އެމްބާޕޭ ނެދަލޭންޑްސް ކޮޅަށް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
25 Mar 2023 | 03:02
ނެދަލޭންޑްސް އަތުން ފުރާންސްއަށް ފަސޭހަމޮޅެއް!

ޔޫރޯ 2024 ކޮލިފައިންގެ ގްރޫޕް ބީގެ ފުރަތަަމަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ވަރުގަދަ ނެދަލޭންޑްސް 4-0 ގެ ނަތީޖާއަކުން ބަލިކޮށް ފުރާންސް އިން ކޮލިފައިންގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ 8 މިނެޓު ތެރޭގައި ފުރާންސް އިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު ކެޕްޓަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެދުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެތްލެޓިކޯ މެޑްރިޑްގެ ފޯވާޑް ގްރިޒްމަން އެވެ. އަދި އޭގެ ހަމިނެޓު ފަހުން އެޓީމު ދެވަަނަ ލަނޑު ކާމިޔާބުކުރީ ބަޔާން މިއުނިކްގެ ޑިފެންޑަރު ދަޔޯޓް އަޕަމެކާނޯ އެވެ.

ފްރާންސްގެ ތިންވަނަ ލަނޑު ފުރަތަަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. މިއީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޗުއަމެނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ނެދަލޭންޑްސް އިންނެވެ. ނަމަވެސް އެންމެ ފަހުގެ ވޯލްޑް ކަޕުގައި ޕެނަލްޓީޖަހައިގެން ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވި ފުރާންސްގެ އެޓޭކްތައް ހުއްޓުވުމަށް ނެދަލޭންޑްސް އިން ފުރަތަަމަ ހާފުގައި ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީޖަހައިގެން އާޖެންޓީނާ އަތުން ބަލިވި ނެދަލޭންޑްސް އިން ދެވަނަ ހާފުގައި އެޓީމުގެ ކުޅުން ރަނގަޅުކޮށް ފުރާންސްގެ ފަހަތައް ބާރުބޮޑު ކުރަމުން ދަނިކޮށް ފުރާންސް އިން އިތުރު ލަނޑެއް ކާމިޔާބު ނަތީޖާގެ ފަރަގު ބޮޑުކޮށްފިއެވެ.

މި ލަނޑު ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރާންސްގެ ކެޕްޓަން ކަމާއި އަލަށް ހަވާލުވި ޕީއެސްޖީގެ ފޯވާޑް އެމްބާޕޭ އެވެ. އަދި މިއީ ގައުމީ ޓީމަށް ކުޅުނު 67 މެޗުގައި އެމްބާޕޭ ކާމިޔާބުކުރި 38 ވަނަ ލަނޑެވެ.

މިރޭގެ މެޗުގެ އިތުރު ވަގުތުގައި ނަތީޖާގެ ފަރަގު ކުޑަކޮށްލުމަށް ނެދަލޭންޑްސްއަށް ލިބުނު ޕެނަލްޓީ މެމްފިސް ޑިޕޭ ޕޮނުވާލުމުން ފްރާންސްގެ ކީއްޕަރު ވަނީ އެބޯޅަ ދިފާއުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.