މަމްދޫހު މި މެޗުގައި ހަތަރު ލަނޑު ކާމިޔާބުކުރި
ކުޅިވަރު
28 Mar 2023 | 06:11
މަމްދޫހުގެ މޮޅު ކުޅުމާއެކު، އެފްސީ ހެސަ ވާދަ އިން ޔޯ ބުރު އެފްސީ ކޮޅަށް 10 ލަނޑުޖަހައިފި!

އިނގުރައިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި ރޭ ކުޅެވުނު ދެވަނަ މެޗުގައި އެފްސީ ހެސަ ވާދަ އިން ޔޯ ބުރު އެފްސީ ކޮޅަށް 10 ލަނޑުޖަހައިފި އެވެ.

މި މުބާރާތައް ވަރުގަދަ ޓީމަކާއި އެކު ނުކުތް ހެސަ ވާދައިން ފުރަތަަމަ ހާފުގައި ތިން ލަނޑު ކާމިޔާބުކުރިއިރު ދެވަނަ ހާފުގައި އެޓީމުން އިތުރު 7 ލަނޑު ކާމިޔާބުކުރި އެވެ. މި މެޗުގައި ހެސަ ވާދައިގެ މުހައްމަދު މަމްދޫހު ހަތަރު ލަނޑު ކާމިޔާބު ކުރި އިރު މަމްދޫހު އަކީ ނިމިދިޔަ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އިނގުރައިދޫ ޓީމު ހޯދި ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްދިން ކުޅުންތެރިއެކެވެ.

މީގެއިތުރުން އެޓީމުގެ ހުސެއިން އިރުފާހް މި މެޗުގައި ދެ ލަނޑު ކާމިޔާބު ކުރި އިރު، އަބްދުﷲ ނަބީހް، ހަސަން މާއިލް، ހުސެއިން މާއިސް އިތުރުން އަޙްމަދު ބަޝްޝާމް މިއިން ކޮންމެ ކުޅުންތެރިއެއް މި މެޗުގައި ވަނީ އެއް ލަނޑު ޖަހާފައެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އެފްސީ ހެސަ ވާދައަށް މި މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްދިން މުހައްމަދު މަމްދޫހު އެވެ. 

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު އެފްސީ ހެސަ ވާދައަށް ވަނީ ގްރޫޕް އޭގެ އެއްވަނަ ލިބިފައެވެ. މި ގުރޫޕްގެ ދެވަނައިގައި މިވަގުތު އޮތީ ފުރަތަަމަ މެޗުގައި ލަނޑާ އަތުން 7-1 ގެ ނަތީޖާއަކުން މޮޅުވި ސްޓްރީޓް ބްރަދާސް އެވެ. މި ދެޓީމަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު އެފްސީ ހެސަ ވާދައަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މިރޭ ވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. 21:30 ގައި ފަށާ ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ސްޓްރީޓް ބްރަދާސް އާއި އެފްސީ ހެސަ ވާދައެވެ. އަދި 22:30 ގައި ފަށާ ދެވަަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ހަލަފް އެފްސީ އާއި ދަ ސްކޯޕިއަން އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.