ރައީސް މުހައްމަދު ނަޝީދާއި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު--
ހަބަރު
27 Mar 2023 | 10:51
މިދިޔަ 4 އަހަރުގައި އެސްޓީއޯ އިން ވަނީ ތަކެތީގެ އަގު އުފުލުނަ ނުދީ ހިފަހައްޓާފައި: ރައީސް ނަޝީދު

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ކޮށްދެއްވި ޚިދުމަތްތަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ތައުރީފުކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ގޮފީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އަމްރު، އެސްޓީއޯ ގެ އެމްޑީ ގެ މަގާމުން ވަކިކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، ފާއިތުވި 4 އަހަރަކީ އެސްޓީއޯއިން ރަނގަޅު ނަތީޖާ ނެރުނު ހަތަރު އަހަރުކަމަށާއި، ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާ އެސްޓީއޯގެ ނަތީޖާ އަޅައިކިޔުމުން އެކަން ސާފުވާނެ ކަމަށެވެ.

އެގޮތުން އެ ކުންފުނީގެ ފައިދާ ބޮޑުވި ނަމަވެސް އެ ކުންފުނިން ވިއްކާ ތަކެތީގެ އަގު އުފުލުނަނުދީ ހިފަހައްޓާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކޮވިޑް-19 އާލަމީ ވަބާގެ ތެރޭގައިވެސް ހުރިހާ ރަށަކަށް ބޭނުންވާ ކާޑު ފޯރުކޮށްދީ ކާޑަށް ޖެހިޔަނުދީ ހިފަހެއްޓި ކަންވެސް ފާހަގަކުރެއްވިއެވެ. 

"ކުންފުނީގެ ފައިދާ ބޮޑު. އެހެނަސް ތަކެތީގެ އަގު އުފުލުނަނުދީ ހިފެހެއްޓި. ކޮވިޑް-19 ހާލަތުގައިވެސް ހުރިހާ ރަށްރަށް ކާޑަށް ނުޖެހި ހިފެހެއްޓި. ހުސައިން އަމްރުއަށް މަރުހަބާ އާއި ޝުކުރު" ނަޝީދު ވިދާޅުވި އެވެ. 

އަމްރު މަޤާމުން ވަކިކޮށްފައި ވަނީ އޭނާ ބައިވެރިވެވަޑައިގަންނަވަން އޮތް ޕީއެސްއެމްގެ ޕްރޮގްރާމެއްވެސް ފަހު ވަގުތު ކެންސަލް ކުރުމަށްފަހުއެވެ. އެކަމާއި ގުޅިގެން ނަޝީދުގެ ފިކުރެއްގެ ދިރުމުގެ އިސް ބޭފުޅެއްކަމަށްވާ އަލީ އާޒިމް ވަނީ އެ ޕްރޮގްރާމު ހުއްޓުވީ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި ޕްރޮގްރާމު ހުއްޓުވުމަށްޓަކައި މިއުވާން ޕީއެސްއެމަށް ވަޑައިގެންނިކަމަށްވެސް އާޒިމް ވިދާޅުވެފައި ވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް