އެސްޓީއޯ ފްލެޓް-- ފޮޓޯ/ ވޮއިސް
ހަބަރު
27 Mar 2023 | 11:00
އެސްޓީއޯ ފްލެޓް ތަކަށް ޑިސެމްބަރު މަހުގެ ތެރޭގައި ވަދެވޭނެ: އަމްރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެސްޓީއޯގެ މުވައްޒަފުންނަށް ހާއްސަކޮށް ހަދަމުންދާ ފްލެޓް ތަކަށް މި ޑިސެމްބަރު މަހުގެ ތެރޭގައި ވަދެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިއަދު ވަކިކުރި އަމްރު ރަޝާދު ވިދާޅުވެއްޖެ އެވެ.

އަމްރު މިފަދައިން ވިދާޅުވެފައި ވަނީ މިއަދު މަގާމުން ވަކި ކުރުމުގެ ކުރިން ވޮއިސް އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. މިއީ މަގާމުގައި ހުންނަވައިގެން މީޑިއާ އަކަށް އަމްރު ދެއްވި އެންމެ ފަހު ބަސްދީގަތުމެވެ. 

މި ބަސްދީގަތުމުގައި، އެސްޓީއޯ ފްލެޓް ތައް ހަވާލުކުރުން ލަސްވަމުންދާ ސަބަބާއި ގުޅިގެން ވޮއިސް އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން އަމްރު ވިދާޅުވީ އެފަދައިން ކަންކަން ދިމާވީ މައިގަނޑު ދެ ސަބަބަކާއި ހުރެ ކަމަށެވެ. 

އެގޮތުން ކުރިން އެ ޕްރޮޖެކްޓް ހަވާލު ކުރެވުނީ ޗައިނާގެ ކުންފުންޏަކާ ކަމަށާ އެ ކުންފުނިން އެކަން ކޮށްދިނުމަށް ހަމަޖެހުނީ އެ ކުންފުނިން ފައިނޭންސް ހަމަޖައްސައިގެން ކަމަށް އަމްރު ވިދާޅުވި އެވެ. އެހެންނަމަވެސް، ޕްރޮޖެކްޓް ގެ 20 އިންސައްތަ ނިމުނު ފަހުން އިތުރަށް ލޯނު ލިބެން ނެތް ކަމަށް ކޮންޓްރެކްޓަރ ބުނެފައިވާ ކަމަށާ، އެއާއެކު އެ އެއްބަސްވުން ބާތިލް ކުރެއްވި ކަމަށް އަމްރު ވިދާޅުވި އެވެ. 

މީގެ އިތުރުން ފްލެޓް ތަކުގެ ޑިޒައިން އޭރު ހުރިގޮތުން، ގިނަ ބެލްކަނީ ތަކެއް ހުރި ކަމަށާ، އޭގެ ސަބަބުން ތަނުގެ ޖާގަ ކުޑަވެގެންދާ ކަން ފާހަގަވި ކަމަށް އަމްރު ވިދާޅުވި އެވެ. އެހެން ކަމުން އެ ޑިޒައިން ބަދަލު ކުރުމަށްވެސް ވަރަށް ގިނަ ވަގުތު ހޭދަވިކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެ ސަބަބުތަކާއި ހުރެ ފްލެޓްތައް ހަވާލުކުރުން ލަސްވި ނަމަވެސް, މި އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ފުލެޓްތަކަށް ވަދެވޭނެ ކަމަށް ކޮންޓްރެކްޓަރުން ބުނާ ކަމަށް އަމްރު ވިދާޅުވި އެވެ. 

"ކޮންޓްރެކްޓަރ ބުނަނީ ޑިސެމްބަރު މަހާއި ހަމައަށް މަސައްކަތް ނިންމާލާނެ ކަމަށް. ވަރަށް ބާރަށް މަސައްކަތް އެބަ ކުރިއަށްދޭ. ގާތްގަނޑަކަށް އެބައަޅާ މަހަކު ތިން ޝީޓް." އަމްރު ވިދާޅުވި އެވެ. 

މިއާއެކު އަމްރު ވިދާޅުވީ މިއަދުން ފެށިގެން ސްޓާފުންނަށް ފްލެޓްތައް ދައްކާލުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Aug 2026
ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތު ސޯޝަލް' ގައި ކުރައްވާ ޕޯސްޓްތައް، އެހެން މީހުންނަށްވުރެ ކުރިން ބެލުމުގެ ފުރުސަތު ފައިސާ ދައްކާ ފަރާތްތަކަށް ވިއްކާތީ އެކަމާ ދެކޮޅަށް ދައުވާކޮށްފިއެވެ.
13 Aug 2026
އެސްޓަންވިލާ ބަލިކޮށް ޔުއެފާ ސުޕަކަޕް ޕީއެސްޖީއަށް
ޕީއެސްޖީން ސުޕަކަޕް ހޯދިއިރު، މިއީ އެޓީމް ވަނީ ވިދިވިދިގެން ދެފަހަރަށް ތަށި ހޯދި ޓީމްތަކުގެ ތެރޭގައި ހިމެނިފައެވެ.
13 Aug 2026
ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުވާންޖެހޭ: މެޑަމް ސާޖިދާ
އޮފީހަށް އަންނައިރު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ، ޞިއްޙީ، އަދި ދަރިންގެ ކިޔެވުން ފަދަ ކަންކަމާއި ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތައް ހުންނާނެކަމަށާ، ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ޙާލަތަށް ފަރުވާތެރިވާން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
13 Aug 2026
ބޭންކުތަކުން ޑޮލަރު ދޫކުރާ މިންވަރަށް އައި ބަދަލު
ރާއްޖޭގައި ޑޮލަރުގެ ތާށިކަން އޮތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަން ހާމަކޮށްދެއްވުމަށް، އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ތަފާސްހިސާބުތައް އާންމުކުރައްވައިފިއެވެ.
12 Aug 2026
ސާޅީސް ޖަމިއްޔާއާ އެކު ސަލަފުގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ރޭ ފަށަނީ
މި ހަފްތާ ބަންދުގައި މާލޭގައި ކުރިއަށް ދާ މި މަހާސިންތާގައި 40 ޖަމިއްޔާއަކުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
12 Aug 2026
ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް
"އެއީ ހަމައެކަނި ބައްޕައެއް ނޫނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައިދިން ފަރާތެވެ"
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.