އިރާން، ސަޢުދީޢަރަބިއްޔާ އަދި ޗައިނާގެ މަންދޫބުން
ހަބަރު
27 Mar 2023 | 12:25
އިރާން އާއި ސަޢުދީގެ އިސްވެރިން ވަރަށް އަވަހަށް މަޝްވަރާކުރާނެ ކަމަށް ބުނެފި

ހީނަރުވެފައި އޮތް އިރާން އާއި ސަޢޫދީޢަރަބިއްޔާގެ ގުޅުން އަލުން ޤާއިމް ކުރުމަށްފަހު ދެ ޤައުމުގެ މެދުގައި ބޭއްވޭ މަޝްވަރާ ކުރުންތައް ރަމަޟާން މަސް ނިމުމުގެ ކުރިން ބާއްވާނެ ކަމަށް ދެޤައުމުން އިއްލާނުކޮށްފިއެވެ.

މިގޮތައް ނިންމާފައިވަނީ ސަޢުދީޢަރަބިއްޔާގެ ފޮރިންގ މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އާއި އިރާންގެ ހޮސެއިން އާމިރް ޢަބްދޮލާހިއާން އާއި ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިންނެވެ.

ސަޢުދީ ޕްރެސް އެޖެންސީ އިން ބުނެފައިވަނީ ފޯނުން ގުޅައިގެން ދެކެވުނު ވާހަކައިގެ ތެރޭގައި، ޗައިނާ ހިމެނޭހެން ސޮއިކުރެވުނު ތްރީޕާޓީ އެގްރީމެންޓްގައި ވާގޮތުގެ މަތިން ގިނަ ކަންކަމަކާއި ދެ ޤައުމުން މަޝްވަރާ ކޮށްފައިވާކަމަށެވެ. އަދި ދެޤައުމުގެ މިނިސްޓަރުން ރަމަޟާން މަސް ނިމުމުގެ ކުރިން ބައްދަލުވެ މަޝްވަރާކުރުމަށް އެއްބަސްވެފައި ވާކަމަށެވެ.

ނަމަވެސް ބައްދަލުވުން ބައްވާނެ ވަކި ތާރީޚަކާއި ވަކި ތަނެއް އަދި އިޢްލާނުކޮށްފައެއް ނުވެއެވެ.

ސަޢުދީގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ދެން ބޭއްވޭ ބައްދަލުވުމެއްގައި ފާއިތުވި ހަތް އަހަރުތެރޭގައި ދެޤައުމުގެ ދެމެދުގައި ހީނަރުވެފައިވާ ގުޅުންތަކާއި މެދު މަޝްވަރާ ކުރެވޭނެއެވެ. 

ސަޢުދީޢަރަބިއްޔާ އާއި އިރާން އާއި ދެމެދު އޮތް ގުޅުން ކެނޑިގެން ދިޔައީ އިރާން ގައި ހުންނަ ސަޢޫދީގެ ޑިޕްލޮމެޓިކް މިޝަން އަށް އިރާންގެ ޝީޢާ މުސްލިމުން ކުރި އިހްތިޖާޖެއްގެ ތެރޭގައި ހަމަލާތަކެއް ދިނުމާއި ގުޅިގެނެވެ. 

ޗައިނާ މެދުވެރިވެގެން ކުރެވެމުންދާ ސަޢޫދީއާއި އިރާންގެ ގުޅުން އަލުން ބަދަހު ކުރުމުގެ މިމަސައްކަތުގެ މިހާރުގެ އަމާޒަކީ ޝީޢާ މުސްލިމުންގެ އާބާދީ ބޮޑު އިރާން އާއި ސުންނީ މުސްލިމުން ގިނަ ސަޢުދީގެ ގުޅުން އަލުން އާލާކޮށް ބަދަހި ކުރުވޭތޯ ބެލުމެވެ. 

އިރާންގެ ސަރުކާރުގެ އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުން އިރާންގެ ރައީސް އިބްރާހިމް ރައީސީ އަށް ސީދާ ސަޢޫދީއަށް އައުމުގެ ދައުވަތެއް ސަޢުދީގެ ސަރުކާރުން ފޮނުވައިފައިވެއެވެ. ނަމަވެސް ސަޢުދީ ސަރުކާރުން މިކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް