އިސްލާމިކް މިނިސްޓްރީ މަޖިލީހުގެ ކޮމެޓީއަށް ޖަވާބުދާރީ ވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
26 Mar 2023 | 11:52
މިސްކިތްތައް މިހާރު އަޅަނީ ތަފާތު ޙާއްސަ ޑިޒައިންތަކަކަށް: ޑރ. ޒާހިރު

މިހާރު އަޅާ މިސްކިތްތަކަކީ ތަފާތު އަދި ޚާއްސަ ޑިޒައިންތަކަކަށް އެޅޭ މިސްކިތްތަކެއް ކަމަށް އިސްލާމިކް މިނިސްޓަރ އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޝޯގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ ކުރީގައި އަޅަމުން އައި މިސްކިތްތަކުގެ ޑިޒައިން ހުންނަނީ ވަކި ގޮތަކަށް ކަމަށާއި މި ސަރުކާރުން މިހާރު މިސްކިތްތައް އަޅަމުން ދަނީ ހާއްސަ ޑިޒައިން ތަކެއް ކުރަހާފައި ކަމަށެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މިސްކިތްތަކުގެ ޑިޒައިންތަކަށް ބަދަަލު ގެނެސް އަމާޒަކަށް ވެފައިވަނީ ކޮންމެ ރަށެއްގެވެސް މިސްކިތަކީ އެރަށެއްގެ ހުންނަ އެންމެ ރީތި އަދި އެންމެ ފުރިހަމަ އިމާރާތަށް ހެދުން ކަަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

"މިހާރު މިއަޅާ މިސްކިތް ވަރަށް ތަފާތު ވާނެ. ބަލައިލީމަ އިނގޭނެ މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ވެއްޖިއްޔާ 300 މީހުންގެ ޖާގައިގެ މިސްކިތެއްކަން. 500 ވެއްޖިއްޔާ 500 މީހުންގެ ޖާގއިގެކަން." މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ މިސްކިތްތައް ތައްޔާރު ކޮށްފައިވަނީ 3 ޑިޒައިންއަކަށް ކަމަށެވެ. އެއީ 300 މީހުންގެ މިސްކިތާއި 500 މީހުންގެ މިސްކިތާއި 700 މީހުންގެ މިސްކިތްތަކެއް ކަމަށެވެ.

މިއާއިއެކު މިސްކިތްތައް އަޅާނިމޭއިރު މި ހުރިހާ މިސްކިތެއްވެސް ހުންނާނީ އެސީކޮށް ސޯލާ ޕެނަލް ހަރުކޮށްފައި ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާއެވެ.

"ސަރުކާރުން ބޭނުންވި އެއްކަމަކީ ރާއްޖެއަށް އަންނަ ތަރައްޤީއާއި އެއްވަރަށް މިސްކިތްތަކުންވެސް އެކަން ފެނިގެން ދިޔުން." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމަށް ސިޓީތަކުގެ ތެރެއިން މާލެ ސިޓީއަށް 1 މިލިއަން ރުފިޔާ، އައްޑޫ ސިޓީއަށް 1 މިލިއަން ރުފިޔާ އަދި ފުވައްމުލަކު ސިޓީއަށާއި ކުޅުދުއްފުށި ސިޓީއަށް ވެސް ވަކި އަދަދެއް ކަނޑައެޅުމަށްފަހު އެފަރާތްތަކާއި ހަވާލު ކޮށްފައި ކަމަށެވެ.

އަދި ރަށްރަށުގެ މިސްކިތްތައް އާބާތުރަ ފިލުވުމަށްޓަކައި ކުރަމުން ދިޔަ މަސައްކަތްތަކުގެ ތެރެއިން ވެސް އެހީ ތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

"އެހެންވީމަ މިސްކިތްތައް ރަމަޟާން މަހަށް ތައްޔާރު ކުރުމުގެ ގޮތުން އަޅުގަނޑުމެންނަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިފައިވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.