ބްރެޒިލް އާއި މޮރޮކޯ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
26 Mar 2023 | 06:25
ވޯލްޑްކަޕްގައި މޮޅު ކުޅުމެއް ދެއްކި މޮރޮކޯ އިން ފީފާ ރޭންކިންގެ އެއްވަނައިގައި އޮތް ބްރެޒިލް ބަލިކޮށްފި!

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ އަމިއްލަ ދަނޑުގައި މޮރޮކޯ އިން މިވަގުތު ފީފާ ރޭންކިންގައި އެއްވަނައިގައި އޮތް ބްރެޒިލް ބަލިކޮށްފި އެވެ.

މޮރޮކޯގެ އިބުނި ބަޠޫޠާ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ނިމިދިޔަ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ހަތަރުވަނަ ހޯދި މޮރޮކޯ އިން މީގެކުރިން ބްރެޒިލް އާއި ދެކޮޅަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. އެމެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބްރެޒިލް އެވެ.

 ވަނަ އަހަރު ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިދެޓީމު ވާދަކުރި މެޗުގައި ބްރެޒިލްގެ އޭރުގެ ތަރިން ކަމަށްވާ ރޮނާލްޑޯ، ރިވާލްޑޯ އަދި ބެބޭޓޯގެ ލަނޑުތަކުން ބްރެޒިލް އިން ފަސޭހަކަމާއި މޮރޮކޯގެ މައްޗަށް ކުރި ހޯދި ނަމަވެސް މިރޭގެ މެޗުގައި ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.

މިރޭގެ މެޗު ފެށުނީއްސުރެ ނިމެންދެން މެޗު ޑޮމިނޭޓުކުރީ މޮރޮކޯއިންނެވެ. މޮރޮކޯގެ ވަރުގަދަ ފިޒިކަލް ކުޅުމުގެ ސަބަބުން ބުރެޒިލްގެ ކުޅުންތެރިންނަށް މި މެޗުގައި އެކަށީގެންވާ ކުޅުމެއް ދެއްކޭގޮތެއްނުވި އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ބްރެޒިލްގެ ވިނީޝިއަސް ޖޫނިއަރ ލަނޑެއް ކާމިބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އަދި އޭގެ ތިން މިނެޓު ފަހުން މޮރޮކޯ އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ.

މި ލަނޑު ފުރަތަަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސޮފިއާން ބޫފަލް އެވެ. މިއީ ބްރެޒިލްގެ ފަހަތައް ކުޅޭ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެޓީމުގެ ބިލާލް އަލް ޚާންނޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަަނަ ހާފްގައި ބްރެޒިލްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ މިރޭގެ މެޗުގައި އެޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މެންޗެސްޓަރ ޔުނައިޓެގެ މިޑްފީލްޑަރު ކަސަމީރޯ އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ލޫކަސް ޕަކުއޭޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މޮރޮކޯގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗުގައި މޮރޮކޯ އިން ދެވަަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި އެޓީމުގެ މިޑްފިލްޑަރު ޢަބްދުލްޙަމީދު ޞަބީރީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އެޓީމުގެ ފޯވާޑް ވަލީދު ޗެޑިރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ މޮރޮކޯގެ ތާރީޚްގައި ފުރަތަމަފަހަރަށް ބްރެޒިލްގެ މައްޗަށް ކުރި ލިބިގެންވެ.

މިއީ އެފްރިކާ ޓީމެއްގެ އަތުން ބުރެޒިލް ބަލިވި ދެވަނަ މެޗެވެ. މީގެ ކުރިން އެފްރިކާގެ ގައުމެއްގެ އަތުން ބުރެޒިލް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ނިމިގެންދިޔަ ގަތަރު ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖު ފަހު މެޗުގައި ކެމަރޫން އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.