ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: ވޮއިސް
ހަބަރު
26 Mar 2023 | 21:03
53 މިލިއަން ދައްކަން ރައީސް ޔާމިނަށް އެންގި މައްސަލައިގެ އިސްތިއުފާނު ބަލައިގެންފި

ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމުގައި 53 މިލިއަން ރުފިޔާ 6 މަސް ދުވަސްތެރޭ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުުރު، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބަލައިގެންފި އެވެ. 

އެ މައްސަލަ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާކަން ހައިކޯޓުން ވަނީ ޔަގީންކޮށްދީފަ އެވެ. 

އެ ފައިސާ ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމިންގެ މައްޗަށް އަމުރުކޮށްފައިވަނީ ފެބުރުއަރީ މަހުގެ 26 ގަ އެވެ. 

ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން އެދުނީ ލޯންޑާކުރި އެއް މިލިއަން ޑޮލަރުގެ އިތުރުން އެ ފައިސާއަށް އެއްކޮށްފައިވާ 2.4 މިލިއަން ޑޮލަރާއި އަދި އޭގެއިން އިންވެސްޓްކޮށްގެން ލިބުނު ފައިދާ ދައުލަތަށް ނެގުމަށެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުގާބިލުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ އެމަނިކުފާނުގެ ނަމުގައި އެޗްއެސްބީސީ، ބެންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައިންޓްތަކަށް ޖަމާކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އަދި އެ އެކައުންޓްތަކުގައި ހުރި އިތުރު ފައިސާއާއެކު ޖުމްލަ 3.4 މިލިއަން ޑޮލަރު އެމްއައިބީ އެކައުންޓަށް ޖަމާކޮށް 36 މަސް ދުވަހުގެ ތެރޭގައި އިންވެސްޓްކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެކަން ފާހަގަކޮށް ކްރިމިނަލް ކޯޓުން ވަނީ ޖުމްލަ 3.4 މިލިއަން ޑޮލަރު ނުވަތަ 53 މިލިއަން ރުދިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކާ ހަލާސް ކުރަން އަމުރުކޮށްފަ އެވެ.  

އެހެން ނަމަވެސް، ޝަރުއީ 3 މަރުހަލާ ނިމުމުގެ ކުރިން އެ ފައިސާ ދައްކަން ނުޖެހޭނެކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ މިހާރު ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި މިހާރު އެ މައްސަލަ ވަނީ ކޯޓުގައި ރަޖިސްޓްރީވެސް ކޮށްފަ އެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެ ހުކުންވެސް މިހާރު ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. 

އެ މައްސަލައާއި ގުޅޭ ގޮތުން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވީ އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށައެޅި އިސްތިއުނާފުގައި ދަށު ކޯޓުން ހަދާފައިވާ ބޮޑެތި ގޯސްތަކެއް ފާހަގަކޮށްފައިވާނެ ކަމަށެވެ.

އަދި ދަށު ކޯޓުން ހަދާފައިވާ ގޯސްތައް ހައިކޯޓުން ދަމަހައްޓާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ހައިކޯޓުން ރައީސް ޔާމީނަށް އިންސާފު ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ގާނޫނީ ޓީމުން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ