31 Jan 2019 | 07:56
އިންޑިޔާގައި ގެރިތަކަށް އިތުރު ހައްްޤެއް: ޝައްކުވާ މަރުތަކަށް ގެރީގެ އޯޓޮޕްސީ ހަދަނީ

އިންޑިޔާގެ އުއްތަރް ޕްރަދޭޝް (ޔޫ.ޕީ)ގައި މަސައްކަތްކުރާ ފުލުހުންނަށް ވަނީ އެ އަވަށުގެ ޔޯގީ ސަރުކާރުން ވަރަށް މުހިންމު މަސައްކަތެއް ހަވާލުކޮށްފައެވެ. ފުލުހެއްގެ އާންމު ޒިންމާ އަދާކުރުމުގެ އިތުރުނުް މިހާރު އުއްތަރް ޕްރަދޭޝްގެ ފުލުހުން އެ ސްޓޭޓްގައި ދިރިއުޅޭ ގެރިތަކަށްވެސް ޙާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. އަދ ިޔޯގީ ސަރުކާރުން ފުލުހުންނަށް މިފަދަ ބޮޑު ޒިންމާއެއް ޙަވާލުކޮށްފައިވާއިރު، އުއްތަރް ޕްރަދޭޝްގައި ހިންގަމުންދާ ގެރި ހިމާޔަތްކުރާ ހިޔާތަކުގެ ހިންގުމަށްވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ޔޫ.ޕީ ސަރުކާރުގެ މި ނިންމުމުގެ ދަށުން ގެރިއެއް މަރުވުމުން އޭގެ ހަށިގަނޑާމެދު ކަންތައްކުރަންވީ ވަކި ގޮތްތަކެއްވެސް ވަނީ ހާމަކޮށްފައެވެ. އަދި ސަރުކާރުގެ އިސްނެގުމުގައި ދުރު ހިސާބުތަކުގައި އުޅޭ މީހުންނަށް މަގުމމަތިވެފައިވާ ގެރި އޮޅުކޮށް ގެންގުޅުމަށް ހިތްވަރުދޭ ޙަރަކާތެއް ބޭއްވުން ރަނގަޅު ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ގެރި ގިނަވުމުގެ ސަބަބުން އުއްތަރް ޕްރަދޭޝްގެ އާންމު މަގުތަށް ހަލަބޮލިވާ ހިސާބަށްގޮސްފައިވާ މި މައްސަލަ ޙައްލު ކުރުމަށް، އިންޑިޔާގެ ބީ.ޖޭ.ޕީ ޕާރޓީއިން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރިޔަށް ގެންދަމުންނެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބީ.ޖޭ.ޕީ އިން ހިންގާ އުއްތަރް ޕްރަދޭޝްގެ ސަރުކާރުގެ އެކި ގުނަވަންތަކުންދަނީ ގެރިތަށް މަގުމަތިން ބާލާ، އެ ޖަނަވާރުންނަށް ޙާއްސަކޮށްފައިވާ ހިޔާތަކަށް ގެންދިޔުމުގެ މަސައްކަތްކުރަމުންނެވެ.

ގެރިތަކަށް ޙާއްސަކުރެވޭ ހިޔާތަކުގެ މައްޗަށްވެސް ޔޫ.ޕީ ސަރުކާރުން ދަނީ ބާރުފޯރުވަމުންނެވެ. އެގޮތުން އެ ތަންތަން ހިންގާނެ އުސޫލުތަކަށް ބޮޑެތި ބަދަދލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ގެރި އަކީ އިންޑިޔާގައި "މާތް" ކަމަށް ބެލެވޭ ޖަނަވާރެއް ކަމަށްވާއިރު، އޭގެ ކުޑަކަމުދާ ތަކެތީގެ އިތުރުން ބޮޑު ކަމުދާ ތަކެތިން ގަސްކާނާ ހަދާނެ ގޮތެއް ޤާއިމުކުރުމަށް ވަނީ ގެރި ހިޔާތަކަށް ސަރުކާރުން ދިން ލަފާގައި ހިމަނާފައެވެ. އަދި ގެރީގެ އެކި ބޭނުންތަކަށް ސަމާލުވުމުގެ ގޮތުން ޙާއްސަ ކޮމިޓީއަކުން އެ ޖަނަވާރުންގެ ޚިދުމަތުގައި ޙަރަކާތްތެރިވާނެ އާންމުންގެ މީހުން ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ގެރިތަކުގެ ސަަލާމަތާއި ރަށްކާތެރިކަމަށް އިތުރަށް މުސާރަދީގެންނަމަވެސް ކޮންމެ ގެރި ހިޔާއަކަށް ފުލުހެއް ކަނޑައަޅަންވެސް ޔޫ.ޕީ ސަރުކާރުންވަނީ ކަމާބެހޭ ފަރާތްތަކަށް ލަފާއަރުވާފަައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.