އިޔާދު މި މެޗުގައި ހަތަރު ލަނޑު ކާމިޔާބު ކުރި
ކުޅިވަރު
28 Mar 2023 | 05:35
އިޔާދުގެ ހަތަރު ލަނޑާއެކު ސްކޯޕިއަން އިން ފެށުން ރަނގަޅުކޮށްފި!

އިނގުރައިދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާ ގެ ގްރޫޕް ބީގައި ރޭ އެފްސީ ބްރަދާސްއާައި ވާދަކުރި މެޗު 6-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ދަ ސްކޯޕިއަން އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

އިނގުރައިދޫ ފުޓްސެލް ދަނޑުގައި ރޭ ކުޅެވުނު މެޗު ކޮންމެ ހާފެއްގައި ދަ ސްކޯޕިއަން އިން ތިން ލަނޑު ކާމިޔާބުކުރިއިރު އެފްސީ ބްރަދާސް އިން ކާމިޔާބުކުރި ތިން ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދަ ސްކޯޕިއަން ޓީމުގެ މުހައްމަދު އިޔާދު އަލީ ހަތަރު ލަނޑު ކާމިޔާބު ކުރި އިރު އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ސޮފްވާން އަލިމަނިކު އަދި އިބްރާހީމް ޝަފްރާޒް އެވެ. މި މެޗުގައި އެފްސީ ބްރަދާސްގެ  ނަސްރުﷲ މުހައްމަދު ދެ ލަނޑު ކާމިޔާބު ކުރި އިރު އެޓީމުގެ އަނެއް ލަނޑު ޖެހީ ހުސެއިން ޝަޚާއުއެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މި މެޗުގައި ދަ ސްކޯޕިއަން ޓީމަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިން މުހައްމަދު އިޔާދު އަލީ އެވެ. އިޔާދު އަކީ ނިމިދިޔަ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އެވެ 

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ދަ ސްކޯޕިއަން މިވަގުތު އޮތީ ގްރޫޕް ބީގެ ދެވަނައިގައެވެ. މި ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ގުރޫޕްގެ ފުރަތަމަ މެޗުގައި ޕްރޯ ފުޓްސަލް ކުލަބް އަތުން 8-1 ގެ ނަތީޖާއަކުން މޮޅުވި ހަލަފް އެފްސީ އެވެ. މި ދެ ޓީމަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު ހަލަފް އެފްސީއަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މިރޭ ވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. 21:30 ގައި ފަށާ ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ސްޓްރީޓް ބްރަދާސް އާއި އެފްސީ ހެސަ ވާދައެވެ. އަދި 22:30 ގައި ފަށާ ދެވަަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ހަލަފް އެފްސީ އާއި ދަ ސްކޯޕިއަން އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.