެއް މެޗަށް ނުކުތުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން
ކުޅިވަރު
25 Mar 2023 | 02:09
މެލޭޝިޔާ މުބާރާތުގައި ބައިވެރިވި ބީޖީގެ އެކަޑަމީ ޓީމުތައް އެނބުރި ރާއްޖެ އަތުވެއްޖެ!

މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި މި މަހުގެ 18 އިން 19 އަށް ކުރިއަށް ގެންދިޔަ ފުޓްބޯޅަ ފިއެސްޓާގައި ބައިވެރިވި ބީޖީގެ އެކަޑަމީ ޓީމުތައް އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

މެލޭޝިޔާ މުބާރާތާއި ބެހޭގޮތުން ވޮއިސް އެމްވީ އަށް މައުލޫމާތު ދެއްވަމުން ބީޖީގެ އެކަޑަމީ ހެޑް ކޯޗް އަބްދުﷲ ނަސީރު ބުނީ މިދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ. މީގެ ސަބަބުން މިކުދިންނަށް ވަރަށް ރަގަޅު ތަޖުރިބާތަކެއް ލިބިގެން ގޮސްފި ކަމަށެވެ.

މިދަތުރުގައި ބީޖީ އެކަޑަމީގެ ހަތަރު ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ 13 އަހަރުން ދަށުގެ 'އޭ' ޓީމާއި 'ބީ' ޓީމުގެ އިތުރުން 11 އަހަރުން ދަށުގެ ޓީމަކާއި 15 އަހަރުން ދަށުގެ ޓީމެކެވެ. ޖުމްލަ 42 ކުޅުންތެރިންނާއި 7 އޮފިޝަލަކު މިދަތުރުގައި ބައިވެރިވެފައިވާއިރު، ދަތުރުގެ ހުރިހާ ހަރަދުތަކެއް ހަމަޖައްސައިދިނީ ބެލެނިވެރިންނާއި އެކަޑަމީ ގުޅިގެން ކަމަށާއި މިފަދަ ކުޅުންތެރިންގެ ކުރިއެރުމާއި ގުޅުންހުންނަ ކަންކަމުގައި ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އަބޯ ކޯޗު ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން މުބާރާތުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ޕާފޯމަންސް އާއި ބެހޭގޮތުން އަބޯ ކޯޗު ބުނީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ހާއްސަކޮށް 13 އަހަރުން ދަށުގެ 'އޭ' ޓީމު އެ އުމުރު ފުރައިގެ ތިންވަނަ ހޯދި އިރު 26 ޓީމު ބައިވެރިވި 13 އަހަރުންދަށުގެ ބައިގައި 'ބީ' ޓީމު ވަނީ ހަތަރު ވަނަ ހޯދާފައެވެ.

ޖުމްލަކޮށް ހަތަރު ޓީމުގެ ކުޅުމާއި މެދުވެސް ހިތްހަމަޖެހޭ. މި މުބާރާތުގައި އެންމެ ބޮޑަށް އުދަގޫވީ ބޮޑު ދަނޑުގައި ކުޅެންޖެހުމުން މާލޭގައި އެކަޑަމީގެ ޕްރެކްޓިސް ކުރަން މިލިބެނީ ކުޑަތަންކޮޅެއް އޭގެ ސަބަބުން ބޮޑު ދަނޑެއްގައި ކުޅެންޖެހުމުން ކުޅުންތެރިންނަ އުދަގޫތަކެއް ކުރިމަތިވިކަމަށް އަބޯ ކޯޗު ބުންޏެވެ.

ފުޓްބޯޅަ އެކަޑަމީތަކުން ފުޓްބޯޅައިގެ އާޖީލެއް ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަދައްކަމުން އަބޯ ކޯޗު ބުނީ މި ފަދަ ފުރުސަތުތަކެއް ކުޅުންތެރިންނަށް ހޯދައިދިނުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. މިހާރު ވެސް ބައެއް އެކަޑަމީތަކުން މިފަދަ މުބާރާތްތަކުގައި ބައިވެރިވަމުން އަންނަނީ، އަބޯ ކޯޗު ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.