ބެންޖަމިން ޕަވާޑް އާއި އެކު އެމްބާޕޭ އުފާފާޅުކުރަނީ
ކުޅިވަރު
28 Mar 2023 | 02:56
އެމްބާޕޭގެ ކެޕްޓަންކަމުގައި ފުރާންސުން ކުޅުނު ދެވަނަ މެޗުވެސް އެޓީމުން ކާމިޔާބުކޮށްފި!

ޔޫރޯ ކޮލިފައިންގައި މިރޭ ރަށުން ބޭރުގައި އަޔަލެންޑް އަތުން ފުރާންސް މޮޅުވިއިރު، މިއީ އެމްބާޕޭގެ ކެޕްޓަންކަމުގައި އެޓީމުން ކުޅުނު ދެވަނަ މެޗެވެ. ފުރަތަަމަ މެޗުގައި ނެދަލޭންޑްސް އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވިއިރު، މި މެޗުން އެޓީމު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ފުރާންސް އިން ކުޅުނު ނަމަވެސް މިހާފުގައި އެޓީމަށް އަޔަލެންޑްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ކޮލިފައިންގެ ފުރަތަަމަ މެޗުގައި ވަރުގަދަ ނެދަލޭންޑްސް އަތުން ފަސޭހަކަމާ އެކު މޮޅުވި ފުރާންސް ޓީމަށް މި މެޗުގައި އެޓީމުގެ އެންމެ މޮޅު ކުޅުން ދެއްކިފައިނުވާ އިރު މި މެޗުގައި އެޓީމުން ކާމިޔާބުކުރީ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ފެށިގެން ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް އެވެ.

މިއީ އަޔަލެންޑްގެ ޕެނަލްޓީ އޭރިއާ ބޭރުން ޕަވާޑް ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ބޯޅަ ގޯލަށް ވަނީ ގޯލުގެ ހުރަސް ދަނޑީގައި ވެސް ޖެހިފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ދެ މެޗުން ހަ ޕޮއިންޓް ހަމަކޮށް ގުރޫޕް ބީގެ އެއްވަނައިގައި މިވަގުތު އޮތީ ފުރާންސް އެވެ. ނި ގުރޫޕްގެ ދެވަނައިގައި އޮތީ މިރޭ ގްރީސް އެވެ. އެޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު ގްރީސް ވަނީ ފުރަތަަމަ މެޗުގައި ޖިބްރޯލްޓާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މިގުރޫޕްގައި ހިމެނޭ ނެދަލޭންޑްސް ވަނީ މިރޭ  ޖިބްރޯލްޓާ އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން މޮޅުވެ، ތިން ޕޮއިންޓް ހޯދާފައެވެ. އަދި ގްރޫޕްގެ ތިންވަނަ އެޓީމަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.