ފައްޔާޒު އިސްމާއިލް މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
27 Mar 2023 | 20:44
އިހަވަންދިއްޕޮޅު ޕޯޓު ސިޓީ މަޝްރޫޢު ފެށުމަށް މިދަނީ ޤަވައިދުތައް އެކުލަވާލަމުން: ފައްޔާޒު

އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓު ބަނދަރެއް ތަރައްގީކުރުމުގެ ކުރިން އެތަނުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ފެސިލިޓީއެއް (ޕޯޓު ސިޓީއެއް) ޤާއިމްކުރުމަށް ކުރަންޖެހޭ މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، މިހާރު ކުރެވެމުންދާ މަސައްކަތަކީ އެ ބަނދަރު ތަރައްގީކުރަން ފެށުމުގެ ކުރިން ޤާނޫނާއި ޤަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

ފައްޔާޒު އެހެން ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ހިދުމަތްދިނުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާބެހޭ މައުލޫމާތު ލިޔުމުން ހޯދުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެދިވަޑައިގަތުމުން، މެމްބަރުގެ ސުވާލަށް ލިޔުމުން ޖަވާބުދެއްވާ ފޮނުވި ސިޓީފުޅެއްގަ އެވެ. 

މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ފައްޔާޒު ފޮނުވި ސިޓީފުޅުގައި ވަނީ އާގުބޯޓުފަހަރަށް ހިދުމަތްދިނުމަަށް ކުރަންޖެހޭ ކަންކަމާއި ގުޅޭ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. 

އެގޮތުން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސް އެ ސަރަހައްދުގައި އެންމެ ފުރަތަމަ ހިދުމަތްތައް ފަށައިގަންނައިރު ކްރޫ ޗޭންޖާއި ޝިޕް ސަޕްލައިސް އަދި ބަންކަރިންއަށް އަމާޒުކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށާއި، އެ ހިދުމަތްތައް ފަށައިގަތުމަށް މިހާރު އަމަލުކުރަމުންދާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް، އެ ގަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަކުގެ ބޮޑުބައި ނިމިފައިވާ ކަމަށެވެ. 

"މި ޚިދުމަތް ފަށައިގަތުމަށް މިހާރު އަމަލުކުރެވެމުންދާ ޤަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކުރެވި އެ ގަވައިދުތައް އިސްލާހުކުރުމުގެ ބޮޑުބައެއް ވަނީ ނިމިފަ"

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް 

ފައްޔާޒު ވިދާޅުވީ  އެ މަސައްކަތުގެ ތެރެއިން އެސްޓީއޯ އިން ބަންކަރިންގެ ހިދުމަތްތައް ފެށުމަށްޓަކައި ބައިނަލްއަގުވާމީ ތެޔޮ ކުންފުނިތަކާ މަޝްވަރާކޮށް އެކަމަށް ބޭނުންވާ އިންވެސްޓްމަންޓް ހޯދުމުގެ މަސައްކަތްވެސް އިކޮނޮމިކް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. 

""އެ ހިދުމަތްތައް ފެށުމަށްޓަކައި އިމިގްރޭޝަން، ކަސްޓަމްސް، އަދި އެހެނިގެން ރެގިއުލޭޓަރީ މުއައްސަސާތަކުގެ ހިދުމަތްތައް ގާއިމުވެފައިވާ، އައިއެސްޕީއެސް މިންގަނޑުތަކަށް ފެތޭ ފެސިލިޓީއެއް އިހަވަންދިއްޕޮޅުގައި ގާއިމުކުރަންޖެހޭ، މި ފެސިލިޓީ ގާއިމުކުރާ ލޮކޭޝަނަކީ ބަނދަރުގެ ޖާގައާއި ބަނދަރަށް ވަދެ ނުކުތުމުގައި ފަސޭހަކަމާއި ހުޅަނގު މޫސުމާއި އިރުވައި މޫސުމުގައި ބަނދަރަށް ނިވައި ލިބޭ މިންވަރު ފަދަ ކަންކަމަށް ރިއާޔަތްކޮށް އެކަމަށް އެކަށޭނަ ލޮކޭޝަނަކަށް ވާންޖެހޭ"

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް 

އޭނާ ވިދާޅުވީ، އިހަވަންދިއްޕޮޅު ޕޯޓް ސިޓީގެ ކަންކަން އިންތިޒާމުވެ ތަރުތީބު ވެގެން އަންނައިރު، ކަމާބެހޭ ހިދުމަތްތަކަކީ ޕޯޓް ސިޓީގެ މަޝްރޫއުގެ ތެރެއިން ފޯރުކޮށްދެވޭނެ ހިދުމަތްތަކަކަށް ވެގެންދާނެ ކަމަށެވެ.

އެހެންކަމުން މި ސަރަހައްދުގެ އެހެން ރަށެއްގައި ޓްރާންސިޝަން އެރޭންޖްމަންޓްގެ ގޮތުގައި އިންވެސްޓްތަކެއް ކުރުމުގެ ބަދަލުގައި ސަރުކާރުގެ މިހާރުގެ އަމާޒަކީ އިހަވަންދިއްޕޮޅު ޕޯޓް ސީޓީގެ މަޝްރޫއު ފަށައިގަތުމަށް ބޭނުންވާނެ ބިން ހިއްކުމަށް އަވަހަށް ފަށައި އިހަވަންދިއްޕޮޅުގެ ސްޓްރީޓިޖިކް ލޮކޭޝަންގެ އެޑްވާންޓޭޖުގެ ތެރެއިން ދެވެން ފެށޭނެ ހިދުމަތްތައް ޕޯޓް ސިޓީގެ މަޝްރޫއުގެ ތެރެއިން ދެމެހެއްޓެނިވި އަދި ކޯސްޓް އިފެކްޓިވް ގޮތެއްގައި ދިނުމަށް ވީހާވެސް އަވަހަށް ފެށުންކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.