ތިލަފުށި ފަޅުތެރެ/ ފޮޓޯ: ތިލަފުށި ކޯޕަރޭޝަން
ހަބަރު
28 Mar 2023 | 21:00
ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތަކާއި މެދު އަމަލުކުރާނެ ގޮތުގެ އުސޫލުއް ނެރެފި

ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތަކާއި މެދު އަމަލުކުރާނެ ގޮތުގެ އުސޫލު އާންމުކޮށްފި އެވެ.

ގެޒެޓުގައި ޝާއިރުކޮށްފައިވާ އެ އުސޫލުގައި ވަނީ ތިލަފުށީ ފަޅުގައި އަޅާފައިވާ އުޅަނދަކީ ދޫކޮށްލާފައިވާ އުޅަނދެއްތޯ ކަނޑައެޅުމަށް ބަލާނެ ކަންތައްތަކެއް ބަޔާންކޮށްފައެވެ.

އޭގެ ތެރޭގައި އެ އެއްޗެއް އޮތް ތަނާއި، އޭގެ ސަބަބުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ވާ އުނދަގޫ އަދި ތިމާވެއްޓަށް ލިބޭ ގެއްލުމަށް ވެސް ބަލާނެކަމަށާއި އެ ނޫނަސް އެއީ ދޫކޮށްލާފައިވާ އެއްޗެއްތޯ ބަލާ ޔަގީންކުރާނެ ގޮތްތައް އާންމުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާނެއެވެ.

މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ތެރެއިން އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ނުވަތަ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ކުރާ އެއްޗެއް ނަމަ ތިލަފުށީ ކޯޕަރޭޝަނުން އެ އުޅަނދު ވަގުތުން ނަގައި އެހެން ސަރަހައްދަކަށް ގެންދާނެކަމަށް އުސޫލުގައި ވަނީ ކަނޑައަޅާފަ އެވެ. 

ތިލަފުށި ފަޅުތެރެ/ ފޮޓޯ: ތިލަފުށި ކޯޕަރޭޝަން 

އެ ސަރަހައްދުގައި އޮތް އުޅަނދަކީ ދޫކޮށްލާފައިވާ އެއްޗަކަށް ވީނަމަވެސް އެ އުޅަނދު އެތަނުގައި ބާއްވަން ވަކި މުއްދަތެއް ތިލަފުށީ ކޯޕަރޭޝަނުން ދިނުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން އޭގެ ވެރިފަރާތް ޔަގީންވާ ނަމަ އެ އެއްޗެއްގެ ހާލަތުގެ ގޮތުން 7 ދުވަހާއި 30 ދުވަހު މުއްދަތެއް ދިނުމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެކަމަކު އެ އުޅަނދަކީ އޭގެ ވެރިފަރާތް ނޭނގޭ އެއްޗެއް ނަމަ ހޯދަން މަސައްކަތްކުރުމާއި، ވެރިޔަކު ނެތް ތަކެއްޗާއި މެދު އަމަލުކުރުމަށް އެ ކުންފުންޏަށް ބާރުލިބިފައިވާ ގޮތް ވެސް އެ އުސޫލުގައި ތަފްސީލްކޮށްދީފައިވެއެވެ. 

މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ސަބަބުން މިހާރު ވެސް ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުކުރަމުން އަންނަ އިރު، އުޅަނދުތައް ހުރިގޮތުގެ ސަބަބުން އެތަކެއްޗަށް ވެސް އެކިވަރުގެ ގެއްލުން ވުމުގެ ފުރުސަތު އޮތުމާއެކު އެފަދަ ގެއްލުންތަކަކަށް އެ ކޯޕަރޭޝަނުން ޒިންމާއެއް ނުވާނެކަމަށް ތިލަފުށީ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. 

ތިލަފުށީ ފަޅުގައި އަޅާފައިވާ އުޅަނދުތަކާއިމެދު އަމަލުކުރާނެ އުސޫލެއް ތިލަފުށީ ކޯޕަރޭޝަނުން އެކުލަވާލާފައި ވަނީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަރޕްލޭނާއި އެއްގޮތަށް ތިލަފުއްޓާއި ގުޅީފަޅުގެ ބިން ހިއްކައި އެ ސަރަހައްދު ތަރައްގީކުރަމުން އަންނަ އިރު، މިކަމުގައި ދިމާވާދަތިތަކަށް ހައްލު ހޯދުމަށެވެ. 

އެގޮތުން މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އެ ސަރަހައްދުގެ ފަޅު ތެރެއަށް ގިނަ އަދަދެއްގެ އުޅަނދުތަކެއް ދޫކޮށްލާފައިހުރުން ކަން ތިލަފުށީ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. އަދި އެކަމަށްޓަކައި އެކުލަވާލި އުސޫލަށް އަމަލުކުރަން ފަށާފައިވާއިރު، އެ މައްސަލައަށް އަވަސް ޙައްލެއް ލިބިގެންދާނެކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.